Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ދަރަނި ދެއްކޭނެކަމުގެ ޔަގީންކަން ވަރަށް ބޮޑު: ޒަމީރު

ދަރަނި ދެއްކޭނެކަމުގެ ޔަގީންކަން ވަރަށް ބޮޑު: ޒަމީރު

އައިޝަތު ރުވާ ރިފްޢަތު
205 ދުވަސް ކުރިން - 6 ފެބްރުއަރީ 2026 22:23
ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު. / ފޮޓޯ: ރައީސް އޮފީސް
ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު. / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ކުރެއްވި ހަރުދަނާ މަސައްކަތްޕުޅުގެ ސަބަބުން، ދައުލަތުގެ އެސްޑީއެފް އަދި ޔޫޒަބަލް ރިޒާވްގައި މިހާރު ދަރަނި ދެއްކޭނެކަމުގެ ގާބިލް އެބަހުރިކަމަށް ޒަމީރު ވިދާޅުވި.

ރާއްޖޭގެ ދަރަނި ދެއްކުމުގެ ގާބިލުކަން މިހާރުގެ ސަރުކާރުގައި އެބަހުރި ކަމަށާއި، ދަރަނި ދެއްކޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ މީޑިއާ އަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު ޒަމީރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު އިސްވެ ކުރެއްވި ހަރުދަނާ މަސައްކަތްޕުޅުގެ ސަބަބުން، ދައުލަތުގެ ސަވަރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) އަދި ޔޫޒަބަލް ރިޒާވްގައި މިހާރު ވެސް ދަރަނި ދެއްކުމުގެ ގާބިލުކަން އެބަހުރި ކަމަށެވެ.

މިކަމާ ގުޅޭ ތަފްސީލީ ހިސާބުތަކަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، ރައީސް މުއިއްޒު ރިޔާސީ ބަޔާނުގައި ވެސް ބަޔާންކުރެއްވި ފަދައިން، އެސްޑީއެފްގައި މިހާރު 275 މިލިއަން ޑޮލަރު އެބަހުއްޓެވެ. އަދި ޔޫޒަބަލް ރިޒާވްގައި 600 މިލިއަން ޑޮލަރު ހުރިއިރު، ރާއްޖޭގެ ގްރޮސް ރިޒާވްގައި އެއް ބިލިއަނަށް ވުރެ ގިނަ ޑޮލަރު ހުރިކަން ޒަމީރު ފާހަގަކުރެއްވި އެވެ.

Advertisement

Advertisement 1

ރާއްޖޭގެ މާލީ ހާލަތު ރަނގަޅުވަމުންދާކަން ހާމަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ ލިކުއިޑިޓީ ހާލަތަށް ބަލައި، ސުކޫކު ރީފައިނޭންސް ކުރަން ބޭނުންވާ 150 މިލިއަނެއްހާ ޑޮލަރުގެ ދަރަނި ނަގަންޖެހޭއިރު، ވަރަށް ކުޑަ އިންޓަރެސްޓެއްގައި އެ ފައިސާ ހޯދޭނެ ފަދަ އިގްތިސާދީ މާހައުލެއް މި ސަރުކާރުން ވަނީ ގާއިމުކޮށްފަ އެވެ.

މީގެ އިތުރުން، އިންޑިއާ ސަރުކާރުން ރާއްޖެއަށް ހަމަޖައްސައިދީފައިވާ 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީގެ ބޭނުން މިހާތަނަށް ސަރުކާރުން އެއްވެސް ކަމަކަށް ހިފާފައި ނުވާކަން މިނިސްޓަރު ހާމަކުރެއްވި އެވެ. އަދި މީގެ އިތުރުން ވެސް އިންޑިއާއިން ދީފައިވާ 400 މިލިއަން ޑޮލަރުގެ އިތުރު ކަރަންސީ ސްވޮޕް ފެސިލިޓީއެއް ވެސް ބޭނުންނުކޮށް އެބައޮތް ކަމަށް ވިދާޅުވެ، ރާއްޖޭގެ މާލީ ރިޒާވް ވަރުގަދަކަން މިނިސްޓަރު ޒަމީރު ވަނީ ކަށަވަރުކޮށްދެއްވާފަ އެވެ.

މިނިސްޓަރު މޫސާ ޒަމީރުމިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސް
Advertisement
Advertisement

ގުޅޭ ޚަބަރުތައް

ނިމިދިޔަ އެމްޑީޕީގެ ދައުރުގައި، ސަރުކާރު ހިއްސާވާ ކުންފުނި ތަކުގެ މުވައްޒަފުންގެ އަދަދުވަނީ 97 އިންސަތަ އިތުރުވެފަ: މާލީ ވަޒީރު

ކުރީ ސަރުކާރުގައި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 97% އިތުރުވެފަ

13 ދުވަސް ކުރިން - 11:13

ރަސްމީ ޑޮލަރު ރިޒާވްގައި 638 މިލިއަން ޑޮލަރުގައި، ސަބަބަކީ ދަތުރުފަތުރާއި ބޭސްފަރުވާއަށް ޑޮލަރު ވިއްކި މިންވަރު އިތުރުވުން

ޖުލައި މަހު ރަސްމީ ރިޒާވް 638 މިލިއަން ޑޮލަރަށް

14 ދުވަސް ކުރިން - 13:11

ހަކަތައިގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އޭޑީބީ އާއެކު 50 މިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

ހަކަތައިގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އޭޑީބީއާއެކު 50 މިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

15 ދުވަސް ކުރިން - 21:15

ސަބްސިޑީގެ ހޭދަ ބޮޑުވީ ރައްޔިތުންގެ އަތުން ހޭދަކުރެންޖެހޭ ވަރު ބޮޑު ނުކޮށް އިރާނު ހަނގުރާމައިގެ އަސަރުން އިޤްތިސާދަށް ކުރި އަސަރު މެނޭޖްކުރުމަށް

ސަބްސިޑީގެ ހޭދަ ބޮޑުވީ އީރާނު ހަނގުރާމައިގެ ލޮޅުމުން ރައްޔިތުން ސަލާމަތްކުރުމަށް

41 ދުވަސް ކުރިން - 20:36

ސަބްސިޑީއަށް ކުރި ހޭދަ 3.13 ބިލިއަނަށް: އެންމެ ބޮޑު ހަރަދެއް ތެލާއި ކަރަންޓު އަގުބޮޑުވިޔަނުދީ ހިފެހެއްޓުމަށް

ސަބްސިޑީއަށް ކުރި ހޭދަ 3.13 ބިލިއަނަށް އަރައިފި

41 ދުވަސް ކުރިން - 18:41

ޖޫން މަހު ރަސްމީ ރިޒާވް 686 މިލިއަން ޑޮލަރަށް، ނަމަވެސް، ކުރު މުއްދަތުގެ ދަރަނިތައް އަދާކުރުމާ އެކު ރާއްޖޭގެ ބޭނުންކުރެވޭ ރިޒާވް އަދިވެސް ވަރުގަދަ

ރަސްމީ ރިޒާވް 686 މިލިއަން ޑޮލަރަށް، ބޭނުންކުރެވޭ ރިޒާވް އަދިވެސް ވަރުގަދަ

46 ދުވަސް ކުރިން - 10:27

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%