Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

އައްޑޫ ސިޓީ ހިތަދޫގައި ސަރުކާރުގެ އައިނު ފިހާރަ ހުޅުވައިފި

އައްޑޫ ސިޓީ ހިތަދޫގައި ސަރުކާރުގެ އައިނު ފިހާރަ ހުޅުވައިފި

އައިޝަތު ރުވާ ރިފްޢަތު
158 ދުވަސް ކުރިން - 7 ފެބްރުއަރީ 2026 19:24
އައްޑޫ ސިޓީ ހިތަދޫގައި އައިނު ފިހާރަ ހުޅުވުން. / ފޮޓޯ: ފޭސްބުކް
އައްޑޫ ސިޓީ ހިތަދޫގައި އައިނު ފިހާރަ ހުޅުވުން. / ފޮޓޯ: ފޭސްބުކް
ޚުލާސާ

މިއީ މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ފަރާތުން ރާއްޖޭގައި ގާއިމްކުރި ތިން ވަނަ އައިނު ފިހާރަ. ސަރުކާރުގެ އައިނު ފިހާރަ ދެން ހުޅުވާނީ ކުޅުދުއްފުށި ސިޓީގައި.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސަރުކާރުން ހުޅުވާ އައިނު ފިހާރާ، އައްޑޫ ސިޓީ ހިތަދޫގައި ރަސްމީކޮށް ހުޅުވައިފިއެވެ.

މި އައިނު ފިހާރަ ހުޅުވުމުގެ މައިގަނޑު މަގްސަދަކީ އައްޑޫ ސިޓީގެ ރައްޔިތުންނަށް ލޮލުގެ ފަރުވާއާއި އައިނު ހޯދުމުގައި ކުރިމަތިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމެވެ. އަދި ހެޔޮ އަގުގައި ފެންވަރު ރަނގަޅު އައިނު ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމަކީވެސް މި މަޝްރޫޢުގެ ބޭނުމެކެވެ.

މި ހިދުމަތް އިފްތިތާހްކޮށްދެއްވީ މިކަމަށްޓަކައި ހިތަދޫގައި ބޭއްވުނު ހާއްސަ ރަސްމިއްޔާތެއްގަ އެވެ. މި ފިހާރަ މެދުވެރިކޮށް އާސަންދައިގެ ދަށުން އައިނު ހެއްދުމުގެ ފުރުސަތު އާންމުންނަށް ލިބިގެންދާނެ އެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ރާއްޖޭގެ ސިއްހީ ދާއިރާ ހަރުދަނާކޮށް، ހިދުމަތްތައް ލާމަރުކަޒީ ކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ކުރިއަށް ގެންދެވުނު މުހިންމު މަސައްކަތެކެވެ. އެގޮތުން ހެޔޮ އަގުގައި އައިނު ހެއްދުމުގެ ފުރުސަތު ފަހިކުރުމުގެ ގޮތުން ސަރުކާރުގެ ފަރާތުން އެ ހިދުމަތް ފޯރުކޮށްދެއްވަން ނިންމެވީ ރައީސް ޑރ. މުއިއްޒު އެވެ.

Advertisement

Advertisement 1

މި ފިހާރަ ހުޅުވުމާއެކު، އައްޑޫގެ ރައްޔިތުން މާލެ ނުގޮސް އަމިއްލަ ރަށުގައި ތިބެގެން ފެންވަރު ރަނގަޅު އައިނު ހޯދުމުގެ މަގު ތަނަވަސްވެގެންދާނެ އެވެ.

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގައި ގާއިމްކުރެވުނު މި އައިނު ފިހާރައާއެކު މިއީ މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް (އެމްސީޖިީއެޗް) ގެ ފަރާތުން ރާއްޖޭގައި ގާއިމްކުރި ތިން ވަނަ އައިނު ފިހާރަ އެވެ. މީގެ ކުރިން އައިޖީއެމް ހޮސްޕިޓަލާއި ހުޅުމާލެ ހޮސްޕޮޓަލުގައި އައިނު ފިހާރަ ވަނީ ގާއިމްކޮށްފަ އެވެ.

ސަރުކާރުގެ އަމާޒަކީ މިފަދަ ހިދުމަތްތައް ރާއްޖޭގެ އެހެން ސަރަހައްދުތަކަށްވެސް ފުޅާކޮށް، ރައްޔިތުންނަށް ލުއިފަސޭހަކޮށްދިނުމެވެ. އެގޮތުން ސަރުކާރުގެ އައިނު ފިހާރަ ދެން ހުޅުވާނީ ކުޅުދުއްފުށި ސިޓީ ގަ އެވެ.

މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއައްޑޫ ސިޓީ
Ad
Ad

ގުޅޭ ޚަބަރުތައް

މާލެ އާއި އައްޑޫގައި ނުރައްކާތެރި އެކްސިޑެންޓްތަކެއް: ގިނަ ބަޔަކަށް އަނިޔާވެއްޖެ

މާލެ އާއި އައްޑޫގައި ނުރައްކާތެރި އެކްސިޑެންޓްތަކެއް: ގިނަ ބަޔަކަށް އަނިޔާވެއްޖެ

44 ދުވަސް ކުރިން - 01:55

އައްޑޫ ސިޓީގައި މިފްކޯގެ މަސްފިހާރައެއް ހުޅުވައިފި

އައްޑޫ ސިޓީގައި މިފްކޯގެ މަސްފިހާރައެއް ހުޅުވައިފި

50 ދުވަސް ކުރިން - 00:42

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނުގައި ވޯޓު ލެވޭ މީހުންގެ ފައިނަލް ލިސްޓު އާންމުކޮށްފި

ހިތަދޫ-އުތުރު ދާއިރާގެ ބައި-އިލެކްޝަނުގައި 4122 މީހުންނަށް ވޯޓުލެވޭނެ!

51 ދުވަސް ކުރިން - 14:14

އައްޑޫ ލިންކުރޯޑު މަރާމާތުކުރަން ސާމާނު ފޮނުވައިފި

އައްޑޫ ލިންކުރޯޑު މަރާމާތުކުރަން ސާމާނު ފޮނުވައިފި

51 ދުވަސް ކުރިން - 10:11

މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ސ. މީދޫއިން ދެ މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި

52 ދުވަސް ކުރިން - 20:42

އައްޑޫގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފި؛ މީހަކު ހައްޔަރުކޮށްފި

އައްޑޫގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފި

78 ދުވަސް ކުރިން - 16:50

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%