ހުޅުމާލޭގައި އަލަށް ބެހެއްޓި ޕްލާންޓާއި އެކު ދުވާލަކު ފަސްމިލިއަން ލިޓަރުގެ ފެން ލިބޭނެ

ހައްވާ މިރުފާ | 2 ގަޑިއިރު ކުރިން - 13 ފެބްރުއަރީ 2026 00:58
ހުޅުމާލެގައި 5،000 ޓީޕީޑީގެ އާ އާރްއޯ ޕްލާންޓެއް އިންސްޓޯލް ކުރުން--- ފޮޓޯ: އެމްޑަބްލިއުއެސްސީ
ހުޅުމާލެގައި 5،000 ޓީޕީޑީގެ އާ އާރްއޯ ޕްލާންޓެއް އިންސްޓޯލް ކުރުން--- ފޮޓޯ: އެމްޑަބްލިއުއެސްސީ
ޚުލާސާ

ހުޅުމާލެގައި 5،000 ޓީޕީޑީގެ އާ އާރްއޯ ޕްލާންޓާއިއެކު، ދުވާލަކު ފަސް މިލިއަން ލީޓަރުގެ ފެން އުފައްދައި، މާލެ އާއި ހުޅުމާލެގެ ފެނުގެ ނިޒާމް އިތުރަށް ހަރުދަނާ ވާނެ

ރޯދަމަސް އަންނަންވާއިރަށް ހުޅުމާލެގައި 5،000 ޓީޕީޑީގެ އާ އާރްއޯ ޕްލާންޓެއް ބަހައްޓައި މިއަދު ޚިދުމަތް ދޭން ފަށައިފިއެވެ.

އެމްޑަބްލިއުއެސްސީން ހުޅުމާލެގައި އިންސްޓޯލް ކުރި އާރުއޯ ޕްލާންޓުން ދުވާލަކު ފަސް މިލިއަން ލީޓަރުގެ ފެން އުފައްދާނެއެވެ.

އެމްޑަބްލިއުއެސްސީން ބުނީ މި އާރްއޯ ޕްލާންޓާއިއެކު މާލެ އާއި ހުޅުމާލޭގެ ފެނުގެ ކެޕޭސިޓީ އިތުރުވެ، ކުރިއަށް އޮތް ސުކޫލް ދުވަސްވަރާއި ރޯދަމަހަށް، ފެނުގެ ޑިމާންޑާއި އެއްވަރަށް ހިދުމަތް ފޯރުކޮށްދެވޭނެ ކަމަށެވެ.

5،000 ޓީޕީޑީގެ އާރްއޯއަކީ ކަނޑުގައި ހުންނަ ލޮނު ފެން ނުވަތަ ތަޣައްޔަރުވެފައިވާ ބިމުގެ ފެން ނަގައި، ވަރަށް މަތީ ޕްރެޝަރެއްގައި މައިކްރޯސްކޯޕިކް ފިލްޓަރެއް މެދުވެރިކޮށް، ފެން ސާފުކުރާ ވަސީލަތެކެވެ.
Ad
Ad
TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%