އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އަކީ ގޭތެރޭގައި ވެސް ވަރަށް އަނިޔާވެރި މީހެއް ކަމަށާއި އޭނާގެ ދަރިފުޅު ޔާއިރު ނަތަންޔާހޫގެ ގައިގައި ތަޅައި އަނިޔާ ވެސް ކޮށްފައިވާ ކަމަށް، ނަތަންޔާހޫގެ ކުރީގެ ބޮޑުވަޒީރުގެ “ހެޑް އޮފް ޕްރައިމް މިނިސްޓަރުގެ ސެކިއުރިޓީ” އަމީ ޑްރޯރ ބުނެފިއެވެ.
ނަތަންޔާހޫގެ ޕާސަނަލް ސެކިއުރިޓީ ޑީޓެއިލް ލީޑް ކުރެއްވި އަމީ ޑްރޯރ ބުނީ ނަތަންޔާހޫ އޭނާގެ ދަރިފުޅުގެ ގައިގައި ތަޅައި އަނިޔާކުރީ ރަސްމީ ގެކޮޅުގެ ތެރޭގައި ކަމަށާއި، ދެފަރާތުން ޒުވާބުކޮށް އެއްޗެހި އުކައި، ތަކެތި ވެސް ހަލާކު ކޮށްފައިވާ ކަމަށާއި އެންމެ ފަހުން އެދެމީހުން މައިތިރި ކުރުވީ ސެކިއުރިޓީ މުވައްޒަފުން އައިސްގެންނެވެ.
އަމީ ޑްރޯރ އިތުރަށް ބުނީ، ނަތަންޔާހޫގެ ދަރިފުޅު ކުއްލިއަކަށް އެމެރިކާގެ މިއާމީ އަށް ބަދަލުވީ ވެސް ނަތަންޔާހޫގެ އަނިޔާވެރިކަމުގެ ސަބަބުން އެ ދެމީހުންނަށް އެކުގައި ނޫޅެވިގެންނެވެ.










