Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ހިތަދޫ ވިޔަފާރި ބަނދަރުގައި ބޮންޑެޑް ޒޯނާއި ފްރީޒޯންގެ ހިދުމަތް ގާއިމުކުރުމަށް ސޮއިކޮށްފި

ހިތަދޫ ވިޔަފާރި ބަނދަރުގައި ބޮންޑެޑް ޒޯނާއި ފްރީޒޯންގެ ހިދުމަތް ގާއިމުކުރުމަށް ސޮއިކޮށްފި

އައިޝަތު ރުވާ ރިފްޢަތު
213 ދުވަސް ކުރިން - 7 ފެބްރުއަރީ 2026 19:37
ހިތަދޫ ޕޯޓުގައި ބޭއްވި ރަސްމިއްޔާތުގައި އެއްބަސްވުމުގައި ސޮއިކުރަނީ. / ފޮޓޯ: އެމްޕީއެލް
ހިތަދޫ ޕޯޓުގައި ބޭއްވި ރަސްމިއްޔާތުގައި އެއްބަސްވުމުގައި ސޮއިކުރަނީ. / ފޮޓޯ: އެމްޕީއެލް
ޚުލާސާ

އަލަށް ގާއިމުކުރެވޭ ބޮންޑެޑް ވެއާހައުސްއާއެކު ވިޔަފާރިވެރިންނަށް، ވަކިން ހާއްސަކޮށް ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ބޮޑެތި ފަސޭހަތަކަކާއި ލުއިތަކެއް ލިބިގެންދާނެ.

އައްޑޫ ސިޓީގެ ހިތަދޫ ވިޔަފާރި ބަނދަރުގެ ހިދުމަތްތައް ފުޅާކުރުމުގެ ގޮތުން، އެ ބަނދަރުގައި ބޮންޑެޑް ވެއާހައުސްއާއި ފްރީޒޯންގެ ހިދުމަތް ގާއިމުކުރުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ހިތަދޫ ޕޯޓުގައި ބޭއްވި މި ރަސްމިއްޔާތުގައި އެމްޕީއެލްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ، ޑީސީޕީ ރިޓަޔާޑް މުހައްމަދު ރިޝަވާނެވެ. އަދި އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު މުހައްމަދު ސައީދު އެވެ.

މިއަދު ސޮއިކުރެވުނު މި އެއްބަސްވުމުގެ ދަށުން ހިތަދޫ ބަނދަރުގައި ތިން މުހިންމު މަޝްރޫއެއް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ. އޭގެ ތެރޭގައި ފްރީޒޯނެއް ތަރައްގީ ކުރުމުގެ މަސައްކަތާއި، ބޮންޑެޑް ވެއާހައުސްގެ ހިދުމަތް ގާއިމުކުރުމުގެ އިތުރުން ބަލްކް ކާގޯ ފެސިލިޓީއެއް ތަރައްގީކުރުން ހިމެނެ އެވެ.

Advertisement

Advertisement 1

މި މަޝްރޫއުތަކުގެ ތެރެއިން އެންމެ މުހިންމު ހިދުމަތެއްގެ ގޮތުގައި އެމްޕީއެލް އިން ފާހަގަކުރަނީ ފްރީޒޯންގެ ހިދުމަތެވެ. މިއީ އިމްޕޯޓް ޑިއުޓީ ނުދައްކައި ކާޑުގެ ބާވަތްތަކާއި، ކާބޯތަކެތި އަދި އެހެނިހެން މުދާ ރައްކާތެރިކަމާއެކު ގުދަންކޮށްފައި ބެހެއްޓޭނެ އިންތިޒާމެކެވެ. މި ޒޯންގެ ސަބަބުން ދެކުނުގެ ސަރަހައްދުގައި ވަރަށް ކުޑަ އަގެއްގައި މުދާ ބެހެއްޓޭނެ މަގު ތަނަވަސްވެ، މުދަލުގެ އަގު ހެޔޮކުރުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ އެވެ.

އެމްޕީއެލް އިން ބުނީ، އަލަށް ގާއިމުކުރެވޭ ބޮންޑެޑް ވެއާހައުސްއާއެކު ވިޔަފާރިވެރިންނަށް، ވަކިން ހާއްސަކޮށް ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ބޮޑެތި ފަސޭހަތަކަކާއި ލުއިތަކެއް ލިބިގެންދާނެ ކަމަށެވެ. މީގެ ސަބަބުން ރިސޯޓުތަކަށް ބޭނުންވާ ތަކެތި ފަސޭހައިން ރައްކާކޮށް ބެލެހެއްޓޭނެ ނިޒާމެއް އައްޑޫ ސިޓީގައި ގާއިމުވެގެންދާނެއެވެ.

އަތޮޅުތަކުގެ އިގްތިސާދު ވަރުގަދަކުރުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މި މަޝްރޫއަކީ، ދެކުނުގެ ވިޔަފާރިތަކަށް އިންގިލާބީ ބަދަލެއް ގެނުވާނެ މަޝްރޫއެކެވެ.

އެމްޕީއެލްއިގްތިސޯދުމިނިސްޓަރު މުހައްމަދު ސައީދު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މާލެ ތޮއްޖެހި ބާރުވަނީ! ކެރީން ކެޕޭސިޓީއަށްވުރެ 30000 އުޅަނދު އިތުރު!

މާލެ ތޮއްޖެހި ބާރުވަނީ! ކެރީން ކެޕޭސިޓީއަށްވުރެ 30000 އުޅަނދު އިތުރު!

3 ގަޑިއިރު ކުރިން - 15:57

200 މިލިއަން ރުފިޔާއަށް ސިޓީކައުންސިލުން “ހަދާނަހަދާ” ނޭނގޭތީވެ ވަޒީރު ކަންބޮޑުވެއްޖެ

200 މިލިއަން ރުފިޔާއަށް ސިޓީކައުންސިލުން “ހަދާނަހަދާ” ނޭނގޭތީވެ ވަޒީރު ކަންބޮޑުވެއްޖެ

3 ގަޑިއިރު ކުރިން - 15:47

އައު ގާނޫނުގެ ދަށުން 20 އަހަރުވީ އުޅަނދުތައް ނަގާނީ އެކަށީގެންވާ ބަދަލެއް ދިނުމަށްފަހު: މިނިސްޓަރު ސައީދު

މުސްކުޅި ވެހިކަލްތައް ނައްތާލާނީ ބަދަލު ދީފަ: މިނިސްޓަރު ސައީދު

3 ގަޑިއިރު ކުރިން - 15:38

މާލޭގެ ޓްރެފިކް މައްސަލަތައް ހައްލުކުރުމަށްޓަކައި ޓްރެފިކް މޮނިޓަރިން ސެންޓަރެއް ޤާއިމުކުރުމަށް ނިންމައިފި

މާލޭގެ ޓްރެފިކް މައްސަލަ ހައްލުކުރުމަށް ޓްރެފިކް މޮނިޓަރިން ސެންޓަރެއް ހަދަނީ

7 ގަޑިއިރު ކުރިން - 11:45

ރަޝިޔާ މަހުޖަނުންގެ ވިޔަފާރި ދަށަށް، ޓެލެގްރާމް ވެސް ހިމެނޭ!

ރަޝިޔާ މަހުޖަނުންގެ ވިޔަފާރި ދަށަށް، ޓެލެގްރާމް ވެސް ހިމެނޭ!

8 ދުވަސް ކުރިން - 14:07

ސިޔާސީ ދެކޮޅުވެރިކަމެއް ހުއްޓަސް، އިޤްތިޞާދީ ފިޔަވަޅުތަކުގެ އެދެވޭ ނަތީޖާ ފެންނާނެ: ރައީސް

“ސިޔާސީ ދެކޮޅުވެރިކަމެއް ހުއްޓަސް، އިޤްތިޞާދީ ފިޔަވަޅުތަކުގެ އެދެވޭ ނަތީޖާ ފެންނާނެ”

13 ދުވަސް ކުރިން - 10:22