ހުއިފިލަނޑާތަކަކަށް ހިޔާނަތްތެރިވި މައްސަލައިގައި ފުލުހަކު ސަސްޕެންޑް ކޮށްފި

މުޙައްމަދު ޖިނާން ހުސައިން ޖަބީން | 9 ގަޑިއިރު ކުރިން - 12 ފެބްރުއަރީ 2026 17:26
ޝަހީދު ހުސައިން އާދަމް ބިލްޑިންގް--- ފޮޓޯ: ޚުލާސާ
ޝަހީދު ހުސައިން އާދަމް ބިލްޑިންގް--- ފޮޓޯ: ޚުލާސާ
ޚުލާސާ

މީގެ ކުރިން ފުލުހުން ބުނެފައި ވަނީ ހުއިފިލަނޑަތައް ތިލަފުށިން މާލެ ގެނެސް ރައްކާކޮށްފައި ހުރީ މާލޭގެ ދެގެއެއްގައި ކަމަށް.

ކ. ތިލަފުށީގެ ގުދަނެއްގައި ހުރި ދެމިލިއަން ރުފިޔާގެ އަގުހުރި ހުއިފިލަނޑާތަކަކަށް ހިޔާނާތްތެރިވި ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން، އެ މައްސަލައިގައި ހިމެނޭ ފުލުސް އިންވެސްޓިގޭޝަން އޮފިސަރު މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށްފި އެވެ.

ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، 31 ޑިސެމްބަރު 2025 ވަނަ ދުވަހު ފުލުހުންނަށް ހުށަހެޅި މި މައްސަލައިގެ ޖިނާއީ ތަހުގީގު ކުރިއަށްދާއިރު، އެ އޮފިސަރާއި ގުޅޭ އިދާރީ މައްސަލައެއް ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން ވެސް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

މިކަމާއި ގުޅިގެން ފުލުހުން މީގެ ކުރިން ބުނެފައިވަނީ، މި ތަކެތި ތިލަފުށިން މާލެ ގެނެސް ރައްކާކޮށްފައި ހުރީ މާލޭގެ ދެގެއެއްގައި ކަމަށެވެ. އެގޮތުން ކޯޓު އަމުރެއްގެ ދަށުން އެ ތަންތަން ބަލައި ފާސްކުރުމަށް ފަހު، ހުއިފިލަނޑާތައް ފުލުހުންގެ ބެލުމުގެ ދަށަށް މިހާރު ގެނެސްފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ހުއިފިލަނޑާތަކުގެ ބަރުދަނުގައި ޖުމްލަ 1,438 ކިލޯ ހުރިއިރު، އޭގެ ތެރޭގައި ރާއްޖެއިން ބޭރަށް އެކްސްޕޯޓްކުރުން މަނާ 787.35 ކިލޯގެ ހުއިފިލަނޑާ ވެސް ހިމެނެ އެވެ.

މި މައްސަލައިގެ ތަހުގީގުގައި ބެލިބެލުމުން ހުއިފިލަނޑާގެ ވިޔަފާރި ކުރި ފަރާތްތަކަކީ "ހުއިފިލަނޑާގެ މަސްވެރިކަން ރާވާ ހިންގާ ބެލެހެއްޓުމާބެހޭ ގަވާއިދު" ގެ ދަށުން ހުއިފިލަނޑާ ޕްރޮސެސްކުރުމުގެ ހުއްދަ އޮތް ފަރާތްތަކެއް ނޫން ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.

Ad
Ad
TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%