ފޭސްބުކް މާކެޓް ޕްލޭސްގައި އޮޅުވާލައިގެން ފައިސާ ހޯދި މީހަކު ހައްޔަރުކޮށްފި

މަރްޔަމް މާޙީ | 14 ގަޑިއިރު ކުރިން - 15 ފެބްރުއަރީ 2026 12:36
މާކެޓްޕްލޭސްގައި އޮޅުވާލައިގެން ފައިސާ ހޯދި މީހަކު ހައްޔަކޮށްފި--- ފޮޓޯ:ޕޮލިސް
މާކެޓްޕްލޭސްގައި އޮޅުވާލައިގެން ފައިސާ ހޯދި މީހަކު ހައްޔަކޮށްފި--- ފޮޓޯ:ޕޮލިސް
ޚުލާސާ

ފޭސްބުކް މާކެޓް ޕްލޭސްގައި އޮޅުވާލައިގެން ފައިސާ ހޯދި މައްސަލައިގައި ހައްޔަރުކުރި ނަކުލް ކޭ ސީގެ މިފަދަ އިތުރު މައްސަލަތަކެއް ވެސް ފުލުހުން ތަހުގީގު ކުރަމުން

ފޭސްބުކް މާކެޓް ޕްލޭސްގައި އޮޅުވާލައިގެން ފައިސާ ހޯދި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ އޭނާ ހައްޔަރު ކުރީ ފޭސްބުކް މާކެޓްޕްލޭސް މެދުވެރިކޮށް އަލަމާރިއެއް ވިއްކާނެ ކަމަށް ބުނެ އޮޅުވާލައިގެން ފައިސާ ހޯދި މައްސަލައެއްގައި ކަމަށެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީަ ނަކުލް ކޭ ސީ، ނޭޕާލް (23އ) އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މި ފެބުރުވަރީ މަހުގެ 7 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުންނެވެ.

މި މައްސަލައާ ގުޅިގެން ނަކުލް ކޭ ސީގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 12 ދުވަހަށް ބަންދުކުރުމަށް ކޯޓުން ނިންމައިފައިވާކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މި މައްސަލައާއި ނަކުލް ކޭ ސީގެ މިފަދަ އިތުރު މައްސަލަތަކެއް ވެސް ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަަށެވެ.


Ad
Ad
TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%