އިސްރާއީލް މީހުން އިޓަލީ އިން ބޭރުކުރުމަށް ގޮވާލައި އިޓަލީގައި ރޭ ބޮޑެތި ހަމަނުޖެހުން ހިންގައިފި

ހުސައިން އިސްމާއިލް | 15 ގަޑިއިރު ކުރިން - 9 ފެބްރުއަރީ 2026 11:44
ޔަހޫދީ އެތުލީޓުން އިޓަލީ އިން ބޭރުކުރުމަށް ގޮވާލައި ރޭ މިލާނުގައި ކުރިޔަށްދިޔަ ހަމަނުހެޖުންތަކުގައި ސަލާމަތީ ބާރުތަކުން ޢާންމުންނަށް ޙަމަލާ ދެނީ. / ފޮޓޯ: ބީބީސީ
ޔަހޫދީ އެތުލީޓުން އިޓަލީ އިން ބޭރުކުރުމަށް ގޮވާލައި ރޭ މިލާނުގައި ކުރިޔަށްދިޔަ ހަމަނުހެޖުންތަކުގައި ސަލާމަތީ ބާރުތަކުން ޢާންމުންނަށް ޙަމަލާ ދެނީ. / ފޮޓޯ: ބީބީސީ
ޚުލާސާ

ވިންޓާ އޮލިމްޕިކްސް ގައި އިޓަލީ އަށް ގޮސް ތިބި އިސްރާއީލުގެ އެތުލީޓީންނާއި އޮފިޝަލުން ބޭރުކުރުމަށް ގޮވާލައި ރޭ އިޓަކީގެ މަގުތަކުގައި ބޮޑެތި ހަމަނުޖެހުންތައް ހިންގައިފި

ފަލަސްޠީނުގެ ކުޑަކުދިންނާއި އަންހެނުން ޤަތުލުކުރަމުންދާ އިސްރާއީލުން ވިންޓާ އޮލިމްޕިކްސްގައި ކުޅެވޭތީވެ، އެކަމާއި ދެކޮޅަށް ރޭ އިޓަލީގެ މިލާނުގައި ބޮޑެތި ހަމަނުޖެހުންތަކެއް ހިނގައިފިއެވެ.

ސްކޫލް ޔުނިވާސިޓީތަކާއި ދަރިވަރުންގެ އެކިއެކި ޖަމިއްޔާތައް ގުޅިގެން ރޭ މިލާނުގެ މަގުތަކަށް އެއްވެ، އިސްރާއީލާއި ދެކޮޅަށް އަޑު އުފުލައި، ޔަހޫދީ ސަރުކާރުން ފޮނުވި ޓީމު ވަގުތުންވަގުތަށް އިޓަލީގެ ފަސްގަނޑުން ބޭރު ކުރުމަށް ވެސް ގޮވައިލިއެވެ.

ވިންޓާ އޮލިމްޕިކްސް 2026 ރަސްމީކޮށް ފެށީ މި މަހުގެ ހަވަނަ ދުވަހުގައެވެ. މި މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުގައި 90 އަށް ވުރެ ގިނަ ގައުމު ބައިވެރިވާއިރު، ގާތްގަނޑަކަށް 2،900 އެތުލީޓުން (116 އަށް ވުރެ ގިނަ އިވެންޓްގައި) ވާދަކުރެއެވެ.

އިސްރާއީލުގެ 9 އެތުލީޓުން މިލާނުގައި އެބަތިއްބެވެ.

Ad
Ad
TelegramTwitterYoutubeTiktokViberFacebookInstagram

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%