Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ހައި ކޯޓާއި ކްރިމިނަލް ކޯޓަށް ފަނޑިޔާރުން އައްޔަންކޮށްފި

ހައި ކޯޓާއި ކްރިމިނަލް ކޯޓަށް ފަނޑިޔާރުން އައްޔަންކޮށްފި

އަހްމަދު އީޒާން
207 ދުވަސް ކުރިން - 8 ފެބްރުއަރީ 2026 10:04
ހައިކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރި އިސްމާއިލް ޝަފީއު (ކ) އަދި އަބްދުލްރައޫފު އިބްރާހީމް----
ހައިކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރި އިސްމާއިލް ޝަފީއު (ކ) އަދި އަބްދުލްރައޫފު އިބްރާހީމް----
ޚުލާސާ

ހައިކޯޓަށް ދެ ފަނޑިޔާރުން އަދި ކްރިމިނަލް ކޯޓަށް ފަނޑިޔާރެއް އައްޔަންކޮށް، އެބޭފުޅުން ވަނީ މަގާމުގެ ހުވާ މިއަދު ކުރައްވާފަ

ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަމަށް ދެ ބޭފުޅަކު އަދި ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަމަށް ބޭފުޅަކު އައްޔަންކޮށްފި އެވެ. 

ހައިކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރީ އަބްދުލްރައޫފު އިބްރާހީމް އާއި އިސްމާއިލް ޝަފީއު އެވެ. ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރެއްވީ އަހްމަދު ނިޔާޒު އެވެ. މި ބޭފުޅުން މަގާމުގެ ހުވައި ކުރެއްވުމުގެ ރަސްމިއްޔާތު އޮތީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައެވެ. މަގާމުގެ ހުވައި ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ހަމީދު އެވެ.

ހައިކޯޓަށް އައްޔަންކުރި އަބްދުލްރައޫފު އިބްރާހީމަކީ މީގެ ކުރިންވެސް ހައިކޯޓުގެ ފަނޑިޔާރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ 2011 އިން 2022 އަށް އެ ކޯޓުގެ ފަނޑިޔާރުކަން ކުރައްވާފަ އެވެ. އަލުން ހައިކޯޓަށް އައްޔަންކުރެވުނު އިރު އޭނާ ހުންނެވީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ސީނިއާ ލީގަލް ކައުންސެލްގެ މަގާމުގަ އެވެ. އަބްދުލްރައޫފަކީ ޝަރުއީ ދާއިރާގައި 16 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ.

Advertisement

Advertisement 1

ހައިކޯޓަށް ދެން އައްޔަންކުރެއްވި އިސްމާއިލް ޝަފީއު މީގެ ކުރިން ހުންނެވީ ކްރިމިނަލް ކޯޓުގެ ފަނޑިޔާރުގެ މަގާމުގަ އެވެ. އޭނާ ވަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓަރުގެ މަގާމުވެސް ފުރުއްވާފަ އެވެ. އިސްމާއިލް ޝަފީއު ވަނީ އިނގިރޭސިވިލާތުގެ ކާޑިފް ޔުނިވަސިޓީން ގާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލްކުރައްވާފަ އެވެ.

ކްރިމިނަލް ކޯޓަށް އައްޔަންކުރެއްވި އަހްމަދު ނިޔާޒަކީ ޝަރުއީ ދާއިރާގައި 12 އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ މި މަގާމަށް އައްޔަންކުރެވުނު އިރު ހުންނެވީ ލ. ކަލައިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓްގެ މަގާމުގަ އެވެ. އަހްމަދު ނިޔާޒު ވަނީ ވިލާ ކޮލެޖުން ގާނޫނީ ދާއިރާއިން ބެޗްލާ އޮފް ލޯ ހާސިލްކުރައްވާފަ އެވެ.

ހައިކޯޓުކްރިމިނަލް ކޯޓު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މާލޭގެ ފިހާރައަކުން ގިނަ އަދަދެއްގެ ފައިސާއާއި ފޯނެއް ވަގަށް ނަގައިގެން ފުރަން އުޅުނު ލަންކާ ރައްޔިތަކު ހައްޔަރުކޮށްފި

ފިހާރައަކުން ވަގަށް ނަގައިގެން ފުރަން އުޅުނު ލަންކާ ރައްޔިތަކު ހައްޔަރުކޮށްފި

9 ގަޑިއިރު ކުރިން - 15:41

ދަރިވަރުންނަށް ޖިންސީ ގޯނާ ކުރިކަން ސާބިތުވި އިސްލާމް މުދައްރިސަށް 15 އަހަރުގެ ޖަލު ހުކުމެއް

ޖިންސީ ގޯނާ ކުރި އިސްލާމް މުދައްރިސް 15 އަހަރަށް ޖަލަށް ލައިފި

14 ދުވަސް ކުރިން - 17:52

ވާނުވާ ބަންދުގައި ތިބޭ މީހުންގެ އަދަދު އެންމެ މަދު ގައުމަކަށް ރާއްޖެ ހަދަން ނިންމައިފި

ވާނުވާ ބަންދު އެންމެ މަދު ގައުމަކަށް ރާއްޖެ ހަދަނީ

15 ދުވަސް ކުރިން - 15:17

ކްރިމިނަލް ކޯޓަށް 3 ފަނޑިޔާރުން ހަމަޖައްސަވައިފި

ކްރިމިނަލް ކޯޓަށް 3 ފަނޑިޔާރުން ހަމަޖައްސަވައިފި

24 ދުވަސް ކުރިން - 08:57

ވެއިޓަރު މަރާލި މައްސަލަ: ކައްކާގެ މައްޗަށް ކުށް ސާބިތުވެއްޖެ

ވެއިޓަރު މަރާލި މައްސަލަ: ކައްކާގެ މައްޗަށް ކުށް ސާބިތުވެއްޖެ

47 ދުވަސް ކުރިން - 19:54

1.5 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގެ ތުހުމަތުގައި ރޫނާ ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ރޫނާ ޝަރީއަތް ނިމެންދެން ބަންދުކޮށްފި

47 ދުވަސް ކުރިން - 18:42