Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ބޮޑުތަކުރުފާނު މަގުގެ މަސައްކަތް ކުރިއަށްދާގޮތް ރައީސް ބައްލަވާލައްވައިފި

ބޮޑުތަކުރުފާނު މަގުގެ މަސައްކަތް ކުރިއަށްދާގޮތް ރައީސް ބައްލަވާލައްވައިފި

މުޙައްމަދު ޖިނާން ހުސައިން ޖަބީން
144 ދުވަސް ކުރިން - 8 ފެބްރުއަރީ 2026 14:09
ބޮޑުތަކުރުފާނު މަގުގެ މަސައްކަތް ކުރިއަށްދާ ގޮތް ރައީސް ބައްލަވާލައްވަނީ--- ފޮޓޯ: ރައިީސް އޮފީސް
ބޮޑުތަކުރުފާނު މަގުގެ މަސައްކަތް ކުރިއަށްދާ ގޮތް ރައީސް ބައްލަވާލައްވަނީ--- ފޮޓޯ: ރައިީސް އޮފީސް
ޚުލާސާ

އެ ސަރަހައްދަށް ރައީސް ވަޑައިގަތުމުން އެ މަނިކުފާނަށް މަރުހަބާ ދެންނެވީ ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް

ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަޝްރޫއުގެ މަސައްކަތްތައް ހިނގަމުންދާގޮތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބައްލަވާލައްވައިފި އެވެ.

މި މަޝްރޫއުގެ މަސައްކަތްތައް ހިނގަމުންދާގޮތް ބައްލަވާލެއްވުމަށް ބޮޑުތަކުރުފާނު މަގުގެ އުތުރު ފަރާތުން މަސްމާރުކޭޓު ސަރައްހައްދުގައި މަގު ތަރައްގީކުރުމަށް ކަނޑައަޅާފައިވާ ސައިޓަށް ވަޑައިގެން އެ މަނިކުފާނު ވަނީ އެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ކުރިއަށްގޮސްފައިވާ މިންވަރު ވަޒަންކުރައްވައިފަ އެވެ.

އެ ސަރަހައްދަށް ރައީސް ވަޑައިގަތުމުން އެ މަނިކުފާނަށް މަރުހަބާ ދެންނެވީ ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ.

Advertisement

Advertisement 1

ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން ދެވަނަ ސެގްމެންޓް ތަރައްގީކުރާނީ މަސްމާރުކޭޓުން ފެށިގެން ނޯތު ހާބަރު ނިމޭ ސަރަހައްދާއި ހަމައަށެވެ. ކުރިއަށް އޮތް ރަމަޟާން މަހުގެ ކުރިން މަގު ހެދުމުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް މި މަސައްކަތް ކުރިއަށްގެންދާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ވަނީ ހާމަކޮށްފަ އެވެ.

ބޮޑުތަކުރުފާނު މަގު، ތަރައްގީކުރުމުގެ މަސައްކަތް ނިމުމުން އެ މަގު ވެގެންދާނީ، ޒަމާނީ ފެންވަރަށް ތަރައްގީކުރެވިފައިވާ، ފެން ހިންދާ ނިޒާމާއިއެކު، ހަތަރު ލޭނަކަށް މަގު ފުޅާކުރެވި، އުޅަނދު ފަހަރަށާއި، ހިނގާބިނގާވެ އުޅޭ ފަރާތްތަކަށް ބޭނުންކުރަން ފަސޭހަ މަގަކަށެވެ.

މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ނުވަވަނަ ދުވަހު ފެށި މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 144 މިލިޔަން ރުފިޔާއަށެވެ. މި މަޝްރޫއުގެ ދަށުން ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ނޯތު ހާބަރާ ހަމައަށް ޖުމްލަ 1،088 މީޓަރުގެ ސަރަހައްދެއްގައި ތާރުއަޅައިގެން ތަރައްގީކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުބޮޑުތަކުރުފާނު މަގުއެމްޓީސީސީ
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ފެރިދޫ ބަނދަރު ތަރައްޤީކުރުމުގެ ބޮޑުބައެއް ނިންމާލައިފި

ފެރިދޫ ބަނދަރު ތަރައްޤީކުރުމުގެ ބޮޑުބައެއް ނިންމާލައިފި

17 ގަޑިއިރު ކުރިން - 10:22

ބޮޑުތަކުރުފާނު މަގުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ބާރުުސްޕީޑުގައި: ތާރު އެޅުމުގެ ތައްޔާރީތައް ފަށަނީ

ބޮޑުތަކުރުފާނު މަގުގެ ފުރަތަމަ ފިޔަވަހީގެ ތާރު އެޅުމުގެ ތައްޔާރީތައް ފަށަނީ

1 ދުވަސް ކުރިން - 21:38

ބޯހިޔާވަހިކަމުގެ އަމަލީ މަސައްކަތް އަންނަ މަހު ފަށަނީ؛ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ ހުވަފެން މި ދައުރުގައި ހަގީގަތަކަށް ވާނެ: ރައީސް

ރައްޔިތުންގެ ބޯހިޔާވަހިކަމުގެ ހުވަފެން މި ދައުރުގައި ހަގީގަތަކަށް ވާނެ: ރައީސް

3 ދުވަސް ކުރިން - 12:43

މި ދައުރުތެރޭ ހައުސިން މަޝްރޫއުތަކަށް ހައްގުވެރިންނަށް ވަދެވޭނެ: ރައީސް

މި ދައުރުތެރޭ ހައުސިން މަޝްރޫއުތަކަށް ހައްގުވެރިންނަށް ވަދެވޭނެ: ރައީސް

3 ދުވަސް ކުރިން - 12:43

އަލިފުށީ ހޮސްޕިޓަލާއި އެއާޕޯޓް އަންނަ އަހަރު ނިންމައި ހުޅުވާނެ: ރައީސް

އަލިފުށީ ހޮސްޕިޓަލާއި އެއާޕޯޓް އަންނަ އަހަރު ނިންމައި ހުޅުވާނެ: ރައީސް

3 ދުވަސް ކުރިން - 12:09

ތިލަމާލެ ބުރިޖުން ޓޯލް ފީ ނެގުމުގެ މަޝްވަރާއެއް ނުކުރޭ: ރައީސް

ތިލަމާލެ ބުރިޖުން ޓޯލް ފީ ނެގުމުގެ މަޝްވަރާއެއް ނުކުރޭ: ރައީސް

3 ދުވަސް ކުރިން - 10:44