މި ރޯދަ މަހު ވެސް ރަސްމީ މަސައްކަތު ގަޑިއަކީ 9 އިން 1 އަށް

މަރްޔަމް މާޙީ | 11 ގަޑިއިރު ކުރިން - 15 ފެބްރުއަރީ 2026 16:10
ރޯދަ މަހުގެ ރަސްމީ މަސައްކަތު ގަޑިތައް އާންމުކޮށްފި--- ފޮޓޯ: ޚުލާސާ
ރޯދަ މަހުގެ ރަސްމީ މަސައްކަތު ގަޑިތައް އާންމުކޮށްފި--- ފޮޓޯ: ޚުލާސާ
ޚުލާސާ

ރަމަޟާންމަހުގެ ދުވަސްތަކާއި، ޝައްވާލުމަހުގެ ފުރަތަމަ 7 ދުވަހުގެ ރަސްމީ މަސައްކަތު ގަޑިއަކީ، ހެނދުނު 9:00 އިން މެންދުރުފަހު 1:00 އަށް

ރޯދަ މަހު ސަރުކާރުގެ ރަސްމީ ގަޑިތައް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އާންމުކޮށްފި އެވެ.

ރައީސް އޮފީހުން ބުނީ މި އަހަރުގެ ރަމަޟާން މަހުގެ ދުވަސްތަކާއި، ޝައްވާލު މަހުގެ ފުރަތަމަ 7 ދުވަހުގެ ރަސްމީ މަސައްކަތު ގަޑިއަކީ، ހެނދުނު 9:00 އިން މެންދުރުފަހު 1:00 އަށް ކަމަށެވެ. 

ހިޖުރައިން 1443 ވަނަ އަހަރުން ފެށިގެން، ކޮންމެ އަހަރެއްގެ ރަމަޟާންމަހުގެ ދުވަސްތަކާއި، ޝައްވާލުމަހުގެ ފުރަތަމަ 7 ދުވަހުގެ ރަސްމީ މަސައްކަތު ގަޑިއަކީ، ހެނދުނު 9:00 އިން މެންދުރުފަހު 1:00 އަށް ކަމުގައި ހަމަޖައްސަވައި، އެކަމާބެހޭ ދެންނެވުމެއް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވާފައި ވަނީ 2022 މާރިޗު 6 ގައެވެ.

މިއީ ރޯދަ މަހު މުވައްޒަފުންނަށް ލުއިފަސޭހަގޮތްތަކެއް ފަހި ކޮށްދިނުމަށް ސަރުކާރުން ކުރަމުން އަންނަ ކަމެކެވެ. މީގެ އިތުުރުން މިދިޔަ އަހަރުން ފެށިގެން ރޯދަ މަހުގެ ފަހު 10 ވެސް ރައީސް ޑރ މުހައްމަދު މުއިއްޒު ވަނީ ސަރުކާރު ބަންދުކޮށްދެއްވާފައެވެ.

މީލާދީ ކަލަންޑަރުގައިވާ ގޮތުގައި މި އަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ މިމަހުގެ 18 ވަނަ ދުވަހެވެ.

Ad
Ad
TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%