ބޭރަށް ހިންގުމާއި ހޮޑުލުން އިތުރުވަމުންދާތީ ސަމާލުވާން އެދިއްޖެ

މުޙައްމަދު ޖިނާން ހުސައިން ޖަބީން | 6 ގަޑިއިރު ކުރިން - 6 ފެބްރުއަރީ 2026 20:39
ރޯޝަނީ ބިލްޑިން---
ރޯޝަނީ ބިލްޑިން---
ޚުލާސާ

ބަލީގެ އަލާމާތެއް ފެނިއްޖެ ނަމަ ލަސްނުކޮށް ޑޮކްޓަރަށް ދައްކައި ސިއްހީ ފަރުވާ ހޯދުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފަ

ބޭރަށް ހިންގުމާއި ހޮޑުލުން މި ދުވަސްވަރު އިތުރުވަމުންދާތީ ސަމާލުވުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެދިއްޖެ އެވެ.

އެޗްޕީއޭއިން އެކްސްގައި ހިއްސާކޮށްފައިވާ ޕޯސްޓެއްގައި ވަނީ، މި ދުވަސްވަރު ބޭރަށް ހިންގުމާއި ހޮޑުލުން އިތުރުވަމުންދާތީ ބަލިން ރައްކާތެރިވުމުގެ ގޮތުން ގިނަގިނައިން ސައިބޯނި ލައިގެން އަތްދޮވުމަށް ހާއްސަ އިސްކަމެއް ދިނުމަށް އިލްތިމާސްކޮށްފަ އެވެ.

Ad

އެޗްޕީއޭއިން ވަނީ ބޭރަށް ހިނގާ ހޮޑުލުމުގެ އިތުރުން މާބޮޑަށް ވަރު ދެރަވެ ދިޔާ ތަކެތި ބޭނުންކުރެވޭ މިންވަރު މަދުވާ ނަމަ އަދި ބޮލަށް އެނބުރުން އެރުމާއި، މާބޮޑަށް ކަރު ހިއްކުން ފަދަ އަލާމާތެއް ފެނިއްޖެ ނަމަ ލަސްނުކޮށް ޑޮކްޓަރަށް ދައްކައި ސިއްހީ ފަރުވާ ހޯދުމަށް އިލްތިމާސްކޮށްފަ އެވެ.

މި ބަލީގައި އިތުރަށް ފެންނާނެ އަލާމާތްތައް:

  1. އާދަޔާ ހިލާފަށް ބަނޑުގައި ރިއްސުން
  2. ލެވޭ ހޮޑުގައި ނުވަތަ ބޮޑުކަމުދާ ތަކެތީގައި ލޭގެ އަސަރު ހުރުން
  3. ކުޑަކަމުދެވޭ މިންވަރު މަދުވުން

މިއިން އަލާމާތެއް ފެނިއްޖެ ނަމަ ގިނަގިނައިން ލޮނު ޕެކެޓް، ފެން، ސޫޕް އަދި ދިޔާ ތަކެތި ބޭނުންކޮށް، ފާހާނަކުރުމަށް ފަހު އަދި ކާބޯތަކެތި ތައްޔާރުކުރުމުގެ ކުރިން ރަނގަޅަށް އަތްދޮވެ ސެނިޓައިޒް ކޮށް ހެދުމަށް ހަނދާންކޮށްދީފަ އެވެ. މީގެ އިތުރުން އަލާމާތްތައް ނުފެންނަތާ އެއް ދުވަސްވަންދެން ކުދިން ސްކޫލަށް ނުފޮނުވައި، އަދި މަސައްކަތަށް ނުނިކުމެ ގޭގައި އަރާމުކުރުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފަ އެވެ.

Ad
TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%