Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ކައުންސިލް އިންތިހާބަށް ރީ-ރަޖިސްޓަރީ ވުމުގެ ފުރުސަތު މާދަމާ ހުޅުވާލަނީ

ކައުންސިލް އިންތިހާބަށް ރީ-ރަޖިސްޓަރީ ވުމުގެ ފުރުސަތު މާދަމާ ހުޅުވާލަނީ

އައިޝަތު ރުވާ ރިފްޢަތު
121 ދުވަސް ކުރިން - 9 ފެބްރުއަރީ 2026 23:09
'މައި ޕޯޓަލް'---
'މައި ޕޯޓަލް'---
ޚުލާސާ

އިންތިހާބަށް ރީ-ރަޖިސްޓަރީ ވުމުގެ ފުރުސަތު ހުޅުވާލަނީ މާދަމާ ހެނދުނު 10:00 އިން ފެށިގެން މިމަހުގެ 16 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 3:00 ގެ ނިޔަލަށް.

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި، މިހާރު ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލާން ބޭނުންވާ ފަރާތްތަކަށް ރީ-ރަޖިސްޓަރީ ވުމުގެ ފުރުސަތު މާދަމާ ހުޅުވާލުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނި ގޮތުގައި، 2026 ވަނަ އަހަރުގެ އެޕްރީލް މަހުގެ 4 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި އިންތިހާބަށް ރީ-ރަޖިސްޓަރީ ވުމުގެ ފުރުސަތު ހުޅުވާލަނީ މާދަމާ ހެނދުނު 10:00 އިން ފެށިގެން މިމަހުގެ 16 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 3:00 ގެ ނިޔަލަށެވެ.

މި މުއްދަތުގައި ރީ-ރަޖިސްޓަރީ ވުމަށް އެދި ހުށަހަޅަން ޖެހޭނީ އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލާން ބޭނުންވާ ފަރާތްތައް އެކަނި ކަމަށް ކޮމިޝަނުން ބުންޏެވެ. އަދި މަޖިލިސް އިންތިޚާބުގައި ރިސޯޓު، ސިނާއީ ރަށްރަށް، ޖަލު ނުވަތަ ރާއްޖެއިން ބޭރުގައި ވޯޓުލާން ރަޖިސްޓަރީކުރި މީހުން، މި އިންތިޚާބުގައި ރަޖިސްޓަރީވެފައި އޮންނާނީ އެމީހެއްގެ ދާއިމީ އެޑްރެހަށް ކަމަށްވެސް ކޮމިޝަނުން ފާހަގަކުރި އެވެ.

Advertisement

Advertisement 1

ރީ-ރަޖިސްޓްރޭޝަން ކުރިއަށްދާނީ އިލެކްޝަންސް ކޮމިޝަނުގެ 'ރީ-ރަޖިސްޓްރޭޝަން ޕޯޓަލް' (form.elections.gov.mv) ނުވަތަ 'މައި ޕޯޓަލް' (my.elections.gov.mv) މެދުވެރިކޮށް އޮންލައިންކޮށެވެ. 'ރީ-ރަޖިސްޓްރޭޝަން ޕޯޓަލް' މެދުވެރިކޮށް ހުށަހަޅާއިރު ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއްގެ ކޮޕީއާއި ފޮޓޯ ބޭނުންވާނެ އެވެ. ނަމަވެސް، ވެރިފައިޑް އީފާސް އެކައުންޓަކުން 'މައި ޕޯޓަލް' މެދުވެރިކޮށް ހުށަހަޅާއިރު މި ލިޔުންތައް ހުށަހަޅާކަށް ނުޖެހޭނެ އެވެ.

އިތުރު މައުލޫމާތު ބޭނުންވާ ފަރާތްތަކަށް 1414 އަށް ގުޅުއްވައިގެން ނުވަތަ އިންތިހާބާބެހޭ މަރުކަޒަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވޭނެ އެވެ. މިހާރު ރަޖިސްޓަރީވެފައިވާ ތަން ބަލަން ބޭނުންނަމަ VR (space) ID Card Number ޖެއްސެވުމަށްފަހު 1414 އަށް އެސްއެމްއެސް ކޮށްގެން ނުވަތަ ކޮމިޝަނުގެ ވެބްސައިޓް މެދުވެރިކޮށް ބައްލަވާލެއްވޭނެކަަމަށްވެސް އެ ކޮމިޝަނުން ބުންޏެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ)ލޯކަލް ކައުންސިލް އިންތިޚާބުއެމްޑަބްލިއުއެސްސީ
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

7 ފޮށީގެ ތެރެއިން 4 ފޮށި ޕީއެންސީއަށް؛ ސޯބެ އިންތިހާބު ކާމިޔާބުކުރީ ހަނި ގޮތަކަށް

7 ފޮށިން 4 ފޮށި ޕީއެންސީއަށް؛ ސޯބެ އިންތިހާބު ކާމިޔާބުކުރީ ހަނިގޮތަކަަށް

4 ދުވަސް ކުރިން - 19:55

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ފަށައިފި: މިހާތަނަށް 530 މީހުން ވޯޓުލައިފި

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ފަށައިފި: މިހާތަނަށް 530 މީހުން ވޯޓުލައިފި

5 ދުވަސް ކުރިން - 10:25

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓުލުން މާދަމާ!

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓުލުން މާދަމާ!

6 ދުވަސް ކުރިން - 12:12

އެމްޑީޕީ ރޫޅާލަން ނަޝީދު ހެއްދެވި ޑިމޮކްރެޓްސް އިލެކްޝަނުން ރޫޅާލައިފި؛ ޔާމީނުގެ ޕީއެންއެފް ސަލާމަތްވީ ކިރިޔާ

އެމްޑީޕީ ރޫޅާލަން ނަޝީދު ހެއްދެވި ޑިމޮކްރެޓްސް އިލެކްޝަނުން އުވާލައިފި

7 ދުވަސް ކުރިން - 18:13

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނުގައި ވޯޓު ލެވޭ މީހުންގެ ފައިނަލް ލިސްޓު އާންމުކޮށްފި

ހިތަދޫ-އުތުރު ދާއިރާގެ ބައި-އިލެކްޝަނުގައި 4122 މީހުންނަށް ވޯޓުލެވޭނެ!

17 ދުވަސް ކުރިން - 14:14

އެމްޑަބްލިޔުއެސްސީގެ ޗެއަރމަންގެ މަޤާމުން ޝަމްހޫޒާ ވަކިކޮށްފި

އެމްޑަބްލިޔުއެސްސީގެ ޗެއަރމަން ޝަމްހޫޒާ ވަކިކޮށްފި

25 ދުވަސް ކުރިން - 13:49