ތ. ގުރައިދޫ ބިންހިއްކުމުގެ މަޝްރޫއުގެ ދަށުން، 61 އިންސައްތަ މަސައްކަތް މިހާރު ނިމިއްޖެ އެވެ.
ތ.ގުރައިދޫގައި ބިންހިއްކުމުގެ މަޝްރޫއުގެ ދަށުން އެމްޓީސީސީން ކުރިއަށްގެންދާ މަސައްކަތުގެ 61 އިންސައްތަ މިހާތަނަ ނިމިފައިވާ ކަމަށް އެމްޓީސީސީން ބުނެފި އެވެ. މިކަމާ ބެހޭ ގޮތުން އެކްސްގައި ކުރި ޕޯސްޓެއްގައި އެމްޓީސީސީއިން ބުނީ މިހާރު ގުރައިދޫގައި ކުރިއަށްދާ މަޝްރޫއުގެ ތެރެއިން، މިހާރު ކުރިއަށް ދަނީ ބޮޑު ހިލަޖެހުމުގެ މަސައްކަތް ކަމަށެވެ.


ސަރުކާރުން އެމްޓީސީސީއާ މި މަޝްރޫ ހަވާލުކޮށްފައި ވަނީ 2024 ވަނަ އަހަރުގެ 16 ނޮވެމްބަރުގަ އެވެ. އަދި މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައި ވަނީ އެ އަހަރުގެ 26 ޑިސެންބަރުގަ އެވެ. ތ.ގުރައިދޫގައި ކުރިއަށްދާ މި މަޝްރޫގައި ބިންހިއްކުމުގެ އިތުރުން ގުރައިދޫގެ ރަށްގިރުމުގެ މައްސަލަ ވެސް ހައްލު ކުރެވޭނެވެ.
މިހާތަނަށް ގުރައިދޫގެ ބިންހިއްކުމުގެ މަޝްރޫއުގެ 61 އިންސައްތަ މަސައްކަތް ނިމިފައިވާ އިރު، އަދި މިމަޝްރޫއުގެ ބަކީ އޮތް 31 އިންސަތައް މަސައްކަތް މިހާރު ދަނީ ކުރިއަށެވެ.







