އީރާނަށް ޙަމަލާދިނުމާއި ގުޅޭގޮތުން މަޝްވަރާ ކުރުމަށް ނަތަންޔާހޫ އެމެރިކާއަށް ދަނީ

ހުސައިން އިސްމާއިލް | 4 ގަޑިއިރު ކުރިން - 7 ފެބްރުއަރީ 2026 23:20
ނަތަންޔާހޫ އެމެރިކާ އަށް ދިޔުމަށް ފްލައިޓަށް އަރަނީ (ފައިލް ފޮޓޯ)
ނަތަންޔާހޫ އެމެރިކާ އަށް ދިޔުމަށް ފްލައިޓަށް އަރަނީ (ފައިލް ފޮޓޯ)
ޚުލާސާ

ނަތަންޔާހޫގެ އޮފީހުން ބުނީ އަންނަ ބުދަ ދުވަހު ވޮޝިންޓަނުގައި އޭނާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ބައްދަލު ކުރާނެ ކަމަށް.

އީރާނަށް ޙަމަލާ ދިނުމާއި ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ހައްދުފަހަނަ އެޅި ޒަޔަނިސްޓު ބޮޑުވަޒީރު ބެމްޖަމިން ނަތަންޔާހޫ އެމެރިކާ އަށް ދިޔުމަށް ނިންމައިފިއެވެ. އޭނާ އެމެރިކާ އަށް ގޮސް އީރާނަށް ހަމަލާ ދިނުމަށް ޓްރަމްޕަށް ޕްރެޝަރު ކުރާނެ ކަމަށް ބެލެވޭ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ނަތަންޔާހޫގެ އޮފީހުން ބުނީ އަންނަ ބުދަ ދުވަހު ވޮޝިންޓަނުގައި އޭނާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ބައްދަލު ކުރާނެ ކަމަށެވެ.

އީރާނުގެ ބެލިސްޓިކް މިސައިލް ޕްރޮގުރާމާއި ގުޅިގެން ނަތަންޔާހޫ ވަރަށް ބޮޑަށް ކަންބޮޑު ވެއެވެ. އެހެންކަމުން އޭނާ ބޭނުން ވަނި އެ މިސައިލްތަކުގެ ރޭންޖު ވަކި މިންވަރެއްގައި ހިފެހެއްޓުމަށް ޓްރަމްޕް މެދުވެރުކޮށް އީރާނަށް މަޖުބޫރު ކުރުވުމެވެ.

އީރާނުން ކުރިން ވެސް ބުނެފައި ވަނީ މިސައިލް ޕްރޮގުރާމާއި ބެހޭ ގޮތުން އެމެރިކާ އާއި އެކު ކުރާނެ މަޝްވަރާ އެއް ނޯންނާނެ ކަމަށެވެ.

ހުކުރު ދުވަހު އެމެރިކާ އާއި އީރާނުން ވަނީ ތެހެރާންގެ ނިއުކްލިއާ ޕްރޮގްރާމާއި ގުޅޭ ގޮތުން ނުސީދާ މަޝްވަރާތަކެއް އޮމާންގައި ބާއްވާފައެވެ. ނަމަވެސް މި ބައްދަލުވުމުގައި ވަކި ކަމަކަށް އެއްބަސްވެފައިވާ ކަމެއް އެއްވެސް ޤައުމަކުން ހާމަކޮށްފައެއް ނުވެއެވެ.

Ad
Ad
TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%