މަރުވި ދެގައިދީންގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން އިންޑިއާއަށް ފޮނުވައިފި

މުޙައްމަދު ޖިނާން ހުސައިން ޖަބީން | 9 ގަޑިއިރު ކުރިން - 12 ފެބްރުއަރީ 2026 17:37
ހުޅުމާލޭ ޖަލުން ހާލު ސީރިއަސް ވެގެން ގެންދިޔަ ގައިދީ ނިޔާވީ ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް.
ހުޅުމާލޭ ޖަލުން ހާލު ސީރިއަސް ވެގެން ގެންދިޔަ ގައިދީ ނިޔާވީ ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް.
ޚުލާސާ

މި ދެގައިދީން މަރުވެފައިވަނީ މި މަހުގެ ދެވަނަ ދުވަހުގެ ވަގުތެއްގައި ހޮސްޕިޓަލުގައި ފަރުވާ ދެނިކޮށް

ހުޅުމާލޭ ޖަލުގައި ހުކުމް ތަންފީޒު ކުރަމުން ދަނިކޮށް މި މަހުގެ ދެވަނަ ދުވަހު މަރުވި ދެ ގައިދީންގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް އިންޑިއާއަށް ފޮނުވާލާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

މި މައްސަލައާ ގުޅިގެން "ޚުލާސާ" އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އިއްޔެގެ ވަގުތެއްގައި އެ ދެ ގައިދީންގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް އިންޑިއާއަށް ގެންގޮސްފައިވާ ކަމަށެވެ.

މަރުވި ދެ ގައިދީންނަކީ:

  1. އިބްރާހިމް ސުހެއިލް، ދަފްތަރު ނރ. 439 (53އ)
  2. ހަސަން ނިޔާޒް، ދިއްގާގަސްދޮށުގެ / ސ. ހިތަދޫ (45އ)

ކަރެކްޝަނުން ހާމަކޮށްފައިވާ ގޮތުގައި، އިބްރާހިމް ސުހެއިލް މަރުވިއިރު، ހާލު ދެރަވެގެން އައިޖީއެމްއެޗުގައި އެޑްމިޓްކޮށްގެން އޭނާއަށް ފަރުވާ ދެމުންދާތާ ހަފްތާއެއް ވަނީ ވެފަ އެވެ. އޭނާ މަރުވީ ފަރުވާ ދެމުންދަނިކޮށް ނިއުމޯނިއާ ޖެހިގެން، މި މަހުގެ ދެވަނަ ދުވަހު ކަމަށް ކަރެކްޝަނުން ބުންޏެވެ.

މީގެ އިތުރުން ހަސަން ނިޔާޒު މަރުވެފައިވަނީ، ޖަލުގައި ހުއްޓައި ހާލު ސީރިއަސްވެ، ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔަ ފަހުންނެވެ.

Ad
Ad
TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%