ރައީސް ޖަރުމަނުވިލާތުގައި ހުންނަ ދިވެހި އެމްބަސީއަށް ޒިޔާރަތްކުރައްވައިފި

އައިޝަތު ރުވާ ރިފްޢަތު | 4 ގަޑިއިރު ކުރިން - 11 ފެބްރުއަރީ 2026 22:36
ރައީސް ޖަރުމަނުވިލާތުގައި ހުންނަ ދިވެހި އެމްބަސީއަށް ޒިޔާރަތްކުރެއްވުން/ ފޮޓޯ: ރައީސް އޮފީސް
ރައީސް ޖަރުމަނުވިލާތުގައި ހުންނަ ދިވެހި އެމްބަސީއަށް ޒިޔާރަތްކުރެއްވުން/ ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

އެމަނިކުފާނު ވަނީ އެމްބަސީގެ މުވައްޒަފުންނާ ބައްދަލުކުރައްވައި، އެ މުވައްޒަފުން ކުރައްވާ މަސައްކަތްތަކާއި، ޖަރުމަނުވިލާތުގައި އެ ބޭފުޅުންގެ ދިރިއުޅުމުގެ ކަންކަން ހުރިގޮތުގެ މައުލޫމާތު އޮޅުންފިލުއްވާފައި.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ޖަރުމަނުވިލާތުގެ ބާލިންގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއަށް މިއަދު ޒިޔާރަތް ކުރައްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ އެމްބަސީއަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުހަބާ ދެންނެވީ، ދިވެހިރާއްޖެއިން ޖަރުމަނުވިލާތަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ހާ އެކްސަލަންސީ ޝާން ޝާކިރާއި، އެމްބަސީގެ އިސް މުވައްޒަފުންނެވެ. ރައީސުލްޖުމްހޫރިއްޔާގެ އަރިއަހުގައި ޖަރުމަނުވިލާތަށް ކުރައްވާ މި ރަސްމީ ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވާ ދިވެހި ސަރުކާރުގެ މަތީފަންތީގެ ވަފުދުގެ ބޭފުޅުންވެސް މި ޒިޔާރަތުގައި ބައިވެރިވެވަޑައިގެންނެވި އެވެ.

މި ޒިޔާރަތުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ވަނީ އެމްބަސީގައި އޮންނަ މެހްމާނުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފަ އެވެ. އަދި އެމަނިކުފާނު ވަނީ އެމްބަސީގެ މުވައްޒަފުންނާ ބައްދަލުކުރައްވައި، އެ މުވައްޒަފުން ކުރައްވާ މަސައްކަތްތަކާއި، ޖަރުމަނުވިލާތުގައި އެ ބޭފުޅުންގެ ދިރިއުޅުމުގެ ކަންކަން ހުރިގޮތުގެ މައުލޫމާތު އޮޅުންފިލުއްވާފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޖަރުމަނުވިލާތަށް ކުރައްވާ މި ދަތުރުފުޅަކީ އެ ގައުމުގެ ރައީސް ފްރޭންކް-ވޯލްޓާ ޝްޓައިންމަޔާގެ ރަސްމީ ދައުވަތަކަށް ކުރައްވާ މުހިންމު ދަތުރުފުޅެކެވެ. މި ދަތުރުފުޅުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި އޮތް ހާރިޖީ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް ބެލެވެ އެވެ.

Ad
Ad
TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%