Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ޔާމީން ރަޝީދުގެ މަރުގެ ޝަރީއަތް މިއަދު ލައިވް ކުރަން ނިންމައިފި

ޔާމީން ރަޝީދުގެ މަރުގެ ޝަރީއަތް މިއަދު ލައިވް ކުރަން ނިންމައިފި

ހައްވާ މިރުފާ
205 ދުވަސް ކުރިން - 16 ފެބްރުއަރީ 2026 16:34
ޔަމީނު ރަޝީދުގެ މަރުގައި ދައުވާ ލިބޭ ތިން ފަރާތެއް--- ފޮޓޯ: މޯލްޑިވްސް ޕޮލިސް ސާވިސް
ޔަމީނު ރަޝީދުގެ މަރުގައި ދައުވާ ލިބޭ ތިން ފަރާތެއް--- ފޮޓޯ: މޯލްޑިވްސް ޕޮލިސް ސާވިސް
ޚުލާސާ

މިއަދު 4:30 ގައި ބުލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގެ ޝަރީއަތް އަލުން ކުރިމިނަލް ކޯޓުގައި ކުރިއަށް ދާނެ، ޝަރީއަތް ލައިވް ކުރާނެ

ޔާމީން ރަޝީދު އަނިޔާވެރި ގޮތަކަށް މަރާލި މައްސަލައިގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި މިއަދު އަލުން ފެށުމަށް ތާވަލުކޮށްފި އެވެ.

އެގޮތުން އެ މައްސަލައިގެ ޝަރީއަތް މިއަދު 4:30 ގައި ފަށާ ޝަރީއަތް ލައިވް ކުރާނެ އެވެ. އަދި މި މައްސަލަ ބަލެމުމަށް ކުރިމިނަލް ކޯޓުގެ ތިން ގާޒީންގެ ބެންޗެއް ވެސް ވަނީ އެކުލަވާލައިފަ އެވެ. ދައުވާ ލިބޭ ހަތަރު މީހުން ވެސް މި ވަގުތު ތިބީ ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ޝަރީއަތް ނިމެންދެން ބަންދުގަ އެވެ.

މީގެ ކުރިން ވަނީ ކްރިމިނަލް ކޯޓުގައި ޔާމީން މަރުގެ މައްސަލައިގައި ހިންގި ޝަރީއަތަށް ފަހު، ދައުވާ ލިބުނު ހ. އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދު އަދި ހުޅުމާލޭ ނަމްބަރު 11399 އަހުމަދު ޒިހާން އިސްމާއިލް އުމުރަށް ޖަލަށްލާން ހުކުމްކޮށްފަ އެވެ.

Advertisement

Advertisement 1

އޭގެ އިތުރުން ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާނު އާއި މ. ކުދެހިގޭ ހަސަން ޝިފާޒްގެ އިތުރުން މ. ތާއިފް އިސްމާއިލް ރަޝީދު އަދި މ. ކޮޅުފުށީ އީސްޓް، ހުސައިން ޒިޔާދުގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކުރިމިނަލް ކޯޓުން ކުރިން ކަނޑައެޅި އެވެ.

ކްރިމިނަލް ކޯޓުގެ އެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފުކުރުމާއެކު، މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ހައި ކޯޓުން ހުކުމް ކޮށްފައިވަނީ އުމުރަށް ޖަލަށްލި ދެ މީހުންގެ ޖަލު ހުކުމް ބާތިލްކުރުމަށެވެ. އަދި އެ ދެ މީހުންނާއި އެ މައްސަލާގައި ކުށް ސާބިތު ނުވެ ސަލާމަތްވި ދެ މީހުންގެ މައްސަލަ އަލުން ބެލުމަށް ވަނީ ކްރިމިނަލް ކޯޓުގެ މައްޗަށް އަމުރުކޮށްފަ އެވެ.

ކުށް ސާބިތުނުވާ މީހުންގެ ތެރެއިން އަލުން ބަލަން އެންގީ އިސްމާއިލް ރަޝީދާއި ދިފްރާންގެ މައްސަލަ އެވެ. އެ ދެ މީހުންގެ މައްސަލަ ހައި ކޯޓަށް ހުށަހެޅީ ދައުލަތުގެ ފަރާތުންނެެވެ.

މަރުހައިކޯޓުކްރިމިނަލް ކޯޓު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އިންޑިއާގެ ޔުނިވާސިޓީ ހޮސްޓެލް އިމާރާތެއް ވެއްޓި 7 މީހުން މަރުވެއްޖެ

އިންޑިއާގައި އިމާރާތެއް ވެއްޓި 7 މީހުން މަރުވެއްޖެ

2 ދުވަސް ކުރިން - 14:15

ހައިކޯޓުގެ ފަނޑިޔާރު އިބްރާހިމް މާހިރު ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރައްވައިފި

ހައިކޯޓުގެ ފަނޑިޔާރު އިބްރާހިމް މާހިރު ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރައްވައިފި

3 ދުވަސް ކުރިން - 16:18

މާލޭގެ ފިހާރައަކުން ގިނަ އަދަދެއްގެ ފައިސާއާއި ފޯނެއް ވަގަށް ނަގައިގެން ފުރަން އުޅުނު ލަންކާ ރައްޔިތަކު ހައްޔަރުކޮށްފި

ފިހާރައަކުން ވަގަށް ނަގައިގެން ފުރަން އުޅުނު ލަންކާ ރައްޔިތަކު ހައްޔަރުކޮށްފި

6 ދުވަސް ކުރިން - 15:41

އިންޑިއާގެ ބަޑިބޭސް ކާރުޚާނާއެއް ގޮވައި، ކައިރީގައި ހުރި ގެތަކުގެ މީހުން ވެސް މަރުވެއްޖެ

އިންޑިއާގެ ބަޑިބޭސް ކާރުޚާނާއެއް ގޮވައި، ކައިރީގައި ހުރި ގެތަކުގެ މީހުންވެސް މަރުވެއްޖެ

7 ދުވަސް ކުރިން - 15:05

ނިޔާވި ދެ ކުދިންގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ވިދާޅުވެއްޖެ

ނިޔާވި ދެ ކުދިންގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ވިދާޅުވެއްޖެ

8 ދުވަސް ކުރިން - 16:10

إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ
ސްޓެލްކޯގެ ޓަވަރެއްގެ 12 ވަނަ ފަންގިފިލާއިން ވެއްޓުނު ތުއްތު ކުއްޖާ ނިޔާވެއްޖެ

ސްޓެލްކޯ ޓަވަރަކުން ވެއްޓުނު ތުއްތު ކުއްޖާ ނިޔާވެއްޖެ

8 ދުވަސް ކުރިން - 13:32