Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

އެފްޑީސީ ޓަވަރުތައް ކައިރިއަށް ކުނި އަޅާ މީހުންނަށް ފިޔަވަޅު އަޅަނީ

އެފްޑީސީ ޓަވަރުތައް ކައިރިއަށް ކުނި އަޅާ މީހުންނަށް ފިޔަވަޅު އަޅަނީ

މަރްޔަމް މާޙީ
121 ދުވަސް ކުރިން - 10 ފެބްރުއަރީ 2026 12:24
އެފްޑީސީ ޓަވަރަކަށް ވަންނަ މައި ދޮރާށިން ދަރިވަރަކު ނިކުމެގެން ދަނީ--- ފޮޓޯ: ޚުލާސާ
އެފްޑީސީ ޓަވަރަކަށް ވަންނަ މައި ދޮރާށިން ދަރިވަރަކު ނިކުމެގެން ދަނީ--- ފޮޓޯ: ޚުލާސާ
ޚުލާސާ

އެފްޑީސީ ޓަވަރުތައް ކައިރިއަށް ކުނި އަޅާ މީހުންނާމެދު ފިޔަވަޅު އަޅަން ނިންމައިފައިވާކަން އެފްޑީސީގެ އެމްޑީ ހާމަކުރައްވައިފިއެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ޓަވަރުތައް ކައިރިއަށް ކުނި އަޅާ މީހުންނަށް ފިޔަވަޅު އަޅާނެ ކަމަށް އެފްޑީސީގެ މެނޭޖިން ޑިރެކްޓާ ހަމަދާން ޝަކީލް ވިދާޅުވެއްޖެ އެވެ.

ހަމްދާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއީ އަޅުގަނޑުމެންގެ ދީނާއި ސަޤާފަތާ ވެސް ބީރައްޓެހި ނާތަހުޒީބު އަމަލެއް ކަމަށާއި, އެފްޑީސީން މި ކުނިތައް ނައްތައިލި ކަމުގައިވިޔަސް، އެގްރިމެންޓުގައިވާ ގޮތާ ހިލާފަށް ކުނިއަޅަމުންދާ ފަރާތްތަކާމެދު ފިޔަވަޅު އަޅަމުންދާނެ ކަމަށެވެ.

"ހޮނިހިރު ދުވަހު ސާފުކުރި ތަންތަނަށް މިއަދު އޮތީ ކުނި އަޅާފައި. ތިމާ ދިރިއުޅޭ މާޙައުލަށް މި ގޮތަށް ކުނިއެޅުމަކީ އެކިއެކި ބަލިތަކަށް ހުޅުވާލެވޭ ދޮރެއް," އެފްޑީސީގެ އެމްޑީ ހަމްދާން ޝަކީލް ވިދާޅުވި އެވެ.

Advertisement

Advertisement 1

މީގެ އިތުރުން ހަމްދާން ވަނީ ގަވައިދާ އެއްގޮތަށް ބަލްކް ވޭސްޓް ނައްތައިލަމުން ގެންދާ ފަރާތްތަކަށް ޝުކުރު އަދާކޮށްފަ އެވެ. އަދި ފްލެޓުތަކުގައި ދިރިއުޅުއްވާ ފަރާތްތަކަށް އަމާން ސާފު ވެއްޓެއް ގާއިމް ކުރެވޭނީ އެންމެެންގެ އެއްބާރުލުމާއި އެކުކަން ވެސް ހަމްދާން ވަނީ ފާހަގަކުރައްވާފަ އެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ގެ 4000 ފްލެޓުގެ ތެރެއިން 200 ފްލެޓު ފިޔަވައި އެހެން ފްލެޓުތަކަށް މީހުން ބަދަލުވުމުގެ މަސައްކަތް ކުރަމުން އަންނަ އިރު, ފްލެޓްތަކުގެ ކޮރިޑޯގެ އިތުރުން ގްރައުންޑް ފްލޯގެ ލިފްޓު ކައިރީގައި ވެސް ވަނީ ކުނި ގިނަވެފައެވެ. އެ ސަރަހައްދުގެ ބައެއް ފޮޓޯތަކުން ފެންނަ ގޮތުގައި, އެ ސަރަހައްދު ފުރިފައިވަނީ އޭސީ، އައިސް އަލަމާރި, ފަރުނީޗަރު އަދި ތެލި ތަށި ފަދަ އެތައް ސާމާނެއް ހުސްކޮށްފައިވާ ފޮށިތަކުންނެެވެ. އަދި އޭގެ ތެރޭގައި ކުނިވާ ޒާތުގެ ކުނިވެސް ހިމެނެއެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަން
Ad
Ad

ގުޅޭ ޚަބަރުތައް

ފުލެޓެއް ކުއްޔަށް ދޫކުރި މީހަކު ޖޫރިމަނާ ކޮށްފި

ފުލެޓެއް ކުއްޔަށް ދޫކުރި މީހަކު ޖޫރިމަނާ ކޮށްފި

7 ދުވަސް ކުރިން - 15:12

ފަހި ދިރިއުޅުން ފުލެޓުތަކުގެ ރަށްވެހިކަމުގެ ލިޔުން ޕޯޓަލް މެދުވެރިކޮށް ލިބޭނެ އިންތިޒާމު ހަމަޖައްސައިފި

ފަހިދިރިއުޅުން ފުލެޓުތަކުގެ ރަށްވެހިކަމުގެ ލިޔުން ޕޯޓަލްއިން ލިބޭނެ

34 ދުވަސް ކުރިން - 20:49

ފަހި ފްލެޓްތަކުގައި ދިރިއުޅޭ ބައެއް ފާރަތްތަކުގެ އިހުމާލުން ޖަންކްޝަން ބެދި ނަޖިސް ލީކުވަނީ

ކުނި-އެޅިގެން ފަހި ފްލެޓްތަކުގެ ޖަންކްޝަންތައް ބެދި ލީކުވަނީ

84 ދުވަސް ކުރިން - 13:41

އެފްޑީސީ ފްލެޓްތައް ކުއްޔަށް ދީފިނަމަ ބައިލައްކަ ރުފިޔާއިން ޖޫރިމަނާކޮށް ފްލެޓް އަތުލާނެ ކަމުގެ އިންޒާރު ދީފި

ކުއްޔަށްދޭނަމަ ޖޫރިމަނާކޮށް ފްލެޓް އަތުލާނަން: އެފްޑީސީ

96 ދުވަސް ކުރިން - 13:38

އެފްޑީސީގެ ޗެއާޕާސަން އަދި ބޯޑު މެންބަރުކަމުން ނަޝްވާ ވަކިކޮށްފި

އެފްޑީސީގެ ޗެއާޕާސަންގެ މަގާމުން ނަޝްވާ ވަކިކޮށްފި

104 ދުވަސް ކުރިން - 19:31

ކުނި އުކާލުމުގައި ގަވައިދާ ހިލާފުވާނަމަ ފިޔަވަޅު އަޅާނަން: އެފްޑީސީ

ކުނި އުކާލުމުގައި ގަވައިދާ ހިލާފުވާނަމަ ފިޔަވަޅު އަޅަނީ

120 ދުވަސް ކުރިން - 12:00

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%