Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ސީރިއާއަށް ދަތުރުކުރުމުގެ ހުއްދަ ދިވެހިންނަށް ދީ، ޓެރަރިސްޓު ޖަމާއަތްތަކުގެ ލިސްޓުން އެޗްޓީއެސް އުނިކޮށްފި

ސީރިއާއަށް ދަތުރުކުރުމުގެ ހުއްދަ ދިވެހިންނަށް ދީ، ޓެރަރިސްޓު ޖަމާއަތްތަކުގެ ލިސްޓުން އެޗްޓީއެސް އުނިކޮށްފި

މުޙައްމަދު ޖިނާން ހުސައިން ޖަބީން
159 ދުވަސް ކުރިން - 8 ފެބްރުއަރީ 2026 15:53
ދަމަސްކަސް އިންޓަނޭޝަނަލް އެއާޕޯޓް--
ދަމަސްކަސް އިންޓަނޭޝަނަލް އެއާޕޯޓް--
ޚުލާސާ

އެޗްޓީއެސްއަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް ކަނޑައަޅައި، 2019 ވަނަ އަހަރުން ފެށިގެން ދިވެހިން ސީރިއާއަށް ދަތުރުކުރުން އޮންނަނީ މަނާކޮށްފައި

ރާއްޖެއިން ގަބޫލުކުރާ ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓުން ސީރިއާގައި ވެރިކަންކުރާ ހަޔާތު ތަހްރީރު އަލް ޝާމް (އެޗްޓީއެސް)ގެ ނަން އުނިކޮށް، ދިވެހިންނަށް ސީރިއާއަށް ދަތުރުކުރުމުގެ ހުއްދަ ދީފި އެވެ.

ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން، ކޮންމެ އަހަރަކު އެއްފަހަރު ރާއްޖެއިން ގަބޫލުކުރާ ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓާއި، ދިވެހިން ދަތުރުކުރުން މަނާވާ ހަނގުރާމަވެރި ސަރަހައްދުތަކުގެ ލިސްޓެއް އެކުލަވާލަންޖެހެ އެވެ. އެގޮތުން އެޗްޓީއެސްއަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް ކަނޑައަޅައި، 2019 ވަނަ އަހަރުން ފެށިގެން ދިވެހިން ސީރިއާއަށް ދަތުރުކުރުން އޮންނަނީ މަނާކޮށްފަ އެވެ.

އެޗްޓީއެސްއިން ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލްއައްސަދުގެ ވެރިކަން ވައްޓާލި ފަހުން މިދިޔަ އަހަރު ރާއްޖެއިން ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓް އެކުލަވާލިއިރު ވެސް އެ ޖަމާއަތުގެ ނަން އޮތްކަން ފާހަގަކޮށްލެވެ އެވެ. އެޗްޓީއެސްގެ ނަން ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓުން ރާއްޖެއިން އުނިކޮށްފައި މިވަނީ ދުނިޔޭގެ ނުފޫޒުގަދަ ގިނަ ގައުމުތަކަކުން، އެ ޖަމާއަތް ބަލައިގަންނަމުންދާ ދަނޑިވަޅެއްގަ އެވެ.

Advertisement

Advertisement 1

ރައީސް އޮފީހުން މިދިޔަ ބުރާސްފަތި ދުވަހު ވަނީ އެ ލިސްޓު އަލުން އެކުލަވާލައި ސަރުކާރުގެ ގެޒެޓްގައި ޝާއިއުކޮށްފަ އެވެ. މި ލިސްޓު ގައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ އިރުޝާދުގެ ދަށުން ބަލަހައްޓަނީ އެމްއެންޑީއެފްއިންނެވެ.

ހަޔާތު ތަހްރީރު އަލް ޝާމް (އެޗްޓީއެސް) އަކީ ސީރިއާގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާއަތެކެވެ. ސީރިއާގައި މިހާރު ވެރިކަންކުރަމުން އަންނަނީ މި ޖަމާއަތުންނެވެ. އެޗްޓީއެސްއިން ސީރިއާގެ ވެރިކަމާ ހަވާލުވެފައިވަނީ، 2024 ވަނަ އަހަރު އެ ގައުމުގެ ކުރީގެ ރައީސް ބައްޝާރުލްއައްސަދުގެ ވެރިކަން ވައްޓައިލުމަށްފަހުގަ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީސްއެމްއެންޑީއެފްޓެރަރިޒަމް
Ad
Ad

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ސިފައިންގެ ދެބެޗެއްގެ އަސާސީ ތަމްރީން ކޯސް ނިންމި 255 ދަރިވަރުން ހުވާކޮށްފި

ސިފައިންގެ ދެބެޗެއްގެ އަސާސީ ތަމްރީން ކޯސް ނިންމި 255 ދަރިވަރުން ހުވާކޮށްފި

21 ގަޑިއިރު ކުރިން - 20:18

އައްޑޫ ހަންކެޑެ ތަރައްގީކުރަން ސަރުކާރުގެ އައު ކުންފުންޏެއް އުފައްދަވައިފި

އައްޑޫ ހަންކެޑެ ތަރައްގީކުރަން ސަރުކާރުގެ އައު ކުންފުންޏެއް އުފައްދައިފި

22 ގަޑިއިރު ކުރިން - 19:57

ދިވެހި ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމު 66 ބޭފުޅަކަށް އެރުވުމަށް ނިންމައިފި

ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމު 66 ބޭފުޅަކަށް

2 ދުވަސް ކުރިން - 14:33

"ގްރޭޓާ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީސް" ރައީސުލްޖުމްހޫރިއްޔާ އުފައްދަވައިފި

"ގްރޭޓާ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީސް" ރައީސުލްޖުމްހޫރިއްޔާ އުފައްދަވައިފި

4 ދުވަސް ކުރިން - 18:50

ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމަށް ކުރިމަތިލުމުގެ ފުރުސަތު ޖުލައި 12 ގައި ހުޅުވާލަނީ

ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލަނީ

7 ދުވަސް ކުރިން - 17:02

ގިރިފުށީގެ ބިން ހިއްކުމާއި ބަނދަރު އަޕްގްރޭޑްކުރުމުގެ ބޮޑު މަޝްރޫއު ރަސްމީކޮށް އިފުތިތާހުކޮށްފި

ގިރިފުށީގެ ބިން ހިއްކުމާއި ބަނދަރު އަޕްގްރޭޑްކުރުމުގެ ބޮޑު މަޝްރޫއު ރަސްމީކޮށް އިފުތިތާހުކޮށްފި

26 ދުވަސް ކުރިން - 20:14