Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

މިސްކިތްތަކަށް ގެއްލުން ދިނުމަކީ ޓެރަރިޒަމްގެ އަމަލެއްކަމުގައި ބަލަން ޖެހޭ: މެންބަރު ކުޑޫ

މިސްކިތްތަކަށް ގެއްލުން ދިނުމަކީ ޓެރަރިޒަމްގެ އަމަލެއްކަމުގައި ބަލަން ޖެހޭ: މެންބަރު ކުޑޫ

މަރްޔަމް މާޙީ
154 ދުވަސް ކުރިން - 11 ފެބްރުއަރީ 2026 16:51
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ކުރިއަށްދަނީ--- ފޮޓޯ: މަޖިލިސް އިދާރާ
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ކުރިއަށްދަނީ--- ފޮޓޯ: މަޖިލިސް އިދާރާ
ޚުލާސާ

މިސްކިތްތަކަށް ގެއްލުން ދިނުމަކީ ޓެރަރިޒަމްގެ އަމަލެއްކަމުގައި ބަލަންޖެހޭކަމަށް ހުށަައެޅި އިސްލާހު މަޖިލީހަށް ވަނީ ބަލައިގެންފަ

މިސްކިތްތަކަށް ގެއްލުން ދިނުމަކީ ޓެރަރިޒަމްގެ އަމަލެއްކަމުގައި ބަލަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހަށް ހުށައެޅި އިސްލާހު މަޖިލީހުގެ ތަޅުމަށް ބަލައިގެންފިއެވެ.

މި އިސްލާހު މަޖިލީހުގެ ތަޅުމަށް ބަަލައިގެންފައިވަނީ ވޯޓުގައި ބައިވެރިވި 56 މެންބަރުންގެ އިއްތިފާގުންނެވެ. މި އިސްލާހަށް ބަހުސް ކުރައްވަމުން ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން ވިދާޅުވީ އެފަދަ ކަންކަން ނުހުއްޓުވެނީ ގާނޫނުތަކެއް ނެތިގެން ނޫން ކަމަށާއި, މިފަދަ ކަންކަމަށް މިހާރު ވެސް ގާނޫނުތައް ހެދިފައިވާ ކަމަށެވެ.

މީގެ އިތުރުން އަޒާން ވިދާޅުވީ ގާނޫނުތަކަށް އިސްލާހު ގެނައުމުގެ ބަދަލުގައި މިހާރު ހުރި ގާނޫނުތައް ރަނގަޅަށް ތަންފީޒު ކުރެވޭތޯ ބެލުން މުހިންމު ކަމަށެވެ.

Advertisement

Advertisement 1

މިއަދުގެ ބަހުސްގައި ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވެސް ވަނީ ބައިވެރިވެ ވަޑައިގެންފައެވެ. އެގޮތުން, ގާސިމް ވެސް ވިދާޅުވީ މިސްކިތްތަކަށް ގެއްލުންދިން މީހުންނަށް ކުރީ ސަރުކާރުގައި އަދަބު ދީފައި ނުވާކަމަށާއި, ގާނޫނުގައި މިފަދަ ކަންކަމަށް ބޮޑެތި އަދަބު ދެވެންއޮށްވާ ކުރީ ސަރުކާރުން އެކަން ދޫކޮށްލައްވައިފައިވާ ކަމަށެވެ. 

ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން, މިސްކިތްތަކަށް ގެއްލުން ދިނުމަކީ ޓެރަރިޒަމްގެ އަމަލެއް ކަމަށް ހިމެނުމަށް ގާނޫނު އިސްލާހު ކުރަން ހުށައަޅައިފައިވަނީ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ.

ރައްޔިތުންގެ މަޖިލިސް
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ބިލް އަލުން ދިރާސާކޮށް މަޖިލީހުން ފާސްކޮށްފި

ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ބިލް އަލުން ދިރާސާކޮށް މަޖިލީހުން ފާސްކޮށްފި

1 ދުވަސް ކުރިން - 13:08

އީޔޫ އާއި ބެލްޖިއަމްގެ ސަފީރުކަމަށް ދިޔާނާ

އީޔޫ އާއި ބެލްޖިއަމްގެ ސަފީރުކަމަށް ދިޔާނާ

8 ދުވަސް ކުރިން - 12:00

ކޮތަޅު ފީ އަށް ލުއި ދޭ އިސްލާހުގެ ފުރަތަމަ ކިޔުން އިއްވައިފި

ކޮތަޅުން ދެރުފިޔާ ނުނަގާ ގޮތަށް ފުރަތަމަ ކިޔުން އިއްވައިފި

8 ދުވަސް ކުރިން - 10:45

އިންޑޮނީޝިއާއަށް ކަނޑައަޅުއްވާ ނޮން-ރެސިޑެންޓް ސަފީރަކަށް، ޑރ. މަރްޔަމް ޝަބީނާ ހަމަޖައްސަވައިފި

އިންޑޮނީޝިއާއަށް ކަނޑައަޅުއްވާ ނޮން-ރެސިޑެންޓް ސަފީރަކަށް، ޑރ. މަރްޔަމް ޝަބީނާ ހަމަޖައްސަވައިފި

20 ދުވަސް ކުރިން - 11:10

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ފަށައިފި: މިހާތަނަށް 530 މީހުން ވޯޓުލައިފި

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ފަށައިފި: މިހާތަނަށް 530 މީހުން ވޯޓުލައިފި

39 ދުވަސް ކުރިން - 10:25

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓުލުން މާދަމާ!

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓުލުން މާދަމާ!

40 ދުވަސް ކުރިން - 12:12