Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ޕެންޝަން އޮފީހުގެ ބޯޑަށް ކުރިމަތިލުމަށް ހުޅުވާލައިފި

ޕެންޝަން އޮފީހުގެ ބޯޑަށް ކުރިމަތިލުމަށް ހުޅުވާލައިފި

އައިޝަތު ރުވާ ރިފްޢަތު
165 ދުވަސް ކުރިން - 11 ފެބްރުއަރީ 2026 14:19
ޕެންޝަން އޮފީސް އިމާރަތް---
ޕެންޝަން އޮފީސް އިމާރަތް---
ޚުލާސާ

މި މަގާމަށް ކުރިމަތިލުމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 24 ވަނަ ދުވަހުގެ މެންދުރުފަހު 1:00 ގެ ކުރިން އެޕްލިކޭޝަން ހުށަހަޅުމަށް އެ އޮފީހުން އިއުލާންކޮށްފައިވޭ.

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑުގައި އަމިއްލަ ދާއިރާ ނުވަތަ ޕްރައިވެޓް ސެކްޓާ ތަމްސީލުކުރެއްވުމަށް ހާއްސަކޮށްފައިވާ ގޮނޑިތަކުގެ ތެރެއިން ހުސްވެފައިވާ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.

ޕެންޝަން އޮފީހުން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، އެ އޮފީހުގެ ބޯޑުގައި ޕްރައިވެޓް ސެކްޓާ ތަމްސީލުކުރައްވާ ހަތަރު މެންބަރުންގެ ތެރެއިން އެއް މަގާމު ހުސްވެފައިވާތީ، އެ މަގާމަށް ގާބިލު ބޭފުޅަކު އައްޔަނުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން މެންބަރަކު ހޮވުމުގެ މަސައްކަތް ކުރިއަށްދާނީ ޕެންޝަނާބެހޭ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ހާއްސަ ސިލެކްޝަން ކޮމިޓީއަކުންނެވެ.

އެ ކޮމިޓީން ކުރިމަތިލާ ފަރާތްތައް އިވެލުއޭޓް ކުރުމަށްފަހު، އެންމެ އެކަށީގެންވާ ތިން ބޭފުޅެއްގެ ނަން ޝޯޓްލިސްޓް ކުރާނެ އެވެ. އަދި އެ ބޭފުޅުންނަކީ ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އިން ކަނޑައަޅާފައިވާ 'ފިޓް އެންޑް ޕްރޮޕާ' މިންގަނޑުތަކަށް ޝަރުތު ހަމަވާ ފަރާތްތަކެއްކަން އެ އޮތޯރިޓީން ކަށަވަރު ކުރާނެ ކަމަށްވެސް އެ އޮފީހުން ބުންޏެވެ.

Advertisement

Advertisement 1

މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި، ވިޔަފާރި، އިގުތިސާދީ ނުވަތަ ގާނޫނީ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުމާއެކު، ޕެންޝަން ނުވަތަ އިންވެސްޓްމަންޓް ދާއިރާއިން މަސައްކަތުގެ ތަޖުރިބާ ލިބިފައިވާންޖެހެ އެވެ.

މީގެ އިތުރުން، ޕެންޝަން އޮފީހުގެ ބޯޑުގައި ޕްރައިވެޓް ސެކްޓާ ތަމްސީލުކުރައްވާ މެންބަރުންނަކީ ދައުލަތުގެ ނުވަތަ ސަރުކާރުގެ އެއްވެސް ވަޒީފާއެއް އަދާކުރައްވާ ބޭފުޅަކަށް ވެގެން ނުވާނެ އެވެ. އަދި ސަރުކާރުން 50 އިންސައްތައަށްވުރެ މަތީ އަދަދަކަށް ހިއްސާވާ އެއްވެސް ކުންފުންޏެއްގެ ނުވަތަ އެފަދަ ކުންފުންޏަކުން ކޮންޓްރޯލްކުރާ ސަބްސިޑިއަރީ ކުންފުންޏެއްގެ މުވައްޒަފަކަށްވެސް އެ ފަރާތް ވެގެން ނުވާނެ ކަމަށް އިއުލާނުގައި ބަޔާންކޮށްފައިވެ އެވެ.

މި މަގާމަށް މެންބަރުން އައްޔަނުކުރުމުގައި ޕެންޝަނާބެހޭ ގާނޫނުގައި ކަނޑައަޅާފައިވާ އެންމެހައި ކަންކަމަށް ރިއާޔަތްކުރެވޭނެ ކަމަށްވެސް ޕެންޝަން އޮފީހުން ފާހަގަކުރި އެވެ.

އެހެންކަމުން، މި މަގާމަށް ކުރިމަތިލުމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 24 ވަނަ ދުވަހުގެ މެންދުރުފަހު 1:00 ގެ ކުރިން އެޕްލިކޭޝަން ހުށަހަޅަންޖެހެއެވެ. އެޕްލިކޭޝަން ފޮނުވާނީ އެ އޮފީހުގެ އީމެއިލް bureau@pension.gov.mv އަށެވެ. ނުވަތަ ޕެންޝަން އޮފީހަށް ސީދާ ހުށަހެޅުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލާފަ އެވެ.

ޕެންޝަން އޮފީސް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޕެންޝަން އޮފީހުގެ ބޯޑުގެ ޗެއަރޕާސަންގެ މަޤާމަށް ޢަބްދުލްމަޖީދު އައްޔަން ކުރައްވައިފި

ޕެންޝަން އޮފީހުގެ ބޯޑުގެ ޗެއަރޕާސަންގެ މަޤާމަށް ޢަބްދުލްމަޖީދު

62 ދުވަސް ކުރިން - 15:28

ޕެންޝަން އޮފީހުގެ ބޯޑަށް ޕްރައިވެޓް ސެކްޓާ މެންބަރަކު އައްޔަންކުރުމަށް އަލުން ހުޅުވާލައިފި

ޕެންޝަން ބޯޑަށް މެންބަރަކު އައްޔަންކުރުމަށް އަލުން ހުޅުވާލައިފި

137 ދުވަސް ކުރިން - 15:41

ބޮޑެތި ބަލިތަކުގެ މީހުންނަށް ޕެންޝަން ފައިސާ ބޭނުންކުރެވޭ ގޮތް ހަދަން ލަފާ ހޯދަނީ

ބޮޑެތި ބަލިތަކަށް ޕެންޝަން ބޭނުންކުރަން ލަފާ ހޯދަނީ

165 ދުވަސް ކުރިން - 16:50

ޕެންޝަން ފައިސާއިން ގޯތި ގެދޮރު އިމާރާތް ކުރެވޭނެ ގޮތް ހަދަނީ

ޕެންޝަން ފައިސާއިން ގެދޮރު އިމާރާތް ކުރެވޭނެގޮތް ހަދަނީ

170 ދުވަސް ކުރިން - 18:18

ބޮންޑުގައި އިންވެސްޓްކުރަނީ ފަންޑަށް ގެއްލުން ނުވާނެ ގޮތަށް: ޕެންޝަން އޮފީސް

"ބޮންޑުގައި އިންވެސްޓްކުރަނީ ފަންޑަށް ގެއްލުން ނުވާނެ ގޮތަށް"

172 ދުވަސް ކުރިން - 10:05

ރިޓަޔާ ވުމަށްފަހު ދައުލަތުގެ ވަޒީފާއެއް އަދާކުރާނަމަ އަންގަން އެދިއްޖެ

ރިޓަޔާޑް މީހަކު ވަޒީފާއެއް އަދާކުރާނަމަ އަންގަން އެދިއްޖެ

187 ދުވަސް ކުރިން - 21:38