ޗައިނާ އަސްކަރިއްޔާގެ ޓޮޕް ޖެނެރަލުން މަގާމުން ވަކިކޮށް މުޅި ޗައިނާ ގުޑުވާލައިފި

ހުސައިން އިސްމާއިލް | 8 ގަޑިއިރު ކުރިން - 13 ފެބްރުއަރީ 2026 19:11
ޗައިނާގެ ރައީސް ޝީ ޖިންޕިން - ޗައިނާ އަސްކަރިއްޔާގައި ހިމެނޭ އިސް ބައެއް ބޭފުޅުންގެ އިތުބާރު ގެއްލިފައި ވާތީ މިހާރު ވަނީ ވަޒީފާ އިން ވަކިކޮށް ތަޙްޤީޤަށް ބަންދުކޮށްފަ.
ޗައިނާގެ ރައީސް ޝީ ޖިންޕިން - ޗައިނާ އަސްކަރިއްޔާގައި ހިމެނޭ އިސް ބައެއް ބޭފުޅުންގެ އިތުބާރު ގެއްލިފައި ވާތީ މިހާރު ވަނީ ވަޒީފާ އިން ވަކިކޮށް ތަޙްޤީޤަށް ބަންދުކޮށްފަ.
ޚުލާސާ

ކޮރަޕްޝަނުގެ ތުހުމަތުގައި ޗައިނާ އަސްކަރިީ ކޮމިޝަނުގެ ނައިބު ރައީސް ޒާންގް ޔޫކްސިއާ ހިމެނޭ ގޮތަށް މަތީފަންތިީގެ ގިނަ ބަޔަކު މަގާމުން ވަކިކޮށް ހައްޔަރުކޮށްފި.

ޗައިނާގެ އެންމެ ބާރުގަދަ އަސްކަރީ ފޯސް ކަމަށްވާ ސެންޓްރަލް މިލިޓަރީ ކޮމިޝަން (ސީއެމްސީ)ގެ އެންމެ މަތީ ފަންތީގެ ޖެނެރަލުން ހިމެނޭ ގޮތަށް އަސްކަރިއްޔާގެ އިސް ލީޑަރުންތަކެއް މަގާމުން ވަކިކޮށް ތަހުގީގުގެ ދަށަށް ގެނެސްފި އެވެ.

އެންމެ ފާހަގަ ކުރެވޭ ކަމަކީ ކޮމިޝަންގެ ނައިބު ރައީސް އަދި ޝީގެ އެންމެ ގާތް އެކުވެރިންގެ ތެރޭގައި ހިމެނޭ ޒާންގް ޔޫކްސިއާ ވެސް ވަނީ ހައްޔަރުކޮށްފައެވެ.

ބެއިޖިންގެ އޮފިޝަލުން ބުނާ ގޮތުގައި މިއީ އަސްކަރިއްޔާގައި ކޮރަޕްޝަނާއި ދެކޮޅަށް ކުރަމުންދާ މަސައްކަތެކެވެ.

ހައްޔަރު ކޮށްފައިވާ މީހުންގެ ތެރޭގައި ޗައިނާގެ ޕީޕަލްސް ލިބަރޭޝަން އާމީ (ޕީއެލްއޭ) ގެ މަތީ ކޮމާންޑަރުންގެ ދިހަވަރަކަށް މީހުން ވެސް ހިމެނެއެވެ. މީގެ އިތުރުން ސީއެމްސީ ގެ ޕްލޭނިންގ އާއި އޮޕަރޭޝަންތައް ބަލަހައްޓާ ޖޮއިންޓް ސްޓާފް ޑިޕާޓްމަންޓާއި ސިޔާސީ މަސައްކަތު ޑިޕާޓްމަންޓުގެ އޮފިސަރުން ހިމެނެއެވެ.

ބައެއް މަސްދަރުތަކުން މީގެ ކުރިން ބުނި ގޮތުގައި ރައީސް ޝީ ޖިންޕިން އާއި ދެކޮޅަށް އަސްކަރީ ބަޣަވާތެއް ގެންނަން އަސްކަރިއްޔާގެ އިސް ބައެއް ބޭފުޅުން މަސައްކަތް ކޮށްފައި ވެއެވެ.

Ad
Ad
TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%