Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ވޭޕް ވިޔަފާރިކުރަމުންދިޔަ ބިދޭސީއަކު އަތުލައިގަނެ އިމިގްރޭޝަނާ ހަވާލުކޮށްފި

ވޭޕް ވިޔަފާރިކުރަމުންދިޔަ ބިދޭސީއަކު އަތުލައިގަނެ އިމިގްރޭޝަނާ ހަވާލުކޮށްފި

މުހައްމަދު ޖަމްޝަތު
200 ދުވަސް ކުރިން - 16 ފެބްރުއަރީ 2026 20:36
ފުލުހުން އަތުލައިގަނެފައިވާ ނެނޯ ސްޓިކް ކާޓްރީޖްތަކެެއް---ފޮޓޯ:ޕޮލިސް
ފުލުހުން އަތުލައިގަނެފައިވާ ނެނޯ ސްޓިކް ކާޓްރީޖްތަކެެއް---ފޮޓޯ:ޕޮލިސް
ޚުލާސާ

އޭނާ ދިރިއުޅޭތަނުން 959 ނެނޯ ސްޓިކާއި، 34 ފްލޭވާގެ އިތުރުން 11 ޑިސްޕޯސަބަލް ސްޓިކް ފުލުހުން ވަނީ ހޯދާފަ

އިމިގްރޭޝަންގެ ގާނޫނާއި ގަވާއިދާ ހިލާފަށް ރާއްޖޭގައި މަސައްކަތްކޮށް، ގަވާއިދާ ހިލާފަށް ވޭޕް ވިޔަފާރިކުރަމުންދިޔަ ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފި އެވެ.

ފުލުހުން ބުނިގޮތުގައި މި މަހުގެ 12 ވީ ބުރާސްފަތި ދުވަހު ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ހައްޔަރުކުރީ ބަންގްލަދޭޝަށް ނިސްބަތްވާ އުމުރުން 34 އަހަރުގެ ޗައިއޮން ނަމަކަށް ކިޔާ މީހެއް ކަމަށެވެ.

ފުލުހުން ބުނި ގޮތުގައި އޭނާ ހައްޔަރުކޮށް، އޭނާ ދިރިއުޅޭ ތަން ބަލައިފާސްކުރިއިރު ގިނަ އަދަދެއްގެ ވޭޕްގެ ބާވަތްތައް ވަނީ ފެނިފަ އެވެ. އޭގެ ތެރޭގައި 959 ނެނޯ ސްޓިކާއި، 34 ފްލޭވާގެ އިތުރުން 11 ޑިސްޕޯސަބަލް ސްޓިކް ހިމެނޭ ކަމަށް ފުލުހުން މައުލޫމާތު ދީފައިވެ އެވެ.

Advertisement

Advertisement 1

ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.

ރާއްޖޭގައި ދުންފަތް ކޮންޓްރޯލްކުރުމަށް ސަރުކާރުން އަޅަމުންދާ ހަރުކަށި ފިޔަވަޅުތަކުގެ ދަށުން، މިހާރު ވަނީ ރާއްޖޭގައި ވޭޕް ބޭނުންކުރުމާއި، ވިއްކުމާއި، އަދި އޭގެ ވިޔަފާރިކުރުން މަނާކޮށްފަ އެވެ. މީގެ އިތުރުން ދުންފަތުގެ އުފެއްދުންތައް ގަނެ ވިއްކޭނެ އެންމެ ދަށް އުމުރަކީ 21 އަހަރު ކަމަށްވެސް ވަނީ ކަނޑައަޅާފަ އެވެ.

ގާނޫނަށް ގެނެވުނު ބަދަލުތަކާއެކު، ވޭޕްކުރަން ބޭނުންކުރާ އާލާތްތައް ރާއްޖެ އެތެރެކޮށްފި ނަމަ 50,000 ރުފިޔާއިން ޖޫރިމަނާކުރުމުގެ އިތުރުން، އެތެރެކުރާ ކޮންމެ އިލެކްޓްރޯނިކް ސިނގިރޭޓަކަށް ނުވަތަ ވޭޕަކަށް 10,000 ރުފިޔާގެ މަގުން ޖޫރިމަނާ ކުރާނެ އެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްއިމިގްރޭޝަން
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ގއ. މާމެންދޫން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފި

ގއ. މާމެންދޫން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފި

1 ދުވަސް ކުރިން - 01:55

ފުރާނަތައް ސަލާމަތްކުރުމަށް ދުއްވާފަރާތްތަކާއި ހިނގާފަރާތްތަކަށް ފުލުހުންގެ މުހިންމު އިރުޝާދުތަކެއް

ފުރާނަތައް ސަލާމަތްކުރުމަށް ދުއްވާފަރާތްތަކާއި ހިނގާފަރާތްތަކަށް ފުލުހުންގެ މުހިންމު އިރުޝާދުތަކެއް

1 ދުވަސް ކުރިން - 20:53

މާލޭގެ ފިހާރައަކުން ގިނަ އަދަދެއްގެ ފައިސާއާއި ފޯނެއް ވަގަށް ނަގައިގެން ފުރަން އުޅުނު ލަންކާ ރައްޔިތަކު ހައްޔަރުކޮށްފި

ފިހާރައަކުން ވަގަށް ނަގައިގެން ފުރަން އުޅުނު ލަންކާ ރައްޔިތަކު ހައްޔަރުކޮށްފި

1 ދުވަސް ކުރިން - 15:41

ވެމްކޯއާއި ފުލުހުން ގުޅިގެން މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމެއް ފަށައިފި

ވެމްކޯގެ މުވައްޒަފުން މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމެއް ފަށައިފި

3 ދުވަސް ކުރިން - 14:41

ލައިސަންސް ނެތި ބޭރު ފައިސާ މާރުކުރާ ފަރާތްތަކުގެ މައުލޫމާތު ޓާސްކްފޯސްއަށް ހިއްސާކުރުމަށް ފުލުހުން އިލްތިމާސްކޮށްފި

ލައިސަންސް ނެތި ބޭރު ފައިސާ މާރުކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރުމަށް އިލްތިމާސްކޮށްފި

3 ދުވަސް ކުރިން - 12:44

ޒީވާގެ ގައިގައި އެހެން ކާރަކުން ޖެހިފައިވާ ކަމަށް ބެލެވޭ: ފުލުހުން

ޒީވާގެ ގައިގައި އެހެން ކާރަކުން ޖެހިފައިވާ ކަމަށް ބެލެވޭ: ފުލުހުން

3 ދުވަސް ކުރިން - 10:57