ޕާކިސްތާނުގައި ހުކުރުނަމާދުގައި ތިއްބާ ޖާނުންދިދާވުމުގެ ޙަމަލާއެއް ދީ 31 މީހުން މަރާލައިފި

ހުސައިން އިސްމާއިލް | 4 ގަޑިއިރު ކުރިން - 7 ފެބްރުއަރީ 2026 23:01
ޝީޢީންގެ މިސްކިތަށް ދިން ބޮމުގެ ޙަމަލާގައި މަރުވި މީހުންގެ ޖަނާޒާގެ ތެރެއިން / ފޮޓޯ: އަލްޖަޒީރާ
ޝީޢީންގެ މިސްކިތަށް ދިން ބޮމުގެ ޙަމަލާގައި މަރުވި މީހުންގެ ޖަނާޒާގެ ތެރެއިން / ފޮޓޯ: އަލްޖަޒީރާ
ޚުލާސާ

އިއްޔެ ހުކުރު ނަމާދުގައި ތިއްބާ ޕާކިސްތާނުގެ މިސްކިތްތެރޭގައި ދިން ޖާނުންފިދާވުމުގެ ޙަމަލާގައި 31 މީހުން މަރުވެ 169 މީހުން ޒަޚަމް ވެއްޖެ.

އިއްޔެ ހުކުރު ނަމާދު ކުރަނިކޮށް އިސްލާމްއާބާދުގެ ދެކުނު ސަރަޙައްދާއި ކައިރީގައިވާ ޝީޢީންގެ މިސްކިތަކަށް ދިން ޖާނުން ފިދާވުމުގެ ޙަމަލާ އެއްގައި 31 މީހުން މަރުވެ 169 ވަރަކަށް މީހުން ޒަޚަމްވެއްޖެއެވެ. މިއީ ފާއިތުވި ދިހަވަރަކަށް އަހަރުގެ ތެރޭގައި އިސްލާމްއާބާދާއި މިހާ ކައިރިން ދިން މިފަދަ އެންމެ ނުރައްކާތެރި ޙަމަލާ ކަމަށް ޕާކިސްތާނުން ބުނެއެވެ.

ޕާކިސްތާނުގެ ކަމާބެހޭ ފަރާތްތަކުން ވަނީ މި ހަމަލާ އާއި ގުޅިގެން މިހާތަނަށް ހަތަރު މީހަކު ހައްޔަރު ކޮށްފައެވެ. އެ ޤައުމުގެ ފުލުހުން ބުނީ އޭގެތެރެއިން އެކަކީ ޙަމަލާގެ މޭސްތިރިޔާ ކަމަށް ބެލެވޭ އަފްޣަނިސްތާނު މީހެކެވެ.

މި ހަމަލާގެ ޒިންމާ އިސްލާމިކް ސްޓޭޓް (އައިއެސް) އާއި ގުޅުންހުރި ބަޔަކު ނަގާފައެވެ.

Ad
Ad
TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%