Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އާ ދެ ޕްރޮގްރާމްގެ ދަށުން ގޯއްޗަށް ކުރިމަތިލާން އަންނަ މަހު ހުޅުވާލަނީ

އާ ދެ ޕްރޮގްރާމްގެ ދަށުން ގޯއްޗަށް ކުރިމަތިލާން އަންނަ މަހު ހުޅުވާލަނީ

ހައްވާ މިރުފާ
164 ދުވަސް ކުރިން - 11 ފެބްރުއަރީ 2026 19:24
ހައުސިން މިނިސްޓަރު ޑރ. މުއްތަލިބު--- ފޮޓޯ:ހައުސިން މިނިސްޓްރީ
ހައުސިން މިނިސްޓަރު ޑރ. މުއްތަލިބު--- ފޮޓޯ:ހައުސިން މިނިސްޓްރީ
ޚުލާސާ

މި ޕްރިގްރާމްތަކުން ގޯތި ދޫކުރާނެ އުސޫލު ރޯދައިގެ ކުރިން އާއްމު ކުރާނެ

ސަރުކާރުން "ބޯހިޔާވަހިކަން އެންމެނަށް" ސްކީމަށް އަލަށް އިތުރުކުރި ދެ ކެޓަގަރީގެ އުސޫލު ކުރިއަށް އޮތް ހަފްތާގެ ތެރޭގައި އިއުލާނުކުރުމަށް މަސައްކަތް ކުރަމުންދާކަމަށާއި، މާޗު މަހުގެ ތެރޭގައި ފޯމު ހުށައެޅުމަށް ހުޅުވާލާނެކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްލުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.

"ބޯހިޔާވަހިކަން އެންމެނަށް" ސްކީމަށް އަލަށް އިތުރުކުރި ދެ ކެޓަގަރީގެ ގޯތިތަކާ ބެހޭގޮތުން މައުލޫމާތު ހިއްސާ ކުރައްވަމުން މިނިސްޓަރު ވިދާޅުވީ އެކަމާގުޅޭ އުސޫލު މިހާރު ގާތްގަނޑަކަށް އެއްކޮށް ފައިނަލް ކުރެވިފައިވާ ކަމަށެވެ. އަދި ރޯދައިގެ ކުރިން އުސޫލު އާންމު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން މިފަހަރު ދޫކުރާ ގޯތިތަކަށް އަނބިމީހާ ނުވަތަ ފިރިމީހާއަށް ރާއްޖޭގެ މާލެ ސަރަހައްދުގައި ބޯހިޔާވަހިކަމެއް ލިބިފައިވާނަމަ، އެ ސްކީމަކަށް ކުރިމަތިނުލެވެ އެވެ. ނަމަވެސް އަލަށް އިތުރުކުރި 2 ކެޓަގަރީގެ ދަށުން އަނބިމީހާ ނުވަތަ ފިރިމީހާގެ ނަމުގައި ބޯހިޔާވަހިކަމެއް އޮތް ނަމަވެސް ކުރިމަތިލެވޭ ގޮތަށް ހަމަޖެހޭނެ ކަމަށް ރައީސް ޑރ. މުއއިްޒުގެ ރިޔާސީ ބަޔާނުގައިވެސް ވަނީ ވިދާޅުވި އެވެ.

Advertisement

Advertisement 1

ސަރުކާރުން ކުރިއަށް ގެންދާ އާ ޕްރޮގްރާމުގައި ހިމެނޭނީ މިދިޔަ ސަރުކާރުން ކުރިއަށް ގެންދިޔަ ބިންވެރިޔާ ސްކީމަށް ޖޮއިންޓް އެޕްލިކޭޝަން ހުށަހަޅައިގެން ގޯތި ލިބުނު ފަރާތްތަކުގެ ތެރެއިން، ގޯތި ދޫކޮށްލަން އެއްބަސްވާނަމަ، އެފަރާތްތަކަށް ވަކިވަކިން ގޯތި ދޫކުރާ ކެޓަގަރީއެކެވެ.

އަލަށް ހަދާ އުސޫލުގައި ދައުލަތުން ވިސްނަމުން ދަނީ ބިންވެރިކަމެއް ނެތް އާއިލާތަކަށް ބިމެއް ހޯދައިދިނުން ކަމަށް މިނިސްޓަރު ވިދާޅުވީ އެވެ. ކޮންމެ އާއިލާއަކަށް ވަކިވަކި ޕްލޮޓްތައް ދޭން ނިންމާފައި ވަނީ ބިންވެރިޔާ ސްކީމުގެ ދަށުން އިޖުތިމާއީ މައްސަލަތައް ވެސް ކުރިމަތިވާތީ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އާއިލީ މައްސަލަތަކާ ހެދި އެއްކޮށް ދިރިނޫޅެވޭ މީހުން ވެސް ޖޮއިންޓް އެޕްލިކޭޝަންގެ ދަށުން ގޯތި ހޯދަން އޭރު މަޖުބޫރުކުރިކަމުގެ ތުހަމަތު މިނިސްޓަރު ކުރެއްވި އެވެ.

މިނިސްޓަރު މުއްތަލިބު ވިދާޅުވީ ރޯދައިގެ ކުރިން އާންމު ކުރާ ގޯތި ދޫކުރުމުގެ އުސޫލަކީ މިހުރިހާ ކަމަށް ބަލާއި އެފަދަ އިޖްތިމާއީ މައްސަލަތަކަށް ރިއާއަތްކޮށް އާއްމު ކުރާ އުސޫލެއް ކަމަށެވެ.

މިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބުބޯހިޔާވަހިކަންއެންމެނަށް ބޯހިޔާވަހިކަން ސްކީމް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ދައުރުގެ ތެރޭގައި ހައުސިން މަޝްރޫއުތައް ނިންމާ ހައްގުވެރިންނަށް ހަވާލުކުރާ ފުރަތަމަ ސަރުކާރަށް މި ސަރުކާރު ވެގެންދާނެ: ރައީސް

ދައުރުގެ ތެރޭގައި ހައުސިން މަޝްރޫއުތައް ނިންމާ ހައްގުވެރިންނަށް ހަވާލުކުރާނަން: ރައީސް

2 ގަޑިއިރު ކުރިން - 13:55

ހުޅުމާލޭގައި 1،000 ހައުސިންގ ޔުނިޓު ތަރައްޤީކުރުމުގެ އެއްބަސްވުމުގައި ދިވެހި 5 ކުންފުންޏަކާއެކު ސޮއިކޮށްފި

ހުޅުމާލޭގައި 1،000 ހައުސިންގ ޔުނިޓު ތަރައްޤީކުރުމަށް ދިވެހި 5 ކުންފުންޏަކާއެކު ސޮއިކޮށްފި

9 ދުވަސް ކުރިން - 23:50

މިހާތަނަށް ނަރުދަމާގެ 43 މަޝްރޫއެއް ނިންމައިފި

މިހާތަނަށް ނަރުދަމާގެ 43 މަޝްރޫއެއް ނިންމައިފި

13 ދުވަސް ކުރިން - 14:14

ބޯހިޔާވަހިކަމުގެ އަމަލީ މަސައްކަތް އަންނަ މަހު ފަށަނީ؛ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ ހުވަފެން މި ދައުރުގައި ހަގީގަތަކަށް ވާނެ: ރައީސް

ރައްޔިތުންގެ ބޯހިޔާވަހިކަމުގެ ހުވަފެން މި ދައުރުގައި ހަގީގަތަކަށް ވާނެ: ރައީސް

27 ދުވަސް ކުރިން - 12:43

މި ދައުރުތެރޭ ހައުސިން މަޝްރޫއުތަކަށް ހައްގުވެރިންނަށް ވަދެވޭނެ: ރައީސް

މި ދައުރުތެރޭ ހައުސިން މަޝްރޫއުތަކަށް ހައްގުވެރިންނަށް ވަދެވޭނެ: ރައީސް

27 ދުވަސް ކުރިން - 12:43

އިތުރަށް އަޅާ 710 ފުލެޓާއެކު ބީއެމްއެލްގެ އެފޯޑަބަލް ހައުސިން މަޝްރޫއުގެ އަދަދު 3,970 އަށް އަރައިފި

ބީއެމްއެލްގެ އެފޯޑަބަލް ހައުސިން މަޝްރޫއުގެ އަދަދު 3,970 އަށް އަރައިފި

28 ދުވަސް ކުރިން - 14:56