އިސްރާއީލުގައި ދިރިއުޅޭ ޢަރަބި މުސްލިމުންގެ ގަޔަށް ބަޑިޖަހައި މަރަނީ

ހުސައިން އިސްމާއިލް | 4 ގަޑިއިރު ކުރިން - 12 ފެބްރުއަރީ 2026 22:53
އިސްރާއީލުގެ ޝަރޮން ސަރަޙައްދުގައި ބަޑިޖަހައި ބަޔަކު މަރާލާފައި ވާތީ ކަމާބެހޭ ފަރާތްތަކުން ޙަރަކާތެރި ވަނީ - ރޭ އެކަނިވެސް އިސްރާއީލުގައި 4 މުސްލިމުންގެ ގަޔަށް ބަޑި ޖަހައި ވަނީ މަރާލާފަ.
އިސްރާއީލުގެ ޝަރޮން ސަރަޙައްދުގައި ބަޑިޖަހައި ބަޔަކު މަރާލާފައި ވާތީ ކަމާބެހޭ ފަރާތްތަކުން ޙަރަކާތެރި ވަނީ - ރޭ އެކަނިވެސް އިސްރާއީލުގައި 4 މުސްލިމުންގެ ގަޔަށް ބަޑި ޖަހައި ވަނީ މަރާލާފަ.
ޚުލާސާ

ރޭ ވެސް އެއްގަޑިއިރުތެރޭ ވަކިވަކިން ހަތަރު މީހުން މަރައިލި އިރު މި އަހަރު މިހާތަނަށް 44 މުސްލިމުންގެ ގަޔަށް ބަޑި ޖަހައި މަރާލާފައި ވޭ.

އިސްރާއީލުގެ ޢަރަބި މުސްލިމުން ދިރިއުޚޭ ހިސާބުތަކުގައި ބަޑި ޖަހައި ޖުމްލަ ފަސްމީހުން މަރާލައިފި ކަމަށާއި، މީގެތެރެއިން ޢަރަބި އަވަށްތަކުގައި ވަކިވަކިން ދިން ޙަމަލާތަކެއްގައި އެއްގަޑިއިރު ތެރޭގައި ހަތަރުމީހުން މަރާލާފައިވާ ކަމަށް އިސްރާއީލުގެ ކަމާއިބެހޭ ފަރާތްތަކުން ބުނެފިއެވެ.

އިސްރާއީލުގައި ދަނީ އެ ޤައުމުގައި އުޅޭ ޢަރަބި ދަރިކޮޅުގެ މުސްލިމުންނަށް އަމާޒުކޮށް މަރުގެ ގިނަ ޙަމަލާތަކެއް ދެމުންނެވެ. މި މަހުގެ މިހާތަނަށް ޢަރަބި މުސްލިމް ރައްޔިތުންގެ ތެރެއިން ބައްތިރީސް މީހުން މަރާލާފައި ވާއިރު، މި މަހުގެ ފުރަތަމަ ދެ ހަފްތާގެ ތެރޭގައި ގިނަ ޢަދަދަކަށް މަރުގެ ހާދިސާތަކެއް ހިނގާފައިވާ ކަމަށް ޔަހޫދީ ފުލުހުން ބުނެއެވެ.

އިސްރާއީލުގައި މި އަހަރު މިހާތަނަށް 44 މުސްލިމުންގެ ގަޔަށް ބަޑި ޖަހައި މަރާލާފައި ވެއެވެ.

އިސްރާއީލު ފުލުހުން ބުނީ މި މައްސަލަތައް ތަޙްޤީޤު ކުރަމުންދާ ކަމަށެވެ. ނަމަވެސް މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކުރި ކަމަށް ބުނެފައެއް ނުވެއެވެ.

އިސްރާއީލުގައި ދިރިއުޅޭ ޢަރަބި މުސްލިމުންނަކީ ފަލަސްޠީނުގެ ޢަރަބިން ކަމުގައި ވާއިރު، 1948 ވަނަ އަހަރުއްސުރެ ޢަރަބި ދަރިކޮޅުގެ މީހުން އިސްރާއީލުގައި ދިރިއުޅެއެވެ. އިސްރާއީލުގެ އާބާދީގެ ގާތްގަނޑަކަށް 21 ޕަސެންޓަކީ ޢަރަބި މުސްލިމުންނެވެ.

Ad
Ad
TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%