މާލޭގެ ތޮށިގަނޑު އަލުން މަރާމާތުކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފި

މުޙައްމަދު ޖިނާން ހުސައިން ޖަބީން | 9 ގަޑިއިރު ކުރިން - 12 ފެބްރުއަރީ 2026 17:54
މާލޭ އިރުމަތީ ފަރާތުގެ ތޮށިގަނޑު މަރާމާތުކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ފޮޓޯ: ކޮންސްޓްރަކްޝަން މިނިސްޓްރީ
މާލޭ އިރުމަތީ ފަރާތުގެ ތޮށިގަނޑު މަރާމާތުކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ފޮޓޯ: ކޮންސްޓްރަކްޝަން މިނިސްޓްރީ
ޚުލާސާ

ކޮންސްޓްރަކްޝަން މިނިސްޓްރީން މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ޖަޕާނުގެ ޓޯޔޯ ކޮންސްޓްރަކްޝަން ކޮމްޕެނީ ލިމިޓެޑާއެކުގައި

ޖަޕާނު ސަރުކާރުގެ އިކޮނޮމިކް އެންޑް ސޯޝަލް ޑިވެލޮޕްމަންޓް ޕްރޮގްރާމުގެ ދަށުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓް ފޯ ޑިޒާސްޓާ ރެޒިލިއެންސް އެންހޭންސްމަންޓް އިން މާލެ އައިލެންޑް (ކޮންސްޓްރަކްޝަން ފޭސް) ޕެކޭޖް އެކެއްގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީން މި އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ޖަޕާނުގެ ޓޯޔޯ ކޮންސްޓްރަކްޝަން ކޮމްޕެނީ ލިމިޓެޑާއެކުގަ އެވެ. މި މަޝްރޫއުގެ ޑިޒައިން އެންޑް ކޮންސަލްޓަންސީ މަސައްކަތް ވެސް ކުރީ ޖަޕާނުގެ ކުންފުންޏަކުންނެވެ. އެއީ އޮރިއެންޓަލް ކޮންސަލްޓަންޓްސް ގްލޯބަލް ކޮމްޕެނީ ލިމިޓެޑެވެ.

މާލޭގެ އިރުމައްޗާއި އުތުރުފަރާތުގެ ތޮށިގަނޑު މަރާމާތުކޮށް އަލުން ހެދުމުން އެ ސަރަހައްދު އޮންނާނެ ގޮތުގެ ކުރެހުމެއް--- ފޮޓޯ: ކޮންސްޓްރަކްޝަންސް މިނިސްޓްރީ

މި އެއްބަސްވުމުގައި ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ތޮއާމު މުހައްމަދެވެ. އަދި ޓޯޔޯ ކޮންސްޓްރަކްޝަން ކޮމްޕެނީ ލިމިޓެޑްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޑެޕިއުޓީ ޖެނެރަލް މެނޭޖަރު، މިސްޓާ އިޒާވާ ކަން އެވެ.

Ad

މި މަސައްކަތް ޔޯ ކޮންސްޓްރަކްޝަން ކޮމްޕެނީ ލިމިޓެޑާއި ހަވާލު ކޮށްފައި ވަނީ 700,000,000.00 ޖަޕަނީސް ޔެންއަށެވެ. މަސައްކަތް ނިންމުމަށް 487 ދުވަހުގެ މުއްދަތެއް އެ ކުންފުންޏަށް ދީފައިވާއިރު، މި މަޝްރޫއުގެ ދަށުން މާލޭގެ އިރުމައްޗާއި އުތުރުފަރާތުގެ ތޮށިގަނޑު މަރާމާތުކޮށް އަލުން ހެދުމަށް ވަނީ ހަމަޖެހިފަ އެވެ.

މި މަޝްރޫއުގެ އެއްބަސްވުމުގައި ދެ ފަރާތުން ސޮއި ކޮށްފައި ވީ ނަމަވެސް މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާނެ ސީދާ ތާރީހެއް މިނިސްޓްރީން އަދި ހާމަ ކޮށްފަ އެއް ނުވެއެވެ.

މާލޭގައި މިހާރު އޮތް ކަނޑުތޮއްޓަކީ ވެސް ޖަޕާނުގެ އެހީގައި، 1998 އިން 2006 އަށް ކުރިއަށް ގެންދިޔަ މަޝްރޫއެއްގެ ދަށުން ކޮށްފައިވާ މަސައްކަތެކެވެ.

Ad
TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%