Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ގޯއްޗާއި ފްލެޓަށް އެދި 3600 އަށް ވުރެ ގިނަ ފޯމު ހުށަހަޅައިފި

ގޯއްޗާއި ފްލެޓަށް އެދި 3600 އަށް ވުރެ ގިނަ ފޯމު ހުށަހަޅައިފި

އައިޝަތު ރުވާ ރިފްޢަތު
161 ދުވަސް ކުރިން - 11 ފެބްރުއަރީ 2026 14:21
4000 ފްލެޓް/ ފޮޓޯ: ޚުލާސާ
4000 ފްލެޓް/ ފޮޓޯ: ޚުލާސާ
ޚުލާސާ

ގާތްގަނޑަކަށް 10,000 އެޕްލިކޭޝަން ޑްރާފްޓް މަރުހަލާގައި ފުރިހަމަކުރަމުންދާ ކަމަށާއި، މިހާތަނަށް އެންމެ ގިނަ މީހުން ހުށަހަޅާފައި ވަނީ ފްލެޓަށް ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވި.

ގޯއްޗާއި ފްލެޓަށް އެދި މިހާތަނަށް 3,600 އަށް ވުރެ ގިނަ މީހުން ފޯމު ހުށަހަޅާފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ މިޑިއާއަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު މުއްތަލިބް ވިދާޅުވީ، މިދިޔަ ޖެނުއަރީ މަހުގެ 18 ވަނަ ދުވަހު ހުޅުވާލި މި ފުރުސަތުގައި މިހާތަނަށް 3,651 އެޕްލިކޭޝަނެއް ފުރިހަމަކޮށް ހުށަހަޅާފައިވާ ކަމަށެވެ. މީގެ އިތުރުން، ގާތްގަނޑަކަށް 10,000 އެޕްލިކޭޝަން ޑްރާފްޓް މަރުހަލާގައި ފުރިހަމަކުރަމުންދާ ކަމަށާއި، މިހާތަނަށް އެންމެ ގިނަ މީހުން ހުށަހަޅާފައި ވަނީ ފްލެޓަށް ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

ކޮންމެ ދިވެހި ރައްޔިތަކަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު ވައުދުފުޅެކެވެ. މި ސިޔާސަތުގެ ދަށުން މާލެ ސަރަހައްދުންނާއި ރަސްމާލެއިން 7,900 ފްލެޓާއި، 1,250 އަކަފޫޓުގެ 15,000 ގޯތި ދޫކުރުމަށް ވަނީ ނިންމާފަ އެވެ.

Advertisement

Advertisement 1

މި މަޝްރޫއުގެ ދަށުން ފްލެޓް ދޫކުރުމަށް 15 ކެޓަގަރީއެއް ކަނޑައަޅާފައިވެ އެވެ. އޭގެ ތެރޭގައި އެކަނިވެރި މައިންބަފައިން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް، ޒުވާނުން، ޓެކްސީ ޑްރައިވަރުން، ފަތުރުވެރިކަމާއި މަސްވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ މީހުން އަދި ޝަރުއީ ދާއިރާގެ މުވައްޒަފުން ހިމެނެ އެވެ. މީގެ އިތުރުން، ކުރީގެ މަޝްރޫއުތަކުން ފްލެޓް ލިބޭނެކަމުގެ ލިޔުން ލިބި ފްލެޓް ހަވާލުނުކުރެވި ތިބި ފަރާތްތަކަށްވެސް މި ސްކީމުގައި ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.

ފްލެޓްތައް ބަހާލެވިފައިވާ ގޮތަށް ބަލާއިރު:

  1. މާލޭ ރަށްވެހިންނަށް: 4,000 ފްލެޓް
  2. މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް: 1,500 ފްލެޓް
  3. ހާއްސަ އިސްކަންދޭ ކެޓަގަރީތަކަށް: 2,400 ފްލެޓް

ގޯތި ދޫކުރުމުގެ ތެރޭގައި މާލޭގެ ރަށްވެހިންނަށް 10,000 ގޯތި، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް 3,000 ގޯތި، އަދި މައިމުޅަވެފައިވާ މީހުންނަށް 500 ގޯތި ހިމެނެ އެވެ. އަދި މާލޭގެ ހަނި ގޯޅިތަކުގައި ހުރި ގޯތިތައް ބަދަލުކުރާ ފަރާތްތަކަށް 1,500 ގޯތި ހާއްސަކޮށްފައިވެ އެވެ.

މި ސްކީމުގެ ދަށުން ބިމަށް އެދި ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ މާޗް 5 އެވެ. އަދި ފްލެޓަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ އޭޕްރިލް 18 އެވެ. ސަރުކާރުގެ އަމާޒަކީ ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން ހައްގުވެރިންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމެވެ.

މިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބުފްލެޓްއެންމެނަށް ބޯހިޔާވަހިކަން ސްކީމްބޯހިޔާވަހިކަން
Advertisement
Advertisement

ގުޅޭ ޚަބަރުތައް

ހުޅުމާލޭގައި 1،000 ހައުސިންގ ޔުނިޓު ތަރައްޤީކުރުމުގެ އެއްބަސްވުމުގައި ދިވެހި 5 ކުންފުންޏަކާއެކު ސޮއިކޮށްފި

ހުޅުމާލޭގައި 1،000 ހައުސިންގ ޔުނިޓު ތަރައްޤީކުރުމަށް ދިވެހި 5 ކުންފުންޏަކާއެކު ސޮއިކޮށްފި

5 ދުވަސް ކުރިން - 23:50

މިހާތަނަށް ނަރުދަމާގެ 43 މަޝްރޫއެއް ނިންމައިފި

މިހާތަނަށް ނަރުދަމާގެ 43 މަޝްރޫއެއް ނިންމައިފި

9 ދުވަސް ކުރިން - 14:14

ބޯހިޔާވަހިކަމުގެ އަމަލީ މަސައްކަތް އަންނަ މަހު ފަށަނީ؛ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ ހުވަފެން މި ދައުރުގައި ހަގީގަތަކަށް ވާނެ: ރައީސް

ރައްޔިތުންގެ ބޯހިޔާވަހިކަމުގެ ހުވަފެން މި ދައުރުގައި ހަގީގަތަކަށް ވާނެ: ރައީސް

23 ދުވަސް ކުރިން - 12:43

މި ދައުރުތެރޭ ހައުސިން މަޝްރޫއުތަކަށް ހައްގުވެރިންނަށް ވަދެވޭނެ: ރައީސް

މި ދައުރުތެރޭ ހައުސިން މަޝްރޫއުތަކަށް ހައްގުވެރިންނަށް ވަދެވޭނެ: ރައީސް

23 ދުވަސް ކުރިން - 12:43

އިތުރަށް އަޅާ 710 ފުލެޓާއެކު ބީއެމްއެލްގެ އެފޯޑަބަލް ހައުސިން މަޝްރޫއުގެ އަދަދު 3,970 އަށް އަރައިފި

ބީއެމްއެލްގެ އެފޯޑަބަލް ހައުސިން މަޝްރޫއުގެ އަދަދު 3,970 އަށް އަރައިފި

23 ދުވަސް ކުރިން - 14:56

ހައުސިންގް މަޝްރޫއުތަކުގެ ދަށުން ފްލެޓާއި ގޯތި ދޫކުރާނީ އިންސާފުވެރިކަމާއެކު: ރައީސް

ހައުސިންގް މަޝްރޫއުތަކުގެ ދަށުން ފްލެޓާއި ގޯތި ދޫކުރާނީ އިންސާފުވެރިކަމާއެކު: ރައީސް

25 ދުވަސް ކުރިން - 21:44

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%