Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އަނބި ނުވަތަ ފިރިމީހާގެ ނަމުގައި ބޯހިޔާވަހިކަމެއް އޮތްނަމަވެސް ގޯއްޗަށް ކުރިމަތިލެވޭ ގޮތް ހަދަނީ

އަނބި ނުވަތަ ފިރިމީހާގެ ނަމުގައި ބޯހިޔާވަހިކަމެއް އޮތްނަމަވެސް ގޯއްޗަށް ކުރިމަތިލެވޭ ގޮތް ހަދަނީ

އައިޝަތު ރުވާ ރިފްޢަތު
161 ދުވަސް ކުރިން - 11 ފެބްރުއަރީ 2026 14:16
ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް
ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް
ޚުލާސާ

ޖޮއިންޓްކޮށް ގޯތި ލިބުނު ފަރާތްތަކަށް ވަކިން ހުށަހެޅުމުގެ ފުރުސަތު ދޭން ނިންމީ އިޖުތިމާއީ ހަމަޖެހުމަށާއި އާއިލީ މައްސަލަތައް ކުޑަކުރުމަށްކަމަށް މިނިސްޓަރު ވިދާޅުވި.

ސަރުކާރުން އަލަށް ތައާރަފުކުރި ދެ ކެޓަގަރީއަކުން ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މާރިޗު މަހުގެ ތެރޭގައި ހުޅުވާލުމަށް ތައްޔާރުވަމުންދާކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުޅުވާލެއްވުމަށް ނިންމެވި މި ފުރުސަތަކީ ބިންވެރިކަން ނެތް އާއިލާތަކަށް އެ ފުރުސަތު ހޯދައިދިނުމަށް ރައީސް ނިންމެވި ނިންމެވުމެއް ކަމަށެވެ. މިގޮތުން، "ބޯހިޔާވަހިކަން އެންމެނަށް" ސްކީމަށް އަލަށް އިތުރުކުރި މި ދެ ކެޓަގަރީގެ އުސޫލު ކުރިއަށް އޮތް ހަފްތާގެ ތެރޭގައި، ރޯދަ މަހުގެ ކުރިން އިއުލާނުކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނުގައި ފާހަގަކުރައްވާފައިވާ ގޮތުން، އަލަށް ހުޅުވާލާ ދެ ކެޓަގަރީއަކީ:

Advertisement

Advertisement 1
  1. އަނބިމީހާ ނުވަތަ ފިރިމީހާގެ ނަމުގައި އަމިއްލަ ބޯހިޔާވަހިކަމެއް އޮތް ނަމަވެސް، ގޯއްޗަށް ކުރިމަތިލެވޭ ކެޓަގަރީ.
  2. "ބިންވެރިޔާ" ސްކީމުން ޖޮއިންޓްކޮށް ގޯތި ލިބުނު މީހުންގެ ތެރެއިން، އެންމެން ބިން ދޫކޮށްލުމަށްފަހު ވަކިން ހުށަހެޅޭ ކެޓަގަރީ.

މި ކޮންމެ ދާއިރާއަކުން 1,000 ގޯއްޗަށް ހުޅުވާލާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.

މިކަމުގެ ތަފްސީލު ހިއްސާކުރައްވަމުން މިނިސްޓަރު ވިދާޅުވީ، ޖޮއިންޓްކޮށް ގޯތި ލިބުނު ފަރާތްތަކަށް ވަކިން ހުށަހެޅުމުގެ ފުރުސަތު ދޭން ނިންމީ އިޖުތިމާއީ ހަމަޖެހުމަށާއި އާއިލީ މައްސަލަތައް ކުޑަކުރުމަށެވެ. އަދި ޖޮއިންޓްކޮށް ލިބުނު ބިން އެއްކޮށް ދޫކޮށްލާގޮތަށް ހަމަޖެއްސީ، އެހެން ނޫންނަމަ ދޫކޮށްލާ ކުދި ބިންކޮޅުތަކުގެ އެކަށީގެންވާ ބޭނުން ނުހިފޭނެތީ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

މީގެ އިތުރުން، ކުރިން ޖޮއިންޓްކޮށް ފްލެޓް ލިބިފައިވާ ދެމަފިރިންނަށް ކަންކުރެވޭނެ ގޮތްތަކެއްވެސް ބަލަމުންދާކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ. މިހާރު ކުރިއަށްދަނީ މި ކެޓަގަރީތަކުގެ އުސޫލުތަކާއި މާކްސް ދޭނެ މިންގަނޑުތައް ފައިނަލްކުރުމުގެ މަސައްކަތެވެ.

ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތު އިއުލާނުކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު 16 ގައެވެ. މި ސިޔާސަތުގެ ދަށުން ރަސްމާލެއިން 15,000 ގޯއްޗާއި 7,900 ފްލެޓް ދޫކުރުމަށް ވަނީ ނިންމާފަ އެވެ. މި ސްކީމްގެ ދަށުން މިހާރު ހުޅުވާލާފައިވާ ފުރުސަތުތަކުގައި ގޯއްޗަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ މާރިޗު 4 އެވެ. އަދި ފްލެޓަށް އެދި ހުށަހެޅޭނީ އޭޕްރީލް 17 ގެ ނިޔަލަށެވެ.

ފްލެޓްމިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބުބޯހިޔާވަހިކަންއެންމެނަށް ބޯހިޔާވަހިކަން ސްކީމް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ހުޅުމާލޭގައި 1،000 ހައުސިންގ ޔުނިޓު ތަރައްޤީކުރުމުގެ އެއްބަސްވުމުގައި ދިވެހި 5 ކުންފުންޏަކާއެކު ސޮއިކޮށްފި

ހުޅުމާލޭގައި 1،000 ހައުސިންގ ޔުނިޓު ތަރައްޤީކުރުމަށް ދިވެހި 5 ކުންފުންޏަކާއެކު ސޮއިކޮށްފި

5 ދުވަސް ކުރިން - 23:50

މިހާތަނަށް ނަރުދަމާގެ 43 މަޝްރޫއެއް ނިންމައިފި

މިހާތަނަށް ނަރުދަމާގެ 43 މަޝްރޫއެއް ނިންމައިފި

9 ދުވަސް ކުރިން - 14:14

ބޯހިޔާވަހިކަމުގެ އަމަލީ މަސައްކަތް އަންނަ މަހު ފަށަނީ؛ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ ހުވަފެން މި ދައުރުގައި ހަގީގަތަކަށް ވާނެ: ރައީސް

ރައްޔިތުންގެ ބޯހިޔާވަހިކަމުގެ ހުވަފެން މި ދައުރުގައި ހަގީގަތަކަށް ވާނެ: ރައީސް

23 ދުވަސް ކުރިން - 12:43

މި ދައުރުތެރޭ ހައުސިން މަޝްރޫއުތަކަށް ހައްގުވެރިންނަށް ވަދެވޭނެ: ރައީސް

މި ދައުރުތެރޭ ހައުސިން މަޝްރޫއުތަކަށް ހައްގުވެރިންނަށް ވަދެވޭނެ: ރައީސް

23 ދުވަސް ކުރިން - 12:43

އިތުރަށް އަޅާ 710 ފުލެޓާއެކު ބީއެމްއެލްގެ އެފޯޑަބަލް ހައުސިން މަޝްރޫއުގެ އަދަދު 3,970 އަށް އަރައިފި

ބީއެމްއެލްގެ އެފޯޑަބަލް ހައުސިން މަޝްރޫއުގެ އަދަދު 3,970 އަށް އަރައިފި

23 ދުވަސް ކުރިން - 14:56

ހައުސިންގް މަޝްރޫއުތަކުގެ ދަށުން ފްލެޓާއި ގޯތި ދޫކުރާނީ އިންސާފުވެރިކަމާއެކު: ރައީސް

ހައުސިންގް މަޝްރޫއުތަކުގެ ދަށުން ފްލެޓާއި ގޯތި ދޫކުރާނީ އިންސާފުވެރިކަމާއެކު: ރައީސް

25 ދުވަސް ކުރިން - 21:44