Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ރޯދަމަހު ތިނަދޫގައި މުނިފޫހިފިލުވުމުގެ ހަރަކާތްތައް ބޭއްވުން މަނާކޮށްފި

ރޯދަމަހު ތިނަދޫގައި މުނިފޫހިފިލުވުމުގެ ހަރަކާތްތައް ބޭއްވުން މަނާކޮށްފި

މުޙައްމަދު ޖިނާން ހުސައިން ޖަބީން
155 ދުވަސް ކުރިން - 10 ފެބްރުއަރީ 2026 08:26
ތިނަދޫ ސިޓީ--- ފޮޓޯ: ކޯޕަރޭޓް މޯލްޑިވްސް
ތިނަދޫ ސިޓީ--- ފޮޓޯ: ކޯޕަރޭޓް މޯލްޑިވްސް
ޚުލާސާ

ތިނަދޫ ސިޓީ ކައުންސިލުން މި ނިންމުން ނިންމީ، ރަމަޟާން މަހުގެ ހުރިހާ ވަގުތެއް އަޅުކަމަށް މަގުފަހިކުރުމުގެ ގޮތުން

ކުރިއަށް ރަމަޟާން މަހު ތިނަދޫ ސިޓީގައި އެއްވެސް ބާވަތެއްގެ މުނިފޫހިފިލުވުމުގެ ހަރަކާތްތަކާއި ކުޅިވަރު މުބާރަތްތައް ބޭއްވުމަކީ މަނާކަމެއް ކަމަށް ތިނަދޫ ސިޓީ ކައުންސިލުން ނިންމައިފި އެވެ.

ތިނަދޫ ސިޓީ ކައުންސިލުގެ މި ނިންމުމަކީ، ކުރިއަށް އޮތް ރަމަޟާން މަހުގެ ހުރިހާ ވަގުތެއް އަޅުކަމަށް މަގުފަހިކުރުމުގެ ގޮތުން ނިންމި ނިންމުމެކެވެ. ތިނަދޫ ސިޓީ ކައުންސިލުން ނެރުނު އިއުލާނުގައި ބުނީ، ރަމަޟާން މަހަކީ އަޅުކަމަށް މަގުފަހިވެ، އިސްލާމީ ރިވެތި އާދަކާދަތައް އާލާވާ ފަދަ ދުވަސްތަކަކަށް ހެދުމަށް ކައުންސިލުން ކުރަންޖެހޭ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ.

ވޭތުވެދިޔަ އަހަރުތަކުގައި ވެސް ރަމަޟާން މަހު ތިނަދޫ ސިޓީގެ ރައްޔިތުންގެ ފަރާތުން ފެނިފައިވާ ރިވެތި މިސާލަށް ޝުކުރު އަދާކުރަމުން އެ ސިޓީގެ ކައުންސިލުން ވަނީ، ރަމަޟާން މަހުގެ މާތްކަން ހިފެހެއްޓުމަށްޓަކައި މުހިންމު އިލްތިމާސްތަކެއް ކޮށްފައެވެ.

Advertisement

Advertisement 1

އެގޮތުން:

  1. ތައުލީމީ މަރުކަޒުތަކާއި، މުއައްސަސާތަކާއި، ޖަމުއިއްޔާ ޖަމާއަތްތަކުން ކުރާ ހުރިހާ ކަމެއް ރަމަޟާން މަހުގެ މަގްސަދު ހާސިލުވާނޭހެން ތަރުތީބުކުރުން
  2. ފަރުޟު ނަމާދުތަކާއި، ތަރާވީހް ނަމާދު އަދި ރޯދަވީއްލާ ވަގުތުތަކަށް ބުރުލެއް ނާރާނޭހެން ރަސްމީ އަދި ނުރަސްމީ މަސައްކަތްތައް އިންތިޒާމްކުރުން
  3. ދުވާލާއި ރޭގަނޑުގެ ވަގުތުގައި ވެސް އެއްވެސް ބާވަތެއްގެ ކުޅިވަރު ނުވަތަ މުނިފޫހިފިލުވުމުގެ ހަރަކާތެއް ތިނަދޫ ސިޓީގައި ނުހިންގުން
  4. ކޮންމެހެން ހިންގަންޖެހޭ ދީނީ ނުވަތަ ރަސްމީ ހަރަކާތެއް ފިޔަވައި އެހެން އެއްވެސްކަމެއް ނުބޭއްވުމާއި، ބާއްވާ ހަރަކާތްތަކުގެ މައުލޫމާތު ކައުންސިލާ ހިއްސާކުރުން

ތިނަދޫ ސިޓީ ކައުންސިލުން އިތުރަށް ބުނީ، ރައްޔިތުންގެ ކަސްރަތާއި ސިއްހީ ބޭނުންތަކަށްޓަކައި ރަށުގައި ހުރި ކުޅިވަރު މައިދާންތަކާއި، ދަނޑުތަކާއި ޓްރެކްތައް ކަނޑައެޅޭ ވަގުތުތަކެއްގައި ހުޅުވާފައި ހުންނާނެ ކަމަށެވެ. މި ތަންތަން ހުޅުވާފައި ހުންނާނެ ގަޑިތައް ފަހުން އިއުލާނު ކުރާނެ ކަމަށްވެސް ކައުންސިލުން ވަނީ ބުނެފަ އެވެ.

ތިނަދޫ ސިޓީ ކައުންސިލް ބުނީ، ކައުންސިލުގެ މި އިރުޝާދުތަކާ ހިލާފުވާ ފަރާތްތަކަށް ކައުންސިލްގެ އެއްވެސް އެއްބާރުލުމެއް ނުލިބޭނެ ކަމަށެވެ. މީގެ އިތުރުން އުސޫލުތަކާ ހިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ވެސް ތިނަދޫ ސިޓީ ކައުންސިލުން ވަނީ ދީފަ އެވެ.

ތިނަދޫ ސިޓީރޯދަމަސް 2026
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ގދ. ތިނަދޫއިން ވެސް މިހާރު މަސްވެރިންނަށް ހެޔޮ އަގުގައި ތެޔޮ ލިބޭނެ އިންތިޒާމް ހަމަޖައްސައިފި

ގދ. ތިނަދޫއިން ވެސް މިހާރު މަސްވެރިންނަށް ހެޔޮ އަގުގައި ތެޔޮ ލިބޭނެ

41 ދުވަސް ކުރިން - 17:27

ތިނަދޫއަށް ބައުޒަރެއް ގެންގޮސް އެފްއެސްއެމްއިން ހިދުމަތް ދޭން ފަށައިފި

ތިނަދޫއަށް ބައުޒަރެއް ގެންގޮސް އެފްއެސްއެމްއިން ހިދުމަތްދޭން ފަށައިފި

49 ދުވަސް ކުރިން - 12:08

ތިނަދޫގައި ފުއްޕާމެޔާއި ކުޑަކަމުދާ ނިޒާމުގެ ފަރުވާ މިއަހަރު ފަށަނީ

ތިނަދޫގައި ފުއްޕާމެޔާއި ކުޑަކަމުދާ ނިޒާމުގެ ފަރުވާ ފަށަނީ

80 ދުވަސް ކުރިން - 10:49

ސަރުކާރަށް ބޭނުންވާ ފުރިހަމަ އެއްބާރުލުން ދޭނަން: ތިނަދޫ ސިޓީ މޭޔަރު

"ސަރުކާރަށް ބޭނުންވާ ފުރިހަމަ އެއްބާރުލުން ދޭނަން"

97 ދުވަސް ކުރިން - 21:19

ތިނަދޫގައި މޯލްޑިވް ގޭސްގެ ސްޓޯރޭޖް މަޝްރޫއު ނިންމުމުގެ އަމަލީ މަސައްކަތް ފަށައިފި

ގޭސްގެ ސްޓޯރޭޖް މަޝްރޫއު ނިންމުމުގެ މަސައްކަތް ފަށައިފި

109 ދުވަސް ކުރިން - 19:30

މިހާތަނަށް އެންމެ ގިނަ ފައިސާ ބެހި ފަހަރު: ފިތުރު ޒަކާތުގެ ގޮތުގައި ބޮލަކަށް 6,000 ރުފިޔާ

ފިތުރު ޒަކާތުގެ ގޮތުގައި ބޮލަކަށް 6,000 ރުފިޔާ

117 ދުވަސް ކުރިން - 14:39