Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ށ. ފުނަދޫގައި ގާއިމުކުރާ އެއާ ސްޓޭޝަން ނިންމައި މި އަހަރު ބޭނުންކުރަން ފަށާނެ: ރައީސް

ށ. ފުނަދޫގައި ގާއިމުކުރާ އެއާ ސްޓޭޝަން ނިންމައި މި އަހަރު ބޭނުންކުރަން ފަށާނެ: ރައީސް

މުޙައްމަދު ޖިނާން ހުސައިން ޖަބީން
216 ދުވަސް ކުރިން - 5 ފެބްރުއަރީ 2026 20:23
ރައީސް ޑރ. މުއިއްޒު ރިޔާސީ ބަޔާން އިއްވަނީ--- ފޮޓޯ: ރައީސް އޮފީސް
ރައީސް ޑރ. މުއިއްޒު ރިޔާސީ ބަޔާން އިއްވަނީ--- ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ދިފާއީ ރައްކާތެރިކަން ކަށަވަރުކުރުމުގައި ރާއްޖެއިން މުހިއްމު ކުރިއެރުންތަކެއް ހޯދާފައިވާކަމަށް ރައީސްގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވައިފަ

ށ. ފުނަދޫގައި ގާއިމުކުރާ އެއާ ސްޓޭޝަން ނިންމައި މި އަހަރުގެ ތެރޭގައި ބޭނުންކުރަން ފަށާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މި މޭރުމުން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ 2026 ވަނަ އަހަރުގެ ފުރުތަމަ ދައުރުގެ ފުރުތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުންނެވެ. އެ މަނިކުފާނު ވިދާޅުވީ، އެމްއެންޑީއެފްގެ އެއާ ކޯ ތަރައްގީކުރުމުގެ މަސައްކަތް މިދިޔަ 2025 ވަނަ އަހަރު ކުރެވިފައިވާ ކަމަށެވެ. އެ ގޮތުން އެމްއެންޑީއެފްގެ ފުރަތަމަ އެއާ ސްޓޭޝަން އައްޑޫ ސިޓީގައި ތަރައްގީކޮށް ނިންމައި ބޭނުންކުރަން މިހާރު ފަށާފައިވާ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.

މީގެ އިތުރުން އުތުރުގައި އެއާ ސްޓޭޝަނެއް ގާއިމުކުރުމަށްޓަކައި ށ. ފުނަދޫގައި ތަރައްގީކުރަމުންދާ އެއާ ސްޓޭޝަނުގެ މަސައްކަތް ނިންމައި މި އަހަރު ބޭނުން ކުރަން ފަށާނެކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ. ރައީސް ވިދާޅުވީ، ދިވެހި ގައުމުގެ ޝަރަފުވެރި ސިޔާދަތާއި އަމިއްލަ މިނިވަންކަމާއި އިސްތިގުލާލު ދަމަހައްޓައި، ދިފާއީ ރައްކާތެރިކަން ކަށަވަރުކުރުމުގައި ރާއްޖެއިން މުހިއްމު ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށެވެ.

Advertisement

Advertisement 1
"ގައުމީ ދިފާއީ ބާރުގެ ހުރިހާ ދާއިރާއެއްގެ ފެންވަރު މަތިކުރުމަށް ވޭތުވެ ދިޔަ އަހަރު ގިނަގުނަ މަސައްކަތްތަކެއް ވަނީ ކުރެވިފައި، އެ ގޮތުން، ކޯސްޓްގާޑްގެ ހިދުމަތް ދެ ގުނަކުރުމުގެ މަސައްކަތުގެ ތެރެއިން، ތުރުކީ ވިލާތުގެ ސަރުކާރުން ދެއްވި ހިލޭ އެހީއެއްގެ ގޮތުގައި ސިފައިންގެ ހިދުމަތަށް މިހާތަނަށް ތައާރަފު ކުރެވުނު އެންމެ ބޮޑު އަސްކަރީ މަނަވަރު މި ދިޔަ އަހަރު ހިދުމަތަށް ނެރުނިން. އަދި ސިފައިން ހިންގާ މެރިޓައިމް ސެކިއުރިޓީ އޮޕަރޭޝަންތަކާއި، ސާޗް އެންޑް ރެސްކިއު އޮޕަރޭޝަންތަކަށް ބޭނުންވާ އިންޓަސެޕްޓާ ކްރާފްޓް ހޯދުމުގެ މަސައްކަތް ފަށައި އޭގެތެރެއިން ތިން އުޅަނދު މިހާރުވާނީ ހިދުމަތަށް ނެރެފައި،" --- ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މި އަހަރުގެ ތެރޭގައި އިތުރު 17 އުޅަނދެއް ހިދުމަތަށް ނެރެވޭނެ ކަމަަށެވެ. އަދި، ދެ ހާބާ ކްރާފްޓް ޕެޓްރޯލް ވެސަލް ހޯދުމަށް ޖަޕާން ސަރުކާރުން ފައިސާގެ އެހީ ދިނުމަށް ވަނީ ނިންމާފައިވާކަމަށާއި، އެއާއެކު، ދިވެހިރާއްޖޭގެ ސަރަހައްދާއި ހާއްސަ އިގްތިސާދީ ސަރަހައްދު ބެލެހެއްޓުމަށް އޮސްޓްރޭލިއާ ސަރުކާރުގެ އެހީގައި ހޯދާ މަނަވަރު މި އަހަރުގެ ތެރޭގައި ހިދުމަތަށް ނެރެވިގެންދާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

މީގެ އިތުރުން، އެމްއެންޑީއެފްގެ މެރިންކޯއަށް އެންމެ ޒަމާނީ އާމަޑް ވެހިކަލް މިދިޔަ އަހަރު ހޯދާފައިވާނެކަމަށާއި، މި އަހަރުގެ ތެރޭގައި މެރިން ކޯގެ ގާބިލުކަން އިތުރުކުރުމަށް ބޭނުންވާ އާލާތްތައް ހޯދުމާއި، ވަސީލަތްތައް ގާއިމުކުރުމުގެ މަސައްކަތް ކުރެވިގެންދާނެކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ.

ރާއްޖޭގެ ދިފާއީ ކަންކަން ހަރުދަނާކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަން ފާހަގަކޮށްލެވެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުރައްޔިތުންގެ މަޖިލިސްރިޔާސީ ބަޔާން 2026އެމްއެންޑީއެފް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އެސްއޯއީތައް އިސްލާހުކުރުމުގެ ނިންމެވުން: ދެމެހެއްޓެނިވި އަދި ހަރުދަނާ ހިދުމަތަކަށް އެޅުނު މުހިންމު ފިޔަވަޅެއް: ފަހުމީ

އެސްއޯއީތައް އިސްލާހުކުރުމުގެ ނިންމެވުން: ހަރުދަނާ ހިދުމަތަކަށް އެޅުނު މުހިންމު ފިޔަވަޅެއް: ފަހުމީ

1 ދުވަސް ކުރިން - 08:45

މަދަނީ މައްސަލަތައް އަވަސްކުރަން ގާނޫނަށް އިސްލާހު ގެންނަނީ

މަދަނީ މައްސަލަތައް އަވަސްކުރަން ގާނޫނަށް އިސްލާހު ގެންނަނީ

2 ދުވަސް ކުރިން - 20:20

ހުރިހާ ރައްޔިތުން ރިސޯޓު ހިއްސާދާރުންނަށް ހަދާ ޕްރޮޖެކްޓް ނޮވެމްބަރުގައި ފަށަނީ

ހުރިހާ ރައްޔިތުން ރިސޯޓު ހިއްސާދާރުންނަށް ހަދާ ޕްރޮޖެކްޓް ނޮވެމްބަރުގައި ފަށަނީ

2 ދުވަސް ކުރިން - 19:54

އާސަންދަ ބަދަލާއެކު ރައްޔިތުންގެ އެހެނިހެން ކަންތަކަށް 287 މިލިއަން ރުފިޔާ

އާސަންދަ ބަދަލާއެކު ރައްޔިތުންގެ އެހެނިހެން ކަންތަކަށް 287 މިލިއަން ރުފިޔާ

2 ދުވަސް ކުރިން - 16:33

2028 މެދަކާހަމަޔަށް ދާއިރު ގިނަރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުވެގެން ދާނެ: ރައީސް

2028 މެދަކާހަމަޔަށް ދާއިރު ގިނަރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުވެގެން ދާނެ: ރައީސް

2 ދުވަސް ކުރިން - 16:20

ޤައުމާއި މެދު އިޚްލާޞްތެރިވާކަން ޢަމަލާއި ބަހުން ދެއްކުމަށް ރައީސް އިލްތިމާސް ކުރައްވައިފި

ރައީސްގެ އިލްތިމާސް: ޤައުމާއި މެދު އިޚްލާޞްތެރިވާކަން ޢަމަލާއި ބަހުން ދައްކާ!

2 ދުވަސް ކުރިން - 16:05