ސިކުންތުކޮޅެއްގެތެރޭގައި އިންސާނުންގެ ހުރިހާ ކަށްޓެއް ވެސް އަޅިއަށް ހަދާލާ ބޮން ޣައްޒާގައި ބޭނުންކުރި

ޢަބްދުﷲ ޖުނައިދު | 17 ގަޑިއިރު ކުރިން - 11 ފެބްރުއަރީ 2026 09:42
ތާމޯބަރިކް ނުވަތަ ވެކިއުމް ބޮމުން އުފެދޭ އަލިފާންގަނޑު އޮކްސިޖަން ލިބޭ ވަރަކަށް ދާނީ ބޮޑުވެ “ޕްރެސް”ކުރަމުން. އަލިފާނުގެ ހޫނުމިން 3500 ޑިގްރީ ސެލްސިއަސް އަށް އަރާ.
ތާމޯބަރިކް ނުވަތަ ވެކިއުމް ބޮމުން އުފެދޭ އަލިފާންގަނޑު އޮކްސިޖަން ލިބޭ ވަރަކަށް ދާނީ ބޮޑުވެ “ޕްރެސް”ކުރަމުން. އަލިފާނުގެ ހޫނުމިން 3500 ޑިގްރީ ސެލްސިއަސް އަށް އަރާ.
ޚުލާސާ

ޣައްޒާގެ ނަސްލު ނައްތާލުމަށް އިސްރާއީލުން ބޭނުންކުރި ހަތިޔާރުގައި ހިމެނޭ ކެމިކަލެއްގެ ސަބަބުން ސިކުންތުކޮޅެއްގެތެރޭގައި އިންސާނުން އަޅިއަށް ހަދާލާ ކަމަށް އަލްޖަޒީރާގެ ތަޙްޤީޤުން ދައްކައިފި.

ޣައްޒާ ހަނގުރާމައިގައި އިސްރާއީލުން ވަނީ ސިކުންތުކޮޅެއްގެ ތެރޭގައި އިންސާނުން އަޅިއަށް ހަދާލާ ނުރައްކާތެރި ތާމޯބަރިކް ނުވަތަ ވެކިއުމް ބޮން ބޭނުން ކޮށްފައި ކަމަށް އަލްޖަޒީރާގެ ތަޙްޤީޤުން ދައްކައިފިއެވެ.

ޣައްޒާގެ 2،842 މީހުން ވަނީ އަޅިއަށް ހަދާލާފައި ކަމަށާއި މިއީ އަންދާޒާ ކޮށްފައި ބުނާ ޢަދަދެއް ނޫން ކަމަށް ވެސް އަލްޖަޒީރާ އިން ބުނެއެވެ.

ތާމޯބަރިކް ބޮމަކީ އެހެން ބޮންތަކާއި ޚިލާފަށް އެ ބޮން ގޮވުމުން ބޮޑު އަލިފާންގަނޑެއް އުފެދޭ ބޮމެކެވެ. ޖައްވުގައި ހުންނަ އޮކްސިޖަނުން އެ އަލިފާންގަނޑު އިތުރަށް ބޮޑުވެ، ބޮޑު އަލިފާން ބޯޅައެއްހެން އުފެދޭއިރު، އެ ގަދަ ހޫނުކަން 2،500 ޑިގްރީ ސެލްސިއަސް އިން ފެށިގެން 3،500 ޑިގްރީ ސެލްސިއަސް އަށް އަރައެވެ.

ރަޝިޔާގެ އަސްކަރީ މާހިރު ވަސިލީ ފާޓިގަރޯވް ހާމަކުރެއްވި ގޮތުގައި މި ހަތިޔާރު ތަކަކީ އިންސާނުން މުޅިން އަޅިއަށް ހަދާލާ ހަތިޔާރެވެ. މި ފަދަ ބޮމެއް އަޅައިލި ތަނެއްގައި ހުރި މީހެއްގެ އެންމެ ގުނަވަނެއްވެސް ސަލާމަތް ވުމަކީ މުސްތަޙީލު ކަމެކެވެ.

Ad
Ad
TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%