ފަލަސްތީނުގެ ނަން ވެސް އިނގިރޭސިވިލާތުގެ ދާރުލްއާސާރުގައި މަނާކޮށްފި

ހުސައިން އިސްމާއިލް | 9 ގަޑިއިރު ކުރިން - 16 ފެބްރުއަރީ 2026 18:00
ލަންޑަނުގެ ދާރުލްއާސާރު ކުރިމަތިން ނަގާފައިވާ ފޮޓޯއެއް / ފޮޓޯ: އޭއެޖެންސީ
ލަންޑަނުގެ ދާރުލްއާސާރު ކުރިމަތިން ނަގާފައިވާ ފޮޓޯއެއް / ފޮޓޯ: އޭއެޖެންސީ
ޚުލާސާ

ޓެލެގްރާފް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ލަންޑަނުގެ ދާރުލްއާސާރުގެ ބައެއް ޕެނަލްގައިވާ “ފަލަސްތީނުގެ ނަސްލު” މިހާރު ވަނީ “ކަންޢާނީ ނަސްލު” މިނަމަށް ބަދަލުކޮށްފަ

އިނގިރޭސިވިލާތުގެ ދާރުލްއާސާރުގައި ބަހައްޓާފައިވާ ޤަދީމީ މެދުއިރުމައްޗާއި ބެހޭ ޑިސްޕްލޭތަކުން “ފަލަސްތީނު” މި ލަފްޒު “ރިމޫވް” ކޮށްފިއެވެ.

އިނގިރޭސިވިލާތުގެ ލޯޔަރސް ފޯ އިސްރާއީލުން (ޔޫކޭއެލްއެފްއައި) އިން ބުނީ ބައެއް ގެލެރީ ޕެނަލްތަކާއި ލޭބަލްތައް މިހާރު ދަނީ އަޕްޑޭޓް ކުރަމުން ކަމަށާއި، އިނގިރޭސި މިއުޒިއަމް އިން އެކަން ކަށަވަރު ކޮށްދީފައިވާ ކަމަށެވެ.

ޓެލެގްރާފް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ހައިކްސޯސް ޕެނަލްގައި “ފަލަސްތީނުގެ ނަސްލު” މިހާރު ވަނީ “ކަންޢާނީ ނަސްލު” އަށް ބަދަލުކޮށްފައެވެ.

ފަލަސްޠީނާއި ބެހޭ ގޮތުން އިނގިރޭސި ދާރުލްއާސާރުގައި އުސްމާނީ ޚިލާފަތުގެ ދުވަސްވަރުގެ ތަކެތި ވެސް ގިނަ ޢަދަދަކަށް އެބަހުއްޓެވެ. އޭގެތެރޭގައި ފައިސާ ފޮތިތަކާއި، ލިޔުންތަކާއި، ގަހަނާތައް ވެސް މެނެއެވެ. ލަންޑަނަށް މިތަކެތި ގެންގޮސްފައި ވަނީ ވަގަށް ނަގައިގެން ކަމަށް ފަލަސްތީނު ރައްޔިތުން ބުނެއެވެ

Ad
Ad
TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%