އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ސަރުކާރު ވައްޓާލައި، އެ ސަރުކާރު ބަދަލުކުރަން ޖެހޭ ކަމަށް އިދިކޮޅު "ދަ ޑިމޮކްރެޓްސް" ޕާޓީގެ ލީޑަރު ޔައިރް ގޯލާން ބުނެފިއެވރ.
އޭނާ މިހެން ބުނީ އިސްރާއީލުގެ މިހާރުގެ ހާލަތާ ގުޅޭގޮތުން މީސްމީޑިއާ ޕްލެޓްފޯމް 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައެވެ. ގޯލާން ބުނި ގޮތުގައި އިސްރާއީލުގެ ޑިމޮކްރަސީ އާއި ސަލާމަތާއި އަދި މުސްތަގްބަލު ރައްކާތެރިކުރުމަށްޓަކައި ވެރިކަމަށް މި ބަދަލު ގެނައުމަކީ ކޮންމެހެން ކުރަންޖެހިފައިވާ ކަމެކެވެ. އަދި މި ބަދަލު ގެނައުމަށްޓަކައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުމަށް އޭނާގެ ޕާޓީން ފުރިހަމައަށް ތައްޔާރަށް އޮތް ކަމަށްވެސް އޭނާ ހާމަކުރިއެވެ.
މީގެއިތުރުން، އިސްރާއީލުގެ އާ ސަރުކާރެއް އެކުލަވާލުމުގައި އެ ގައުމުގެ ހައްދުފަހަނައެޅި ދީނީ ފިކުރުގެ މީހުން ކަމަށްވާ "އަލްޓްރާ-އޯތޮޑޮކްސް" މުޖުތަމައުއާއެކު ބައިވެރިވެގެން މަސައްކަތް ކުރުމަށް ގޯލާން ވަނީ ގޮވާލާފައެވެ.
އޭނާ އިތުރަށް ފާހަގަކުރި ގޮތުގައި، އަލްޓްރާ-އޯތޮޑޮކްސް މީހުން އަސްކަރިއްޔާގެ ހިދުމަތަށް ނެރެން ޖެހެއެވެ. އަދި ހަމައެއާއެކު، އެމީހުން ވަޒީފާގެ ބާޒާރަށް ނެރެ ބައިވެރިކުރުން ފުޅާކުރުމާއި، އިސްރާއީލުގެ ކޮންމެ ކުއްޖަކަށްވެސް ފުދުންތެރި ދިރިއުޅުމެއް އުޅެވޭނެ ވަސީލަތްތައް ހޯދައިދިނުމަކީ މުހިންމު ކަމެއް ކަމަށް ބުނެޏެވެ.
ގޯލާންގެ ވާހަކަ ނިންމާލަމުން ވަނީ، ވެރިކަން ބަދަލުކޮށް އިސްލާހީ ސަރުކާރެއް އެކުލަވާލުމުގެ ހަގީގީ ޝައުގުވެރިކަމާއި އަޒުމް އޭނާގެ ކިބައިގައި އެބައޮތް ކަމަށް ބުނެ، އެކަމަށް ބާރުއަޅާފަވެ.



