Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާ އާއި ރަޝިއާއިން

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާ އާއި ރަޝިއާއިން

އައިޝަތު ރުވާ ރިފްޢަތު
212 ދުވަސް ކުރިން - 8 ފެބްރުއަރީ 2026 21:10
ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންތަކެއް ވެލާނާ އެއާޕޯޓުގައި. / ފޮޓޯ: ޚުލާސާ
ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންތަކެއް ވެލާނާ އެއާޕޯޓުގައި. / ފޮޓޯ: ޚުލާސާ
ޚުލާސާ

މިއަހަރުގެ މިހާތަނަށް ޖުމްލަ 270،706 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވާއިރު މިދިޔަ އަހަރު މި މުއްދަތުގައި ޒިޔާރަތްކޮށްފައިވަނީ 243،918 ފަތުރުވެރިން.

މިއަހަރުގެ މިހާތަނަށް ދިވެހިރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ޗައިނާ އަދި ރަޝިއާއިން ކަމަށް މިނިސްޓްރީ އޮފް ޓޫރިޒަމްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަދު އާންމުކޮށްފައިވާ ރިޕޯޓަށް ބަލާއިރު، ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓުގެ އެއްވަނައިގައި އޮތީ ޗައިނާއެވެ. އަދި ދެވަނައިގައި ރަޝިއާ އޮތްއިރު، ތިންވަނައިގައި އޮތީ އިނގިރޭސިވިލާތެވެ. މީގެ އިތުރުން އިޓަލީ، ޖަރުމަނުވިލާތް އަދި އިންޑިއާއަކީވެސް ރާއްޖެއަށް ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރާ ގައުމުތަކުގެ ގޮތުގައި ވަނީ ފާހަގަކުރެވިފައެވެ.

އެގޮތުން ޗައިނާއިން މިހާތަނަށް 35،123 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، ރަޝިއާއިން 35،112 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ. އަދި އިޓަލީ އިން 28،676 ފަތުރުވެރިން ޒިޔާރަތްކުރިއިރު ހަތަރު ވަނައިގައި އޮތް އިނގިރޭސީވިލާތުން ޒިޔާރަތްކޮށްފައިވަނީ 26،285 ފަތުރުވެރިންނެވެ. ޖަރުމަންވިލާތު ފަސް ވަނައިގައި އޮތީ 17،390 ފަތުރުވެރިން ޒިޔާރަތްކޮށްގެނެވެ.

Advertisement

Advertisement 1

ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ކުރަމުންދާ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ޖުމްލަ އަދަދު ވަނީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު އިތުރުވެފައެވެ. މިއަހަރުގެ މިހާތަނަށް ޖުމްލަ 270،706 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވާއިރު މިދިޔަ އަހަރު މި މުއްދަތުގައި ޒިޔާރަތްކޮށްފައިވަނީ 243،918 ފަތުރުވެރިންނެވެ.

ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ ފަތުރުވެރިކަން އާ މާކެޓްތަކަށް ފުޅާކޮށް، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އަހަރަކަށްވުރެ އަހަރެއް އިތުރުކުރުމެވެ. މި މަސައްކަތުގައި ޓޫރިޒަމް މިނިސްޓްރީއާއި އެމް.އެމް.ޕީ.އާރު.ސީ އިން ދަނީ ގުޅިގެން ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ. ޓޫރިޒަމް މިނިސްޓްރީން އަންދާޒާކުރަނީ މިއަހަރުގެ ނިޔަލަށް 2.2 މިލިއަން ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކުރުމެވެ. މިދިޔަ އަހަރު ޒިޔާރަތްކޮށްފައިވަނީ ދެ މިލިއަން ފަތުރުވެރިންނެވެ.

ފަތުރުވެރިކަންޗައިނާރަޝިއާ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ރަޝިޔާއަށް ދިން ޑްރޯން ހަމަލާއެއްގައި 4 މީހުން މަރުވެ 29 މީހުން ޒަހަމްވެއްޖެ

ރަޝިޔާއަށް ދިން ޑްރޯން ހަމަލާއެއްގައި 4 މީހުން މަރުވެ ގިނަބަޔަކު ޒަހަމްވެއްޖެ

3 ގަޑިއިރު ކުރިން - 13:34

ރަޝިޔާއާއި ނޯތު ކޮރެއާ ދެމެދު މުދަލާއި ދަތުރުވެރިން އުފުލާނެ އާ ބުރިޖެއް ހުޅުވައިފި

ރަޝިޔާއާއި ނޯތު ކޮރެއާ ދެމެދު މުދަލާއި ދަތުރުވެރިން އުފުލާނެ ބުރިޖެއް ހުޅުވައިފި

1 ދުވަސް ކުރިން - 13:24

ހުރިހާ ރައްޔިތުން ރިސޯޓު ހިއްސާދާރުންނަށް ހަދާ ޕްރޮޖެކްޓް ނޮވެމްބަރުގައި ފަށަނީ

ހުރިހާ ރައްޔިތުން ރިސޯޓު ހިއްސާދާރުންނަށް ހަދާ ޕްރޮޖެކްޓް ނޮވެމްބަރުގައި ފަށަނީ

1 ދުވަސް ކުރިން - 19:54

“ލޮޖިސްޓިކްސް ކުންފުނިތަކުގެ ނަމުގައި ރާއްޖޭގައި ސިއްރުން އޯޓީއޭ އެބަ ހިންގާ!”

“ލޮޖިސްޓިކްސް ކުންފުނިތަކުގެ ނަމުގައި ރާއްޖޭގައި ސިއްރުން އޯޓީއޭ އެބަ ހިންގާ!”

4 ދުވަސް ކުރިން - 12:32

މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 1.46 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި

މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 1.46 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި

5 ދުވަސް ކުރިން - 13:10

އޭޝިއާ-ޕެސިފިކް މީޑިއާ ސަމިޓްގެ ހަވާސާ ހަރަކާތްތައް ޗައިނާގައި ފަށައިފި

އޭޝިއާ-ޕެސިފިކް މީޑިއާ ސަމިޓްގެ ހަވާސާ ހަރަކާތްތައް ޗައިނާގައި ފަށައިފި

5 ދުވަސް ކުރިން - 10:15