Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އިންތިހާބުގެ އޮބްޒާވަރުންނާއި މޮނިޓަރުންނަށް ވުމުގެ ފުރުސަތު ހުޅުވާލައިފި

އިންތިހާބުގެ އޮބްޒާވަރުންނާއި މޮނިޓަރުންނަށް ވުމުގެ ފުރުސަތު ހުޅުވާލައިފި

އައިޝަތު ރުވާ ރިފްޢަތު
166 ދުވަސް ކުރިން - 9 ފެބްރުއަރީ 2026 23:06
އިންތިހާބެއްގެ ވޯޓު އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ގުނަނީ---
އިންތިހާބެއްގެ ވޯޓު އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ގުނަނީ---
ޚުލާސާ

މިކަމަށް އެދި ހުށަހަޅާ ފޯމުތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ކޮމިޝަންގެ 'މައި އިލެކްޝަންސް' (my.elections.gov.mv) ޕޯޓަލް މެދުވެރިކޮށް.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ ވޯޓު ނެގުމާއި ވޯޓު ގުނުމުގެ ކަންތައްތައް އޮބްޒާވްކުރުމާއި މޮނިޓަރަކަށް ވުމަށް އެދި ހުށަހެޅުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން މިއަދު ހުޅުވާލައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނި ގޮތުގައި، އޮބްޒާވަރުންނާއި މޮނިޓަރުންނަށް ވުމަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ ފެބްރުއަރީ މަހުގެ 28 ވާ ހޮނިހިރު ދުވަހުގެ މެންދުރުފަހު 15:00 އެވެ. މިކަމަށް އެދި ހުށަހަޅާ ފޯމުތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ އެ ކޮމިޝަންގެ 'މައި އިލެކްޝަންސް' (my.elections.gov.mv) ޕޯޓަލް މެދުވެރިކޮށެވެ.

މި ފުރުސަތުގައި އަމިއްލަ ގޮތުން ނުވަތަ ޖަމިއްޔާތަކުން އޮބްޒާވަރުންނާއި މޮނިޓަރުންނަށް ވުމަށް ހުށަހަޅާ ފަރާތްތަކަކީ އެއްވެސް ސިޔާސީ ޕާޓީއެއްގެ ދަފުތަރުގައި ހިމެނޭ ފަރާތްތަކަކަށް ވެގެން ނުވާނެ އެވެ. ނަމަވެސް، ސިޔާސީ ޕާޓީތަކުން އޮބްޒާވަރުން ހުށަހަޅާނަމަ، އެކަމަށް ހާއްސަކޮށްފައިވާ "ސިމެދަ ޕޯޓަލް" މެދުވެރިކޮށް ހުށަހެޅޭނެއެވެ. އޮބްޒާވަރުންގެ ފަރާތުން ސުލޫކީ މިންގަނޑަށް އިގުރާރުވުމުގެ ކަންކަންވެސް ކުރިއަށްދާނީ 'މައި އިލެކްޝަންސް' ޕޯޓަލް މެދުވެރިކޮށެވެ.

Advertisement

Advertisement 1

މީޑިއާތަކުން މޮނިޓަރުންގެ ގޮތުގައި ކުރިމަތިލާއިރު، ހަރަކާތްތެރިވާނެ ފަރާތްތަކުގެ މައުލޫމާތުގެ އިތުރުން، އެ މީޑިއާއެއްގެ ރަޖިސްޓްރީ ލައިސަންސްގެ މައުލޫމާތު ހުށަހަޅަންޖެހެ އެވެ.

އޮބްޒާވަރުންނާއި މޮނިޓަރުން ހުށަހެޅޭނެ އަދަދުތަކާ ގުޅޭގޮތުން އިލެކްޝަނުން ބުނީ، މީޑިއާތަކަށް މޮނިޓަރުންގެ ގޮތުގައި ހިމެނޭނީ ބަހައްޓާ ވޯޓު ފޮށީގެ އަދަދަށް ކަމަށެވެ. އެއީ 621 މޮނިޓަރުންނެވެ. އަދި ޕާޓީތަކާއި ޖަމިއްޔާތަކުން ހުށަހަޅާ އޮބްޒާވަރުންގެ އަދަދު، ވޯޓު ފޮށީގެ އަދަދަށްވުރެ %10 އިތުރުވެގެން ނުވާނެކަމަށް ވާއިރު އެއީ ގިނަވެގެން 683 ފަރާތްކަމަށް އިލެކްޝަނުން ބުންޏެވެ.

އޮބްޒާވަރުންނާއި މޮނިޓަރުންގެ ގޮތުގައި ހަމަޖެހޭ ފަރާތްތަކަށް އެކަން އެސްއެމްއެސް އަދި ޕޯޓަލް މެދުވެރިކޮށް އަންގާނެ އެވެ. އަދި އިންތިހާބުގެ ކަންކަމުގައި ހަރަކާތްތެރިވުމަށް ބޭނުންވާ ފާސްވެސް ޕޯޓަލް މެދުވެރިކޮށް ޑައުންލޯޑް ކުރެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ފާހަގަކުރި އެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ)ލޯކަލް ކައުންސިލް އިންތިޚާބުއެމްޑަބްލިއުއެސްސީ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އެމްޑީޕީން މާލީ ބަޔާން ހުށަނޭޅުމުން ޖޫރިމަނާ ކޮށްފި

އެމްޑީޕީން މާލީ ބަޔާން ހުށަނޭޅުމުން ޖޫރިމަނާ ކޮށްފި

4 ދުވަސް ކުރިން - 12:49

އިލެކްޝަންސް ކޮމިޝަންގެ ރައީސްގެ މަގާމަށް މުހައްމަދު ޝަކީލް އައްޔަނުކުރައްވައިފި

އިލެކްޝަންސް ކޮމިޝަންގެ ރައީސްގެ މަގާމަށް މުހައްމަދު ޝަކީލް އައްޔަނުކުރައްވައިފި

24 ދުވަސް ކުރިން - 20:59

ވޯޓުން އެއްވަރުވެ ދެވަނަ ފަހަރަށް ވޯޓުލައިގެން 80 ވޯޓުގެ ފަރަގަކުން ޕީއެންސީން މީދޫ ރައީސް ގޮނޑި ކާމިޔާބުކޮށްފި

ދ. މީދޫ ކައުންސިލްގެ ރައީސްގެ ގޮނޑި ޕީއެންސީން ކާމިޔާބުކޮށްފި

42 ދުވަސް ކުރިން - 19:24

މީދޫ ކައުންސިލްގެ ރައީސް ހޮވުމުގެ އިންތިހާބު: %73 އަށްވުރެ ގިނަ މީހުން ވޯޓުލައިފި

މީދޫ އިންތިހާބުގައި %73 އަށްވުރެ ގިނަ މީހުން ވޯޓުލައިފި

43 ދުވަސް ކުރިން - 14:19

ދ. މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް ބާއްވާ ދެވަނަ ބުރުގެ ވޯޓުލުން ފަށައިފި

މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް ބާއްވާ ދެވަނަ ބުރުގެ ވޯޓުލުން ފަށައިފި

43 ދުވަސް ކުރިން - 11:24

7 ފޮށީގެ ތެރެއިން 4 ފޮށި ޕީއެންސީއަށް؛ ސޯބެ އިންތިހާބު ކާމިޔާބުކުރީ ހަނި ގޮތަކަށް

7 ފޮށިން 4 ފޮށި ޕީއެންސީއަށް؛ ސޯބެ އިންތިހާބު ކާމިޔާބުކުރީ ހަނިގޮތަކަަށް

49 ދުވަސް ކުރިން - 19:55