ގޭހަކަށް ނުޖެހޭނެ, އަންނަ ހަފްތާގައި ސަޕްލައި މައްސަލަ ހައްލުވާނެ: އެސްޓީއޯ

މަރްޔަމް މާޙީ | 17 ގަޑިއިރު ކުރިން - 10 ފެބްރުއަރީ 2026 09:46
އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި, މޯލްޑިވްސް ގޭސްގެ އޮފީސް--- ފޮޓޯ: ޚުލާސާ
އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި, މޯލްޑިވްސް ގޭސްގެ އޮފީސް--- ފޮޓޯ: ޚުލާސާ
ޚުލާސާ

އެސްޓީއޯ އިން ބުނީ ގޭހަށް ނުޖެހޭވަރަށް ރާއްޖޭގައި ގޭސް އެބަހުރިކަމަށް. އަދި އިތުރު ސަޕްލައި އަންނަ ހަފްތާގައި ލިބޭނެ ކަމަށް

ކައްކާ ގޭހަށް ދިމާވެފައިވާ ސަޕްލައި މައްސަލަ ވަރަށް އަވަހަށް ހައްލުވެގެންދާނެ ކަމަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)އިން ހާމަކޮށްފި އެވެ.

އެސްޓީއޯ އިން ބުނީ އެ ކުންފުނީގެ ދަށުން ހިންގަމުން އަންނަ, މޯލްޑިވްސް ގޭސްގެ ސަޕްލައި އަށް ދިމާވެފައިވާ މައްސަލަ ހައްލުކޮށް, އަންނަ ހަފްތާގެ ތެރޭގައި 10 ކިލޯގެ ގޭސް ފުޅި އަނެއްކާ ވެސް ވިއްކަން ފަށާނެ ކަމަށެވެ.

އެސްޓީއޯ އިން މިކަން ހާމަކޮށްފައިވަނީ 10 ކިލޯގެ ގޭސްފުޅި ލިބުމުގައި ދަތިތަކެއް ހުރިކަމުގެ ޝަކުވާ އާންމުންގެ ތެރޭގައި ބޮޑުވެފައިވާ ދަނޑިވަޅެއްގަ އެވެ.

އެ ކުންފުނިން ބުނީ މިހާރު ސަޕްލައިއަށް ދިމާވެފައިވާ މައްސަލައަކީ ސަރަހައްދީގޮތުން ބާޒާރުގެ ސަޕްލައިއަށް އައި ލޮޅުންތަކެއްގެ ސަބަބުންކުރިމަތިވި ކަމެއް ކަމަށާއި, މިފަދަ ބަދަލު ތަކާއެކު ވަކިގޮތަކަށް ބާޒާރުގައި ގޭސް ކޮންޓްރޯލްކޮށްގެން ވިއްކުމަކީ އަބަދުވެސް ކުރާކަމެއްކަމަށެވެ.

އަދި ގޭހަށް ނުޖެހޭވަރަށް ރާއްޖޭގައި ގޭސް އެބަހުރިކަން ވެސް އެ ކުންފުނިން ވަނީ ފާހަގަކޮށްފަ އެވެ.

ރާއްޖެއަށް ގޭސް އެތެރެކޮށް ވިއްކުމުގެ މަސައްކަތް ކުރަމުން އަންނަނީ އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި، މޯލްޑިވްސް ގޭހާއި ވިލާ ކުންފުނިންނެވެ.


Ad
Ad
TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%