Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

މީހެއްގެ ފުރާނަ ސަލާމަތްކޮށްދިނުމަކީ ގިނަ ބައެއްގެ ފުރާނަ ސަލާމަތްކޮށްދިނުމާ އެއްފަދަ ކަމެއް: ހުކުރު ހުތުބާ

މީހެއްގެ ފުރާނަ ސަލާމަތްކޮށްދިނުމަކީ ގިނަ ބައެއްގެ ފުރާނަ ސަލާމަތްކޮށްދިނުމާ އެއްފަދަ ކަމެއް: ހުކުރު ހުތުބާ

މުޙައްމަދު ޖިނާން ހުސައިން ޖަބީން
158 ދުވަސް ކުރިން - 6 ފެބްރުއަރީ 2026 14:09
އިސްލާމީ މަރުކަޒު--- ފޮޓޯ: ޚުލާސާ
އިސްލާމީ މަރުކަޒު--- ފޮޓޯ: ޚުލާސާ
ޚުލާސާ

މީހެއްގެ ފުރާނަ ސަލާމަތްކުރުމުގެ ގޮތުން ލޭ ހަދިޔާކުރުން ފަދަ ހޭދައެއް ކުރުމުގެ ސަބަބުން، ނިއުމަތްތަކުން ފުރިގެންވާ ސުވަރުގެއަށް ވަނުމުގެ ނަސީބު ލިބޭކަމަށް ހުތުބާގައި ވަނީ ބުނެފަ.

މީހެއްގެ ފުރާނަ ސަލާމަތްކޮށްދިނުމަކީ ގިނަ ބައެއްގެ ފުރާނަ ސަލާމަތްކޮށްދިނުމާ އެއްފަދަ ކަމެއް ކަމަށް ހުކުރު ހުތުބާގައި ބުނެފި އެވެ.

މާތްﷲގެ އަޅުންތަކުންނަށް އެހީތެރިވުމާއި، ފައިސާއާއި މުދަލުން ހޭދަކުރުމާއި، ސަދަގާތްކުރުމަކީ، ދަރުމަހުރި ކަމެއް ކަން ފާހަގަކުރަމުން މިއަދުގެ ހުކުރު ހުތުބާގައި ބުނީ، މީހުންނާ ބައްދަލުވާ ހިނދު އެންމެ ކުޑަމިނުން އުފާވެރި މޫނަކައިގެން ބައްދަލުކޮށް، ހެޔޮ ބަހެއް ބުނުމަކީ ވެސް ކުރެވޭ ސަދަގާތެއް ކަމަށެވެ. ހުތުބާގައި ބުނީ، އެފަދަ ހެޔޮ އަމަލުތަކުގެ ސަބަބުން ލިބޭ ސަވާބާއި ދަރުމަ އެތަށް ގުނައެއް އިތުރުވެގެންވާ ކަމަށެވެ.

އެގޮތުން، މީހެއްގެ ފުރާނަ ސަލާމަތްކުރުމަށް ޓަކައި އަމިއްލަ ހަށިގަނޑުގައި ހުރި ލޭ ހަދިޔާކުރުން ފަދަ ކުޑަކުޑަ ހޭދައެއް ކުރުމުގެ ސަބަބުން، ނިއުމަތްތަކުން ފުރިގެންވާ ސުވަރުގެއަށް ވަނުމުގެ ނަސީބު ލިބޭކަމަށް ހުތުބާގައި ވަނީ ބުނެފަ އެވެ.

Advertisement

Advertisement 1
"މާތްﷲގެ އަޅުތަކުންނަށް ޖެހޭ ބޭނުންތައް ފުއްދައިދީ، އެއުރެންނަށް ޖެހޭ ބޮޑެތި ކަންކަމުގައި މިއަދު އެހީތެރިވުމަކީ، އާހިރަތް ދުވަހުން ތިޔަބައިމީހުން އުފުލަންޖެހޭ ބޮޑެތި މުސީބާތްތަކުން ދިންނަވާނެ ކަމެއް، ކޮންމެ މުސްލިމަކު ވެސް މިއަދު އަވަސްވެގަންނަންވީ އެ ދުވަހުގެ ބިރުވެރިކަމާއި، އަޒާބުން މިންޖުވާނެ އަމަލެއް ކުރެވޭ، އެއީ އެކަން ކުރެވެން އޮތީ މިއަދުކަމަށް ވާތީ،" --- ހުތުބާގައި ބުންޏެވެ.

ހުތުބާގައި ބުނީ، ލޭ އަޅަން ބޭނުންވާ ހާލަތްތަކުގައި، ބަލި މީހަކަށް އަޅަން ބޭނުންވާ ލޭ ހަދިޔާކޮށްދިނުމަކީ، އޭނާގެ ފުރާނަ ސަލާމަތްކޮށްދިނުން ފަދަ ކަމެއް ކަން ފާހަގަކުރަމުން ހުތުބާގައި ބުނީ، ހައްގަކާ ނުލައި އެންމެ މީހަކު މެރުމަކީ ދުނިޔޭގައިވާހައި ބަޔަކު މެރުމާ އެއްފަދަ ނުބައިކަމެއް ކަމަށެވެ. ހަމައެފަދައިން އެންމެ އިންސާނެއްގެ ފުރާނަ ސަލާމަތްކޮށްދިނުމަކީ، އެ އެންމެން ނުމަރައި ދިރިހުންނަން ދޫކޮށްލުމާ އެއްފަދަ ވެގެންވާ ހެޔޮ އަމަލެއްކަމަށް ހުތުބާގައި ބުންޏެވެ.

ލޭ ހަދިޔާކުރުމަކީ ދެމިގެންވާ ސަދަގާތެއްކަމުގައި ޖުމްހޫރު އިލްމުވެރިން ދެކިވަޑައިގަންނަވާއިރު އެއީ، އިންސާނާ މަރުވުމަށް ފަހުގައި ވެސް އެ ސަދަގާތެއްގެ ހެޔޮ އަސަރު ދެމިހުންނަހައި ހިނދަކު، ސަދަގާތްކުރި މީހާއަށް ސަވާބު ލިބިލިބި ހުންނާނެ ކަމަށް ހުތުބާގައި ވަނީ ބުނެފަ އެވެ.

ލޭ ހަދިޔާކުރުމުގެ އިތުރުން ވެސް މީހުންގެ ފުރާނަ ސަލާމަތްކުރުމަށް ކުރެވިދާނެ ކިތަންމެ ކަމެއް ހުންނާނެކަން ފާހަގަކުރަމުން ހުތުބާގައި ބުނީ އެފަދަ ކަންކަމުގެ ތެރޭގައި ކާންބޯން ނުލިބޭ މީހުންނަށް ކާނެ އެތިކޮޅެއް ދިނުމާއި، ތަނަވަސްކަން ނެތުމުގެ ސަބަބުން ބޭސް ފަރުވާ ނުކުރެވިގެން އުޅޭ މީހުންނަށް އެހީތެރިވެ ދިނުމާއި، އެއްގަމާއި ކަނޑާއި، ވައިގެ ދަތުރުތަކުގައި ކުރިމަތިވާ ހާދިސާތަކުގައި އަނިޔާވާ މީހުން ސަލާމަތްކުރުމަށް މަސައްކަތްކުރުމާއި، އެ މީހުންނަށް އަވަސް ފަރުވާ ދިނުން އަދި ހޮސްޕިޓަލާ ހަމައަށް އެ މީހުން ގެނގޮސްދިނުމަކީ މީގެ ތެރޭގައި ހިމެނޭ ކަންކަން ކަމުގަ އެވެ.

ހުތުބާގައި އިތުރަށް ބުނީ، ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ ކޮންމެ މުސްލިމަކު ވެސް އޭނާގެ ކެރިފޯރުންތެރިކަން ހުރި މިންވަރަކުން ކުރަންޖެހޭނެ ކަމެއް ކަމަށެވެ.

ހުކުރު ޚުޠުބާ
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ކީރިތި ގުރްއާން ތިލާވަތުކުރުމަކީ ހިތަށާއި ރޫޙަށް ދިރުން ގެނެސްދޭ، ބަލިތަކަށް އޮތް ޝިފާއެއް: ހުތުބާ

"ގުރްއާން ތިލާވަތުކުރުމަކީ ހިތަށާއި ރޫޙަށް ދިރުން ގެނެސްދޭ، ބަލިތަކަށް އޮތް ޝިފާއެއް"

4 ދުވަސް ކުރިން - 13:00

ނަހަމަ ގޮތުގައި ލިބިގަންނަ މަންފާއެއްގެ މައްޗަށް ދިރިއުޅުން ބިނާކުރާ މީހާއަށް އޮތީ އަބާއްޖަވެރިކަން: ހުތުބާ

"ނަހަމަގޮތުގައި ލިބިގަންނަ މަންފާއެއްގެ މައްޗަށް ދިރިއުޅުން ބިނާކުރާ މީހާއަށް އޮތީ އަބާއްޖަވެރިކަން"

11 ދުވަސް ކުރިން - 14:29

ވަޒީފާގެ މަސްއޫލިއްޔަތުތައް ފުރިހަމައަށް އަދާނުކުރުމާއި، ވަޒީފާގެ ވަގުތަށް ފަރުވާކުޑަކުރުމަކީ އަމާނާތަށް ވެވޭ ބޮޑު ހިޔާނަތެއް: ހުތުބާ

ވަޒީފާގެ ވަގުތަށް ފަރުވާކުޑަކުރުމަކީ އަމާނާތަށް ވެވޭ ބޮޑު ޚިޔާނާތެއް: ހުތުބާ

18 ދުވަސް ކުރިން - 13:33

ހުތުބާ: އާޝޫރާ ދުވަހަކީ ފިރުއައުނުގެ ކިބައިން މޫސާގެފާނާއި ބަނީ އިސްރާއީލުން ސަލާމަތްކުރެއްވި މާތް ދުވަސް

"އާޝޫރާ ދުވަހަކީ ފިރުއައުނުގެ ކިބައިން މޫސާގެފާނާއި ބަނީ އިސްރާއީލުން ސަލާމަތްކުރެއްވި ދުވަސް"

25 ދުވަސް ކުރިން - 13:30

މިއަދު އިއްވީ ހިޖުރައިގެ މަތިވެރި ގުރުބާނީއާއި އިބުރަތްތަކުން ފުރިގެންވި ހުކުރު ހުތުބާއެއް

މިއަދު އިއްވީ ހިޖުރައިގެ މަތިވެރި ގުރުބާނީއާއި އިބުރަތްތަކުން ފުރިގެންވި ހުކުރު ހުތުބާއެއް

32 ދުވަސް ކުރިން - 13:05

ހެޔޮ ކަންކަމަށް އަމުރުކޮށް ނުބައި ކަންކަން ނަހީކުރުމުގައި ފަރުދީ ޒިންމާ އަދާކުރާން ހުތުބާގައި ގޮވާލައިފި

"ހެޔޮ ކަންކަމަށް އަމުރުކޮށް ނުބައި ކަންކަން ނަހީކުރުމުގައި ފަރުދީ ޒިންމާ އަދާކުރޭ"

39 ދުވަސް ކުރިން - 13:00