ކުޑަ ކުއްޖަކަށް ޖިންސީ ގޯނާގެ ކުރި ކަމުގެ ތުހުމަތުގައި ބްރައިޓް މައިންޑްސްގެ މަސްއޫލުވެރިޔާ ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ, ފުލުހުން ތަހުގީގު ކުރަމުންގެންދާ ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން 11 ފެބުރުއަރީ 2026ވަަނަ ދުވަހު 27 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.
ހައްޔަރުކޮށްފައިވަނީ އަލީ އަފްލާހް, ޚައިރާތު / ހުޅުމާލެ (27އ) އެވެ.
މައުލޫމާތު ލިބޭގޮތުގައި އޭނާ ހައްޔަރުކުރީ ބްރައިޓް މައިންޑްސް ޓިއުޝަން ސެންޓަރަށް ކިޔަވަން ދިޔަ ކުދިންތަކަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައެވެ.
އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 30 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.










