މާލޭ ހިޔާ ފްލެޓުން ވެއްޓުނު މީހާ އޮތީ ވެންޓިލޭޓަރުގައި، ހާލަތު އަންނަނީ ރަނގަޅުވަމުން

މުޙައްމަދު ޖިނާން ހުސައިން ޖަބީން | 6 ގަޑިއިރު ކުރިން - 6 ފެބްރުއަރީ 2026 20:40
އައިޖީއެމް ހޮސްޕިޓަލް--- ފޮޓޯ: ޚުލާސާ
އައިޖީއެމް ހޮސްޕިޓަލް--- ފޮޓޯ: ޚުލާސާ
ޚުލާސާ

އެ މީހާ ވެއްޓިފައިވަނީ ކިހިނެއް ކަމެއް ސާފުނުވާއިރު، އެ މީހާއަށް ލިބުނީ ކިހައިވަރެއްގެ އަނިޔާއެއް ކަމެއް ވެސް ފުލުހުން ހާމަކޮށްފައެއްނުވޭ

އިއްޔެ މާލޭ ހިޔާ ފްލެޓުން ވެއްޓުނު މީހާއަށް ފަރުވާ ދެމުން އަންނަނީ ވެންޓިލޭޓަރުގައި ކަމަށާއި، އެ މީހާގެ ހާލަތު އަންނަނީ ރަނގަޅުވަމުންކަމަށް ފުލުހުން ބުނެފި އެވެ.

މިކަމާ ގުޅިގެން މައުލޫމާތު ސާފުކޮށްލުމަށް "ޚުލާސާ"ގެ ފަރާތުން ފުލުހުންގެ މީޑިއާ އޮފިޝަލަށް ގުޅާލުމުން މީޑިއާ އޮފިޝަލު ބުނީ، މާލޭ ހިޔާ އެއްވަނަ ފްލެޓުން ވެއްޓުނު މީހާއަށް މި ވަގުތު ފަރުވާ ދެމުން އަންނަނީ ވެންޓިލޭޓަރުގައި ކަމަށާއި، އޭނާގެ ހާލަތު މަޑުމަޑުން ރަނގަޅުވަމުން އަންނަކަމަށް ޑޮކްޓަރުންނާ ހަވާލާދީ އާއިލާއިން ބުނެފައިވާ ކަމަށެވެ.

މާލޭ ހިޔާގެ އެއްވަނަ ފްލެޓުގެ ފަސްވަނަ ފަންގިފިލާއިން ވެއްޓިފައި ވަނީ އުމުރުން 60 އަހަރުގެ އުމުރުން ދުވަސްވީ ފިރިހެނެކެވެ. އޭނާ ވެއްޓިފައިވަނީ އިއްޔެ ހެނދުނު 06:50 ހާއިރުއެވެ. އެއާއިއެކު އޭނާއަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި އަންނަނީ ފަރުވާ ދެމުންނެވެ.

އެ މީހާ ވެއްޓިފައިވަނީ ކިހިނެއް ކަމެއް ސާފުނުވާއިރު، އެ މީހާއަށް ލިބުނީ ކިހައިވަރެއްގެ އަނިޔާއެއް ކަމެއް ވެސް މީޑިއާ އޮފިޝަލް ހާމަކޮށްފައެއް ނުވެ އެވެ.

ފުލުހުން ގެންދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

Ad
Ad
TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%