ރަޝިޔާ އާއި ގުޅިގެން އީރާނުން ބާރު ސްޕީޑުގައި މިސައިލްތައް އަޕްގްރޭޑް ކުރަނީ

ހުސައިން އިސްމާއިލް | 17 ގަޑިއިރު ކުރިން - 11 ފެބްރުއަރީ 2026 09:43
އީރާނުގެ ސުޕްރީމް ލީޑަރު ޚާމަނާއީ އާއި ރަޝިއާގެ ރައީސް ޕޫޓިން - ތެހެރާނަކީ މެދުއިރުމަތީގައިވާ މޮސްކޯ އެންމެ ގާތް އެކުވެރިޔާ.
އީރާނުގެ ސުޕްރީމް ލީޑަރު ޚާމަނާއީ އާއި ރަޝިއާގެ ރައީސް ޕޫޓިން - ތެހެރާނަކީ މެދުއިރުމަތީގައިވާ މޮސްކޯ އެންމެ ގާތް އެކުވެރިޔާ.
ޚުލާސާ

ބެލިސްޓިކް މިސައިލްތައް އަޕްގްރޭޑްކުރުމުގައި އީރާނުން ރަޝިއާ އާއި ގުޅިގެން ކުރަމުންދާ މަސައްކަތް ބޮޑުތަނުން ވަރުގަދަކޮށްފި.

އީރާނުގެ ބެލިސްޓިކް މިސައިލްގެ ޤާބިލުކަން އިތުރުކުރުމަށް ރަޝިޔާ އާއި ގުޅިގެން ކުރާ މަސައްކަތް އިހުނަށް ވުރެ ވަރުގަދަ ކޮށްފި ކަމަށާއި އޭގެ ތެރޭގައި ޝަހާބް ސީރީޒް އާއި ޚައިބަރު ފަދަ، އިސްރާއީލުގެ ކޮންމެ ތަނަކަށް ވެސް އަމާޒު ކޮށްލެވޭ ދުރު ރާސްތާގެ މިސައިލްތައް ހިމެނޭ ކަމަށް ޔަހޫދީ މީޑިއާ އިން ބުނެފިއެވެ.

ޖާސޫސީ މަސްދަރުތަކުން ބުނާ ގޮތުގައި ރަޝިޔާގެ އެއްބާރުލުމާއި އެކު އީރާނުގެ ބެލިސްޓިކް މިސައިލްތައް އަޕްގްރޭޑް ކުރުމުން މެދުއިރުމަތީގައިވާ އެމެރިކާ އާއި އިނގިރޭސިވިލާތުގެ ޑިފެންސް ސިސްޓަމް ތަކަށް ވެސް އެ މިސައިލްތަކެއް މަތައެއް ނުކުރެވޭނެއެވެ.

މިކަމާއި ކަންބޮޑުވެ، އިސްރާއީލުން ވަނީ މިއީ މުޅި ވުޖޫދަށް ވެސް ނުރައްކާވާ ކަމެއް ކަމަށާއި، އީރާނުގެ މިސައިލް ޓެކްނޮލޮޖީ ވަކި ރަތް ރޮނގުތަކެއް ހުރަސްކޮށްފިނަމަ އީރާނާއި ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށެވެ. ނަމަވެސް އެއީ ކޮން ފިޔަވަޅެއް ކަމެއް ނުބުނެއެވެ.

Ad
Ad
TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%