Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ގަވާއިދާ ހިލާފަށް މަސައްކަތްކުރަމުންދިޔަ 10 ބިދޭސީއަކު ހުޅުމާލެއިން އަތުލައިގަނެފި

ގަވާއިދާ ހިލާފަށް މަސައްކަތްކުރަމުންދިޔަ 10 ބިދޭސީއަކު ހުޅުމާލެއިން އަތުލައިގަނެފި

މުޙައްމަދު ޖިނާން ހުސައިން ޖަބީން
203 ދުވަސް ކުރިން - 13 ފެބްރުއަރީ 2026 19:25
ހިޔާ ސަރަހައްދުގައި އިމިގްރޭޝަނުގެ ޓާސްކޮފޯސްއިން ހަރަކާތްތެރިވަނީ--- ފޮޓޯ: އިމިގްރޭޝަން
ހިޔާ ސަރަހައްދުގައި އިމިގްރޭޝަނުގެ ޓާސްކޮފޯސްއިން ހަރަކާތްތެރިވަނީ--- ފޮޓޯ: އިމިގްރޭޝަން
ޚުލާސާ

ހިޔާ ސަރަހައްދުގައި މަސައްކަތް ކުރަމުންދިޔަ 95 ބިދޭސީއަކު ބަލައިފާސްކޮށް، ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދިޔަކަން ފާހަގަކުރެވުނު 10 ބިދޭސީއަކު ވަނީ އަތުލައިގަނެވިފަ

ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން ކުރިއަށްގެންދާ އޮޕަރޭޝަނުގެ ދަށުން، ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ސަރަހައްދުން 10 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

އިމިގްރޭޝަނުން އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި ބުނީ، ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުގެ ޓާސްކްފޯސްއިން އިއްޔެ ހާއްސަ ރެއިޑް އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. މި އޮޕަރޭޝަން އަމާޒުކޮށްފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓް ސަރަހައްދުގައި ހިންގަމުންދާ ވިޔަފާރިތަކަށް ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފަ އެވެ.

Advertisement

Advertisement 1

އިމިގްރޭޝަނުން ބުނީ، މި އޮޕަރޭޝަނުގައި އެ ސަރަހައްދުގައި މަސައްކަތް ކުރަމުންދިޔަ ޖުމްލަ 95 ބިދޭސީއަކު ބަލައިފާސްކޮށްފައިވާ ކަމަށާއި، މީގެ ތެރެއިން ރާއްޖޭގައި ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދިޔަކަން ފާހަގަކުރެވުނު 10 ބިދޭސީއަކު އަތުލައިގަނެވިފައިވާ ކަމަށެވެ.

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލަ ހައްލުކުރުމުގެ ގޮތުން ކަމާބެހޭ މުއައްސަސާތައް ގުޅިގެން އަންނަނީ ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މާލެ އާއި ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ހުރި ސްޕާތަކާއި، ކެފޭ، ރެސްޓޯރަންޓް އަދި ކުދި ފިހާރަތައް ބަލައިފާސްކުރުމުގެ މަސައްކަތް ހިމެނެ އެވެ.

ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ.

އިމިގްރޭޝަންބިދޭސީން
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ބިދޭސީ މުވައްޒަފުންގެ މުސާރަ އެ މުވައްޒަފެއްގެ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމްކޮށްފި

ބިދޭސީ މުވައްޒަފުންގެ މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމްކޮށްފި

11 ދުވަސް ކުރިން - 11:40

ޕޮލިސް ރިޕޯޓް ނުނަގައި ބިދޭސީންނަށް ސިމް ރިޕްލޭސް ވެސް ނުކުރެވޭ ގޮތް ހަދަނީ

ޕޮލިސް ރިޕޯޓް ނުނަގައި ބިދޭސީންނަށް ސިމް ރިޕްލޭސްވެސް ނުކުރެވޭ ގޮތް ހަދަނީ

17 ދުވަސް ކުރިން - 09:29

ބިދޭސީންގެ މައްސަލައިގެ ޒިންމާ ނަގަންޖެހޭ ބަޔަކީ އެމްޑީޕީ: ޝާޒް

ބިދޭސީންގެ މައްސަލައިގެ ޒިންމާ ނަގަންޖެހޭ ބަޔަކީ އެމްޑީޕީ: ޝާޒް

45 ދުވަސް ކުރިން - 13:19

ގަވާއިދާ ހިލާފަށް އުޅެމުންދިޔަ އިތުރު ބިދާސީންތަކެއް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފި

ގަވާއިދާ ހިލާފަށް އުޅެމުންދިޔަ އިތުރު ބިދާސީންތަކެއް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފި

56 ދުވަސް ކުރިން - 20:13

އިލެކްޓްރޯނިކް ޕާސްޕޯޓުގެ ހިދުމަތް އަންނަ މަހުގެ ކުރީކޮޅު އަލުން ފަށަނީ

އިލެކްޓްރޯނިކް ޕާސްޕޯޓުގެ ހިދުމަތް އަންނަ މަހުގެ ކުރީކޮޅު އަލުން ފަށަނީ

56 ދުވަސް ކުރިން - 19:37

އޭއައި ބޭނުންކޮށްގެން އެޑިޓްކޮށްފައިވާ ފޮޓޯ ޕާސްޕޯޓަށް ހުށަނޭޅުމަށް އިމިގްރޭޝަނުން އަންގައިފި

އޭއައި ބޭނުންކޮށްގެން އެޑިޓްކޮށްފައިވާ ފޮޓޯ ޕާސްޕޯޓަށް ހުށަނޭޅުމަށް އިމިގްރޭޝަނުން އަންގައިފި

59 ދުވަސް ކުރިން - 18:08