Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ކޯޓުތަކުގެ ބެކްލޮގު ނައްތާލުމަށް ހާއްސަ ޓާސްކުފޯހެއް އުފައްދަނީ

ކޯޓުތަކުގެ ބެކްލޮގު ނައްތާލުމަށް ހާއްސަ ޓާސްކުފޯހެއް އުފައްދަނީ

މަރްޔަމް މާޙީ
212 ދުވަސް ކުރިން - 9 ފެބްރުއަރީ 2026 10:58
ގަޟާއީ އަހަރު 2026 ފެއްޓެވުމުގެ ރަސްމިއްޔާތުގައި ޑރ މުހައްމަދު މުއިއްޒު އާއި އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު--- ފޮޓޯ: ރައީސް އޮފީސް
ގަޟާއީ އަހަރު 2026 ފެއްޓެވުމުގެ ރަސްމިއްޔާތުގައި ޑރ މުހައްމަދު މުއިއްޒު އާއި އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު--- ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

އެއް އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ މައްސަލަތައް ބަލައި ނިންމުމަށް ހާއްސަ ޓާސްކުފޯހެއް އެކުލަވައިލަން ނިންމާފައިވާކަން އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު ހާމަކުރައްވައިފިއެވެ.

ރާއްޖޭގެ ކޯޓުތަކުގެ ބެކްލޮގު ނައްތާލުމަށް ހާއްސަ ޓާސްކުފޯހެއް އެކުލަވައިލަން ނިންމައިފައިވާކަން އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު ރޭ ހާމަކުރައްވައިފި އެވެ.

އުއްތަމަ ފަނޑިޔާރު މިކަން ހާމަކުރައްވާފައިވަނީ ގަޟާއީ އަހަރު 2026 އިފްތިތާހު ކުރުމާށް ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

އެ ރަސްމިއްޔާތުގައި އުއްތަމަ ފަނޑިޔާރު ވިދާޅުވީ ރާއްޖޭގެ ކޯޓުތަކުގައި އެއް އަހަރަށް ވުރެ ގިނަ ދުވަސްވެފައިހުރި 13,032 މައްސަލައެއް އެބަހުރި ކަމަށާއި, މި ބެކްލޮގު ނައްތާލުމަށް ޓަކައި ހާއްސަ ޓާސްކުފޯހެއް މިއަންނަ އަންގާރަ ދުވަހު އެކުލަވާލާނެ ކަމަށެވެ.

Advertisement

Advertisement 1

މީގެ އިތުރުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ މި އަހަރު އަލަށް ހުށަހެޅޭނެ ކަމަށް ބެލެވޭ 21,000 އަށް ވުރެ ގިނަ މައްސަލައަށް ހުރަސް ނޭޅި, ބެކްލޮގް ނައްތާލުމުގެ މަސައްކަތް ކުރަންޖެހޭނެ ކަމަށާއި, ރާބައްޓަން ކުރައްވާނެ ކަމަށެވެ. އަދި މި މަސައްކަތުގެ ސަބަބުން ވާނުވާ ބަންދުގައި ތިބޭ މީހުންގެ މައްސަލަތަކަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށްވެސް ވިދާޅުވި އެވެ.

މީގެ އިތުރުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ މި އަހަރު ނިމިގެންދާއިރު, ރާއްޖޭގެ ޝަރުއީ ދާއިރާއަކީ ބެކްލޮގުން ސަލާމަތްވެފައިވާ ޒިންމާދާރު ދާއިރާާއެއްކަމުގައި ހަދާނެކަމަށެވެ. އަދި މިކަމުގެ ސަބަބުން އިންސާފު ނުލިބި ލަސްވާލަސްވުން ނިމުމަކަށް އަންނާނެކަން ވެސް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފަ އެވެ.

މި ރަސްމިއްޔާތުގައި، ޝަރުއީ ދާއިރާއަށް ގިނަ ދުވަހު ހިދުމަތް ކުރެއްވި ފަނޑިޔާރުންނާއި، މުވައްޒަފުންގެ އަގު ވަޒަންކުރުމުގެ ގޮތުން ހަނދާނީފިލާ ވެސް ވަނީ ހަވާލުކޮށްފަ އެވެ. މި ފިލާ އެފަރާތްތަކާ ހަވާލުކޮށް ދެއްވާފައިވަނީ، ރައީސް ޑރ މުހައްމަދު މުއިއްޒު އެވެ. މީގެ އިތުރުން، ޝަރުއީ ދާއިރާއަށް އެކިގޮތްގޮތުން އެހީތެރިވެ ދެއްވާފައިވާ ހަތް ބޭފުޅަކަށް އެކަމުގެ އަގު ވަޒަންކުރުމުގެ ގޮތުން ހަނދާނީފިލާ ހަވާލުކޮށްފައި ވެއެވެ. މި ފިލާ އެފަރާތްތަކާ ހަވާލުކޮށް ދެއްވާފައިވަނީ، އުއްތަމަ ފަނޑިޔާރު, އަބްދުލްޣަނީ މުހައްމަދު އެވެ.

އުއްތަމަ ފަނޑިޔާރުކްރިމިނަލް ކޯޓުސުޕްރީމް ކޯޓުފެމިލީ ކޯޓުޝަރުޢީ ދާއިރާ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ހައިކޯޓުގެ ފަނޑިޔާރު އިބްރާހިމް މާހިރު ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރައްވައިފި

ހައިކޯޓުގެ ފަނޑިޔާރު އިބްރާހިމް މާހިރު ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރައްވައިފި

3 ދުވަސް ކުރިން - 16:18

މާލޭގެ ފިހާރައަކުން ގިނަ އަދަދެއްގެ ފައިސާއާއި ފޯނެއް ވަގަށް ނަގައިގެން ފުރަން އުޅުނު ލަންކާ ރައްޔިތަކު ހައްޔަރުކޮށްފި

ފިހާރައަކުން ވަގަށް ނަގައިގެން ފުރަން އުޅުނު ލަންކާ ރައްޔިތަކު ހައްޔަރުކޮށްފި

6 ދުވަސް ކުރިން - 15:41

ވާނުވާ ބަންދުގައި ތިބޭ މީހުންގެ އަދަދު އެންމެ މަދު ގައުމަކަށް ރާއްޖެ ހަދަން ނިންމައިފި

ވާނުވާ ބަންދު އެންމެ މަދު ގައުމަކަށް ރާއްޖެ ހަދަނީ

21 ދުވަސް ކުރިން - 15:17

ކްރިމިނަލް ކޯޓަށް 3 ފަނޑިޔާރުން ހަމަޖައްސަވައިފި

ކްރިމިނަލް ކޯޓަށް 3 ފަނޑިޔާރުން ހަމަޖައްސަވައިފި

30 ދުވަސް ކުރިން - 08:57

ވެއިޓަރު މަރާލި މައްސަލަ: ކައްކާގެ މައްޗަށް ކުށް ސާބިތުވެއްޖެ

ވެއިޓަރު މަރާލި މައްސަލަ: ކައްކާގެ މައްޗަށް ކުށް ސާބިތުވެއްޖެ

52 ދުވަސް ކުރިން - 19:54

1.5 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގެ ތުހުމަތުގައި ރޫނާ ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ރޫނާ ޝަރީއަތް ނިމެންދެން ބަންދުކޮށްފި

53 ދުވަސް ކުރިން - 18:42