Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ޕާކިސްތާނުގެ މިސްކިތެއްގައި ޖާނުން ފިދާވެގެން ދިން ހަމަލާއެއްގައި 30 އަށްވުރެ ގިނަ މީހުން މަރުވެއްޖެ

ޕާކިސްތާނުގެ މިސްކިތެއްގައި ޖާނުން ފިދާވެގެން ދިން ހަމަލާއެއްގައި 30 އަށްވުރެ ގިނަ މީހުން މަރުވެއްޖެ

އައިޝަތު ރުވާ ރިފްޢަތު
214 ދުވަސް ކުރިން - 6 ފެބްރުއަރީ 2026 22:31
ހަމަލާއަށްފަހު އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ވަނީ ބޮޑު ޝޮކެއް ލިބިފައި. / ފޮޓޯ: އޭޕީ
ހަމަލާއަށްފަހު އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ވަނީ ބޮޑު ޝޮކެއް ލިބިފައި. / ފޮޓޯ: އޭޕީ
ޚުލާސާ

ޕާކިސްތާނުގެ ދިފާއީ ވަޒީރު ވަނީ މި ހަމަލާގެ ފަހަތުގައި އަފްގާނިސްތާނާއި އިންޑިއާ އޮތް ކަމަށް ސޯޝަލް މީޑިއާގައި ތުހުމަތުކޮށްފައި.

ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި ހުންނަ މިސްކިތެއްގައި ހުކުރު ނަމާދު ވަގުތު ދިން ވަރުގަދަ ބޮމުގެ ހަމަލާއެއްގައި މަދުވެގެން 31 މީހުން މަރުވެ، 169 އަށް ވުރެ ގިނަ މީހުން ޒަހަމްވެއްޖެ އެވެ.

އިސްލާމްއާބާދުގެ އޮފިޝަލުންނާއި ފުލުހުން މައުލޫމާތު ދޭ ގޮތުގައި، މި ނުރައްކާތެރި ހާދިސާ ހިނގާފައިވަނީ އެ ސިޓީގެ ތަރްލާއި ސަރަހައްދުގައި ހުންނަ މިސްކިތެއްގަ އެވެ. މި ހަމަލާއަކީ ޖާނުން ފިދާވެގެން ދިން ހަމަލާއެއް ކަމަށާއި، ހަމަލާދިން މީހާ އޭނާގެ ހަށިގަނޑުގައި ހަރުކޮށްފައިވާ ގޮވާތަކެތި ގޮއްވާލާފައިވަނީ މިސްކިތުގެ ދޮރުމަތީގައި ކަމަށް ފުލުހުން ހާމަކުރެ އެވެ. ބައެއް މީހުން ބުނި ގޮތުގައި، ބޮން ގޮއްވާލުމުގެ ކުރިން އެ ސަރަހައްދުން ބަޑީގެ އަޑުތަކެއްވެސް ވަނީ އިވިފަ އެވެ.

މި ހާދިސާގައި އަނިޔާވި މީހުންގެ އަދަދު ގިނަވުމާ ގުޅިގެން، އިސްލާމްއާބާދުގެ ހޮސްޕިޓަލްތަކުގައި ވަނީ ކުއްލި ހާލަތު އިއުލާންކޮށްފައެވެ. ސިއްހީ އިދާރާތަކުން ވަނީ އަނިޔާވި މީހުންނަށް ފަރުވާ ދިނުމަށްޓަކައި ލޭ ހަދިޔާކުރުމަށް އާންމުންގެ ކިބައިން އިލްތިމާސްކޮށްފަ އެވެ.

Advertisement

Advertisement 1

ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފް ވަނީ މި ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައި، ހާދިސާއާ ގުޅިގެން ހިތާމަ ފާޅުކުރައްވާފަ އެވެ. އަދި މި ލޭއޮހޮރުވުމުގެ ފަހަތުގައި ތިބި ބަޔަކު ވަގުތުން ދެނެގަނެ، މިކަން ފުރިހަމައަށް ތަހުގީގު ކުރުމަށް ކަމާބެހޭ ފަރާތްތަކަށް އެމަނިކުފާނު ވަނީ އަމުރުކުރައްވާފަ އެވެ. ޕާކިސްތާނުގެ ރައީސް އާސިފް އަލީ ޒަރުދާރީވެސް ވަނީ މި ހަމަލާ ކުށްވެރިކުރައްވައި، ކުށެއްނެތް އާންމުންނަށް އަމާޒުކޮށް ހަމަލާދިނުމަކީ އިންސާނިއްޔަތާ ހިލާފު ޖަރީމާއެއްގެ ގޮތުގައި ސިފަކުރައްވާފަ އެވެ.

މި ހަމަލާއާ ގުޅޭގޮތުން ޕާކިސްތާނުގެ ދިފާއީ މިނިސްޓަރު ހަވާޖާ އާސިފް ވަނީ ސީރިއަސް ތުހުމަތުތަކެއް ކުރައްވާފަ އެވެ. ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި އޭނާ ވިދާޅުވީ، ހަމަލާދިން މީހާއަކީ އަފްގާނިސްތާނަށް ދަތުރުކޮށްފައިވާ މީހެއްކަން ސާބިތުވާ ކަމަށާއި، މިއީ އިންޑިއާއާއި އަފްގާނިސްތާނު ގުޅިގެން ހިންގި އަމަލެއްކަން ހާމަވާ ގޮތަށް ވިދާޅުވެފަ އެވެ. އަދި މިސްކިތުގެ ސެކިއުރިޓީ ގާޑުން އެމީހާ ހުއްޓުވަން މަސައްކަތް ކުރުމުން، އޭނާ ފުރަތަމަ ބަޑިޖެހުމަށްފަހު އަމިއްލަ ހަށިގަނޑު ގޮއްވާލީ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ޕާކިސްތާން
Advertisement
Advertisement

ގުޅޭ ޚަބަރުތައް

ޕާކިސްތާނުގެ ހޮސްޕިޓަލެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި 14 ކުދިން މަރުވެއްޖެ

ޕާކިސްތާނުގެ ހޮސްޕިޓަލެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި 14 ކުދިން މަރުވެއްޖެ

14 ދުވަސް ކުރިން - 09:54

ކުވެއިތުން ބޭނުންވަނީ ޕާކިސްތާނުގެ ހަތިޔާރާއި އެތައް ހާސް ސިފައިންގެ އެހީތެރިކަން

ކުވެއިތުން ބޭނުންވަނީ ޕާކިސްތާނުގެ ހަތިޔާރާއި އެތައް ހާސް ސިފައިންގެ އެހީތެރިކަން

52 ދުވަސް ކުރިން - 13:25

ވެއިޓަރު މަރާލި މައްސަލަ: ކައްކާގެ މައްޗަށް ކުށް ސާބިތުވެއްޖެ

ވެއިޓަރު މަރާލި މައްސަލަ: ކައްކާގެ މައްޗަށް ކުށް ސާބިތުވެއްޖެ

52 ދުވަސް ކުރިން - 19:54

ޕާކިސްތާނު ކަނޑަށް ވެއްޓުނު ކޭޓޫ އެއާވޭސް ކާގޯ ބޯޓުގެ ބައިތައް ހޯދައިފި

ޕާކިސްތާނު ކަނޑަށް ވެއްޓުނު ކޭޓޫ އެއާވޭސް ކާގޯ ބޯޓުގެ ބައިތައް ހޯދައިފި

62 ދުވަސް ކުރިން - 00:39

ޕާކިސްތާނުގެ ހަމަލާތަކުގައި މިއަހަރު އަފްޣާނިސްތާނުގެ 779 އަށްވުރެ ގިނަ އާންމުން މަރުވެއްޖެ

ޕާކިސްތާނުން މިއަހަރުތެރޭ އަފްޣާނިސްތާނުގެ 779 އަށްވުރެ ގިނަ އާންމުން މަރާލައިފި

66 ދުވަސް ކުރިން - 11:54

ޚާމަނާއީގެ ޖަނާޒާ އަށް ފަހު އެމެރިކާ-އީރާން މަޝްވަރާތައް އަލުން ފަށާނެ

ޚާމަނާއީގެ ޖަނާޒާ އަށް ފަހު އެމެރިކާ-އީރާން މަޝްވަރާތައް އަލުން ފަށާނެ

69 ދުވަސް ކުރިން - 12:18

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%