އިސްރާއީލާއި އެމެރިކާއަށް ޖާސޫސް ކޮށްދޭތީވެ އީރާނުގެ ކުރީގެ އިސްވެރިންތަކެއް ތެހެރާނުން އިއްޔެ ހައްޔަރު ކޮށްފިއެވެ. ހައްޔަރުކުރި މީހުންގެ ތެރޭގައި ކުރީގެ ޚާރިޖީ ވަޒީރުގެ ނައިބު މުހުސިން އަމީންޒާދޭ އާއި އީރާނުގެ ރިފޯމް ފްރަންޓްގެ ވެރިޔާ އަޒާރު މަންސޫރީ އާއި ކުރީގެ މަޖިލިސް މެމްބަރެއް ކަމަށްވާ އިބްރާހިމް އަސްޣަރުޒާދޭ އާއި އިތުރު މީހަކު ހިމެނެއެވެ.
އީރާނުގެ މީޑިއާތަކުން ބުނީ 4 މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ. ނަމަވެސް ހަތަރުވަނަ މީހާގެ ނަމެއް މިހާތަނަށް ހާމަ ކޮށްފައި ނުވާ ކަމަށް އީރާނުގެ މީޑިއާތަކުން ބުނެއެވެ.
މި މީހުން ހައްޔަރު ކޮށްފައި މި ވަނީ ސަރަހައްދީ ފިތުނަތައް އިތުރުވެ، އިސްރާއީލާއި އެމެރިކާއިން ހަނގުރާމައެއްގެ އިންޒާރުތަކެއް ދީފައިވާ ދަނޑިވަޅެއްގަ އެވެ.
އީރާނުގެ ރިފޯމް ފްރަންޓުން ބުނީ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ)ގެ ޖާސޫސީ ބާރުތަކުން މަންސޫރީ ހައްޔަރުކުރީ ސިޔާސީ ބޭނު ބޭނުމެއްގައި އިތުރު އެހެން ބޭފުޅުންނާއި ސުވާލުކުރުމަށް ޗިޓް ފޮނުވާފައިވާ ކަމަށެވެ.










