Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

އޭޝިއާ މީޑިއާ ސަމިޓް ރާއްޖޭގައި ބޭއްވުމަށް ނިންމައިފި

އޭޝިއާ މީޑިއާ ސަމިޓް ރާއްޖޭގައި ބޭއްވުމަށް ނިންމައިފި

ހައްވާ މިރުފާ
117 ދުވަސް ކުރިން - 11 ފެބްރުއަރީ 2026 23:04
އޭޝިއާ މީޑިއާ ސަމިޓްގެ އެމްއޯޔޫގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން---ފޮޓޯ:ޕީއެސްއެމް
އޭޝިއާ މީޑިއާ ސަމިޓްގެ އެމްއޯޔޫގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން---ފޮޓޯ:ޕީއެސްއެމް
ޚުލާސާ

މި އަހަރުގެ މެއި މަހުގައި އޭޝިއާ މީޑިއާ ސަމިޓް ރާއްޖޭގައި ބާއްވާނެ، މި ރާއްޖޭގައި އޭޝިއާ މީޑިއާ ސަމިޓް ބޭއްވޭ ފުރަތަމަ ފަަހަރު

އޭޝިއާ މީޑިއާ ސަމިޓް ރާއްޖޭގައި ބާއްވަން ނިންމައިފި އެވެ.

މިފަހަރު ބާއްވާ ސަމިޓަކީ 21 ވަނަ އޭޝިއާ މިޑިއާ ސަމިޓެވެ. އެ ސަމިޓް ހޯސްޓް ކުރާ ގައުމެއްގެ ގޮތުގައި ރާއްޖެ ހަމަޖެއްސުމަށް ޕަބްލިކް ސާވިސް މީޑިއާ އާއި އޭޝިއާ ޕެސިފިކް އިންސްޓިޓިއުޓް ފޯ ބްރޯޑްކާސްޓިން ޑިވެލޮޕްމެންޓްއާ ދެމެދު މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިން ނުވަތަ އެމްއޯޔޫއެއްގައި ސޮއިކޮށްފި ކަމަށް ޕީއެސްއެމުން ވަނީ ބުނެފައި އެވެ.

ޕަބްލިކް ސާވިސް މީޑިއާގެ މައި މަރުކަޒުގައި މިއަދު ސޮއިކުރެވުނު މި އެއްބަސްވުމުގެ ދަށުން މި ސަމިޓް އިންތިޒާމުކޮށް ރޭއްވުމުގައި މަސްއޫލިއްޔަތުތައް ހަވާލު ކުރެވިފައި ވަނީ ޕީއެސްއެމްއާ ކަމަށް އެ މީޑިއާއިން ވަނީ މައުލޫމާތު ދީފައިވެ އެވެ. އެމްއޯޔޫގައި ޕީއެސްއެމްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަކީބު އެވެ. އަދި އޭއައިބީޑީގެ ފަރާތުން ސޮއި ކުރެއްވީ އޭއައިބީޑީގެ އޭޝިއާ ޕެސިފިކުގެ ސެކެޓަރީ ޖެނެރަލް ފިލޮމީނާ ނަނަޕްރެގަޒަމް އެވެ.

Advertisement

Advertisement 1

https://x.com/psmnewsmv/status/2021499689649029378?s=20

21 ވަނަ އޭޝިއާ މީޑިއާ ސަމިޓް ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ މެއި މަހުގަ އެވެ. ރާއްޖެއަކީ މިފަހަރުގެ މީޑިއާ ސަމިޓް ހޮސްޓްކުރާ ގައުމަކީ ރާއްޖެކަން އިއުލާނު ކުރީ ކެމްބޯޑިއާގައި ބޭއްވި 20 ވަނަ އޭޝިއާ މީޑިއާ ސަމިޓުގަ އެވެ. މިއީ ދިވެހި ރާއްޖޭގައި މީޑިއާ ސަމިޓެއް ބާއްވާ ފުރަތަމަ ފަހަރެވެ.

މީޑިއާ ސަމިޓްގެ މައިގަނޑު މަގުސަދަކީ އޭޝިއާ ޕެސިފިކް ސަރަހައްދުގެ މީޑިއާ ލީޑަރުންނާއި، ޕޮލިސީ ހަދާ ފަރާތްތަކާއި، ބްރޯޑްކާސްޓަރުންނާއި، ރެގިއުލޭޓަރުން އަދި އިންޑަސްޓްރީގެ ތަޖުރިބާކާރުން އެތަނެއްގައި ބައްދަލުކުރުމެވެ. އަދި އެ ސަމިޓަކީ ބްރޯޑްކާސްޓިން އަދި ޑިޖިޓަލް މީޑިއާއާ ގުޅޭ ގޮތުން މަޝްވަރާ ކުރުމުގެ ޕްލެޓްފޯމެކެވެ.

ޔުނެސްކޯގެ ދަށުން އުފައްދާފައިވާ އޭއައިބީޑީ އަކީ އޭޝިއާ ޕެސިފިކް ސަރަހައްދުގައި ޕަބްލިކް ސާވިސް އަދި އިލެކްޓްރޯނިކް މީޑިއާ ހަރުދަނާ ކުރުމަށް މަސައްކަތް ކުރާ އިންސްޓިޓިއުޓެކެވެ.

މީޑިއާޕީއެސްއެމް
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އޭޝިއާ މީޑިއާ ސަމިޓް 2026 ގެ ބައިވެރިންނާއެކު މުރަކަ އިންދުމުގެ ހަރަކާތެއް ބާއްވައިފި

ފުޅާދާއިރާއެއްގައި މުރަކަ އިންދުމުގެ ހަރަކާތެއް ބާއްވައިފި

23 ދުވަސް ކުރިން - 16:15

ކުއްޖަކު ގްރޫމްކޮށް، ޖިންސީ ގޯނާކުރި މައްސަލައެއްގައި ޓީވީއެމްގެ ޕްރޮޑުސަރެއް ހައްޔަރުކޮށްފި

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ޓީވީއެމްގެ ޕްރޮޑިއުސަރު ހައްޔަރުކޮށްފި

74 ދުވަސް ކުރިން - 20:45

"ސިލޯނާއެކު ދިވެހީން" ޓެލެތޯނުގެ އެހީ ލަންކާ ސަރުކާރާ ހަވާލުކޮށްފި

"ސިލޯނާއެކު ދިވެހީން" ޓެލެތޯނުގެ އެހީ ލަންކާއާ ހަވާލުކޮށްފި

184 ދުވަސް ކުރިން - 08:00

"ސިލޯނާއެކު ދިވެހީން" ޓެލެތޯން ފަށައިފި

"ސިލޯނާއެކު ދިވެހީން" ޓެލެތޯން ފަށައިފި

190 ދުވަސް ކުރިން - 10:21

ގައުމީ ނިއުސް ނިއުސް އެޖެންސީއެއް އުފެއްދުމަށް ޕީއެސްއެމް އިން ސޮއިކޮށްފި

ގައުމީ ނިއުސް އެޖެންސީއެއް އުފެއްދަނީ

305 ދުވަސް ކުރިން - 15:49

އަހާ: ވަޒީރުންގެ 5 ވަނަ ފޯރަމް ހޯމަދުވަހު

އަހާ: ވަޒީރުންގެ 5 ވަނަ ފޯރަމް ހޯމަދުވަހު

395 ދުވަސް ކުރިން - 11:58