Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އިންތިހާބަކާ ނުލައި ޕީއެންސީއަށް 69 ގޮނޑި ކަށަވަރުވެއްޖެ

އިންތިހާބަކާ ނުލައި ޕީއެންސީއަށް 69 ގޮނޑި ކަށަވަރުވެއްޖެ

މުހައްމަދު ޖަމްޝަތު
161 ދުވަސް ކުރިން - 15 ފެބްރުއަރީ 2026 16:30
ޕީއެންސީން ބޭއްވި ޖަލްސާއެއްގައި ރައީސް މުއިއްޒުގެ ދެކަނބަލުން އަދި އެ ޕާޓީގެ އިސްވެރިން ބައިވެރިވަނީ---ފޮޓޯ: ރައީސް އޮފީސް
ޕީއެންސީން ބޭއްވި ޖަލްސާއެއްގައި ރައީސް މުއިއްޒުގެ ދެކަނބަލުން އަދި އެ ޕާޓީގެ އިސްވެރިން ބައިވެރިވަނީ---ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

މި އިންތިހާބުގައި ރަށު ކައުންސިލްތަކަށް 626 އަދި ސިޓީ ކައުންސިލްތަކަށް 52 ކައުންސިލަރުން އިންތިހާބު ކުރާނެ. އަންހެނުންގެ ކޮމިޓީތަކަށްވެސް އެ އަދަދަށް މެންބަރުން އިންތިހާބު ކުރާނެ

ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބުގައި، ވޯޓަކާ ނުލާ ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް 69 ގޮނޑި ކަށަވަރުވެއްޖެ އެވެ.

އިލެކްޝަންސް ކޮމިޝަނުން މިކަން ހާމަކުރީ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށް، ނަން އަނބުރާ ގެންދިއުމުގެ މުއްދަތު ހަމަވުމާ ގުޅިގެންނެވެ.

އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، އިންތިހާބަކާ ނުލައި އެންމެ ގިނަ ގޮނޑި ކަށަވަރުކޮށްފައިވަނީ ޕީއެންސީންނެވެ. އެ ޕާޓީއަށް ލޯކަލް ކައުންސިލް އިންތިހާބުން 28 ގޮނޑި ކަށަވަރުވެފައިވާއިރު، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުން 41 ގޮނޑި ވަނީ ކަށަވަރުވެފަ އެވެ.

Advertisement

Advertisement 1

ކައުންސިލް އިންތިހާބަށް ބަލާއިރު، ޕީއެންސީގެ އިތުރުން އެމްޑީޕީއަށް އެއް ގޮނޑި، އަދާލަތު ޕާޓީއަށް އެއް ގޮނޑި އަދި އަމިއްލަ ގޮތުން ވާދަކުރި ތިން ކެންޑިޑޭޓަކަށް ވަނީ ގޮނޑި ކަށަވަރުވެފަ އެވެ. އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުން އެމްޑީޕީއަށް ފަސް ގޮނޑި، އަދާލަތު ޕާޓީއަށް އެއް ގޮނޑި އަދި އަމިއްލަ ގޮތުން ވާދަކުރި ދެ ކެންޑިޑޭޓަކަށް ގޮނޑި ކަށަވަރުވެފައިވެ އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނި ގޮތުގައި، އިންތިހާބަކާ ނުލާ މި ގޮނޑިތައް ކަށަވަރުވީ އިންތިހާބު ކުރަންޖެހޭ އަދަދަށްވުރެ ގިނަ ކެންޑިޑޭޓުން ކުރިމަތިނުލުމާއި، ބައެއް ކެންޑިޑޭޓުން ނަން އަނބުރާ ގެންދިއުމާ ގުޅިގެންނެވެ. ނަން އަނބުރާ ގެންދިއުމުގެ ފުރުސަތު ހަމަވިއިރު، ޖުމްލަ 67 ކެންޑިޑޭޓުން ވަނީ ނަން އަނބުރާ ގެންގޮސްފަ އެވެ. މީގެ ތެރޭގައި ކައުންސިލް އިންތިހާބަށް ކުރިމަތިލީ 36 ކެންޑިޑޭޓަކާއި އަންހެނުންގެ ކޮމިޓީތަކަށް ކުރިމަތިލީ 31 ކެންޑިޑޭޓަކު ހިމެނެ އެވެ.

އަންނަ އޭޕްރީލް މަހު ހަތަރެއްވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި އިންތިހާބުތަކުގައި ވާދަކުރުމަށް ފުރަތަމަ 2,994 ކެންޑިޑޭޓުން ހުށަހެޅި ނަމަވެސް، ނަން އަނބުރާ ގެންދިޔަ ކެންޑިޑޭޓުންނާއެކު މިހާރު ވާދަކުރާ ކެންޑިޑޭޓުންގެ ޖުމްލަ އަދަދަކީ 2,927 އެވެ.

ޕީއެންސީލޯކަލް ކައުންސިލް އިންތިޚާބުއިލެކްޝަންސް ކޮމިޝަން (އީސީ)
Advertisement
Advertisement

ގުޅޭ ޚަބަރުތައް

އެމްޑީޕީން މާލީ ބަޔާން ހުށަނޭޅުމުން ޖޫރިމަނާ ކޮށްފި

އެމްޑީޕީން މާލީ ބަޔާން ހުށަނޭޅުމުން ޖޫރިމަނާ ކޮށްފި

4 ދުވަސް ކުރިން - 12:49

އަމާން ކަމާއި އޮމާން ކަމާއެކު ޕީއެންސީގެ އެތެރޭގެ އިންތިހާބު ނިންމާލާ ކުދި ޕާޓީތަކަށް ނަމޫނާ ދައްކާލައިފި

އަމާން ކަމާއި އޮމާން ކަމާއެކު ޕީއެންސީގެ އެތެރޭގެ އިންތިހާބު ނިންމާލައިފި

15 ދުވަސް ކުރިން - 18:55

ޕީއެންސީގެ ބޮޑު އިންތިހާބުން އެހެން ޕާޓީތަކުން ނަމޫނާ ލިބިގަންނަންޖެހޭ: ޢަބްދުއްރަޙީމް

ޕީއެންސީގެ ބޮޑު އިންތިހާބުން އެހެން ޕާޓީތަކުން ނަމޫނާ ލިބިގަންނަންޖެހޭ: ޢަބްދުއްރަޙީމް

15 ދުވަސް ކުރިން - 15:25

ޕީއެންސީގެ ދާއިރާތަކުގެ ބޮޑު އިންތިޚާބު: 4 ޖަހާއިރު ކިއު ބަންދުވާނެ

ޕީއެންސީގެ ދާއިރާތަކުގެ ބޮޑު އިންތިޚާބު: 4 ޖަހާއިރު ބަންދުވާނެ

15 ދުވަސް ކުރިން - 15:17

ޕީއެންސީގެ އެތެރޭގެ އިންތިހާބު މާދަމާ: ވޯޓުލުން ފަށާނީ ހެނދުނު 09:00 ގައި

ޕީއެންސީގެ އެތެރޭގެ އިންތިހާބު މާދަމާ: ވޯޓުލުން ފަށާނީ ހެނދުނު 09:00 ގައި

15 ދުވަސް ކުރިން - 23:00

ޕީއެންސީގެ އެތެރޭގެ އިންތިޚާބު ހޮނިހިރު ދުވަހު: 2،500 އަށްވުރެ ގިނަ ކެންޑިޑޭޓުން ވާދަކުރާނެ

ޕީއެންސީގެ އެތެރޭގެ އިންތިޚާބު ހޮނިހިރު ދުވަހު: 2،500 އަށްވުރެ ގިނަ ކެންޑިޑޭޓުން

21 ދުވަސް ކުރިން - 21:23

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%