ބޯޑަރު ހުޅުވީ ނަކަކަށް، 80،000 ގެތެރެއިން ޣައްޒާ އަށް ވެއްދީ އެންމެ 172 މީހުން

ހުސައިން އިސްމާއިލް | 14 ގަޑިއިރު ކުރިން - 12 ފެބްރުއަރީ 2026 13:05
ރެޑްކްރޮސްގެ އެހީގައި މިމަހުގެ ނުވަވަނަ ދުވަހު ޣައްޒާއިން ބަލިމީހުން ނެރެނީ.
ރެޑްކްރޮސްގެ އެހީގައި މިމަހުގެ ނުވަވަނަ ދުވަހު ޣައްޒާއިން ބަލިމީހުން ނެރެނީ.
ޚުލާސާ

ފަރުވާ ކުރުމަށް ވަގުތީ ގޮތުން ޣައްޒާ އިން ނުކުންނަން ތިބި 22،000 މީހުންގެ ތެރެއިން ހަފްތާއެއް ވީ އިރު ގެންދިޔައީ ވެސް އެންމެ 199 މީހުން.

ރަފާޙް ބޯޑަރު ހުޅުވައިލިތާ ހަފްތާއެއް ވީ އިރު ޣައްޒާއިން މިޞްރަށް ދިޔުމަށާއި އަދި މިޞްރުން ޣައްޒާ އަށް ވަނުމަށް އިސްރާއީލުން ހުއްދަ ދިނީ ވަރަށް މަދު ބަޔަކަށެވެ. ރިޕޯޓުތައް ބުނާ ގޮތުގައި މި މުއަދަތުގައި ރަފާޙް ހުރަސްކޮށް މިޞްރަށް އެތެރެވި މީހުންނާއި އަދި މިޞްރުން ޣައްޒާ އަށް އެތެރެވި ޖުމްލަ ޢަދަދަކީ 397 މީހުންނެވެ. މިހާތަނަށް ކިއުގައި 1600 އަށް ވުރެ ގިނަ މީހުން އެބަތިއްބެވެ.

މިސްރާއި އިސްރާއީލުގެ މީޑިއާތަކުން ކުރިން ރިޕޯޓްކޮށްފައިވާ ގޮތުގައި ކޮންމެ ދުވަހަކު ވެސް ޣައްޒާއިން މިސްރަށް 50 ބަލި މީހުން ފޮނުވާނެއެވެ. ނަމަވެސް މިކަމަށް ޔަހޫދީން ޢަމަލެއް ނުކުރެއެވެ.

ބޯޑަރު ހުޅުވައިލިތާ ހަފްތާ އެއް ވީ އިރުވެސް ޣައްޒާ އަށް އެތެރެވުމަށް ޔަހޫދީ ބާރުތަކުން ހުއްދަ ދިނީ އެންމެ 172 މީހުންނަށް ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

ރަފާޙް ބޯޑަރު ރަސްމީކޮށް ހުޅުވައިލީ މިމަހުގެ ދެވަނަ ދުވަހުގައެވެ.

އިސްރާއީލު ސަރުކާރުން ގެންދަނީ ރަފާޙް ހުރަސްކުރާ މީހުންގެ ޢަދަދު ވަރަށް ބޮޑަށް ލިމިޓް ކުރަމުންނެވެ.

ޚަބަރުތައް ބުނާ ގޮތުގައި މި ހަފްތާގެ ތެރޭގައި ޣައްޒާ އިން 225 މީހުން ނުކުތެވެ. ނަމަވެސް 26 މީހުން ވަނީ އަނބުރާ ޣައްޒާ އަށް ފޮނުވާލާފައެވެ.

އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ކުރި ހަނގުރާމައިގެ ސަބަބުން ޒަޚަމް ވެފައިވާ 22،000 މީހުން ވެސް ކިއުގައި އެބަތިއްބެވެ.

ހިސާބުތަކުން ދައްކާ ގޮތުގައި ގާތްގަނޑަކަށް 80،000 މީހުން އެނބުރި ޣައްޒާއަށް ވަނުމަށް ރަޖިސްޓްރީކޮށްފައި ވެއެވެ.

Ad
Ad
TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%