Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެ
EN
Logo EN
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement
Advertisement

އިބޫ ވިއްކާލި ކަނޑުގެ ސަރަހައްދަކީ ރާއްޖޭގެ ތަނެއްގެ ގޮތުގައި ބަލަހައްޓާނަން: ޑިފެންސް

މުހައްމަދު ޖަމްޝަތު
250 ދުވަސް ކުރިން - 5 ފެބްރުއަރީ 2026 18:15
އެމްއެންޑީއެފް އެއާ ކޯ އިފްތިތާހުކުރުމުގެ ރަސްމިއްޔާތު---ފޮޓޯ: ރައީސް އޮފީސް
އެމްއެންޑީއެފް އެއާ ކޯ އިފްތިތާހުކުރުމުގެ ރަސްމިއްޔާތު---ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

މި ފިޔަވަޅުތަކަކީ ރާއްޖޭގެ ކަނޑުގެ އިމުގެ މައްސަލައިގައި ސަރުކާރުން ގެންގުޅޭ ހަރުދަނާ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މަސައްކަތްތަކެއް

ފޯޅަވަހީގެ މައްސަލައިގައި އެމްޑީޕީ ސަރުކާރުން މޮރިޝަސް އަށް ވިއްކާލި ކަނޑުގެ ސަރަހައްދަކީ އަދިވެސް ރާއްޖޭގެ ކަނޑުގެ ސަރަހައްދު ކަމަށް ބެލުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާތީ އެ ސަރަހައްދު ބަލަހައްޓާނެ ކަމަށް ޑިފެންސް މިނިސްޓްރީން މިއަދު ބުނެފި އެވެ.

ރިޔާސީ ބަޔާން އިއްވަމުން ރައީސް ވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދަކީ ގާނޫނުގައި މިހާރުވެސް ކަނޑައަޅާފައިވާ، ކުރީގެ ސަރުކާރުން ދޫކޮށްލި ކަމަށް ބުނާ ކަނޑުގެ ސަރަހައްދުވެސް ހިމެނޭ ގޮތަށް އޮތް ސަރަހައްދު ކަމަށް ވިދާޅުވެފަ އެވެ. އަދި އެ މައްސަލައިގައި ރާއްޖޭގެ ސްޓޭންޑް ބަދަލުކޮށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މޮރިޝަސް އަށް ފޮނުވި ސިޓީ އަނބުރާ ގެންނަވާކަން އަންގައި އެގައުމުގެ ބޮޑުވަޒީރަށް ރައީސް މުއިއްޒު ވަނީ ސިޓީފުޅެއްވެސް ލިޔުއްވާފަ އެވެ.

ޑިފެންސް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދަށް އެއްވެސް ބަދަލެއް އައިސްފައިވާ ކަމަށް ދައުލަތުން ބަލައިނުގަންނަކަމަށް ރައީސް އިއުލާން ކުރެއްވުމާ ގުޅިގެން، ރާއްޖޭގެ އެސްއީޒެޑް ބެލެހެއްޓުމުގެ މަސައްކަތް ވަރުގަދަކޮށްފައިވާ ކަމަށެވެ.

Advertisement

Advertisement 1

މިނިސްޓްރީން ހާމަކުރި ގޮތުގައި، ގާނޫނުއަސާސީއާއި ސިފައިންގެ ގާނޫނުން މަތިކޮށްފައިވާ ޒިންމާގެ ދަށުން، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ދިފާއުކޮށް، 200 ނޯޓިކަލް މޭލުގެ އެސްއީޒެޑް ސަރަހައްދު ބެލެހެއްޓުމުގެ މަސްއޫލިއްޔަތު އަސްކަރިއްޔާއިން ފުރިހަމައަށް އަދާކުރާނެ އެވެ. އަދި އުތުރުގެ ބައެއް ސަރަހައްދުތައް ފިޔަވައި، އެހެން އެއްވެސް ގައުމަކާއެކު ކަނޑުގެ ސަރަހައްދުން ބައެއް ގެއްލިދާނެ ފަދަ އެއްބަސްވުމެއް ސަރުކާރުން އެކުލަވާލާފައި ނުވާކަން ވެސް އެ މިނިސްޓްރީން ވަނީ ފާހަގަކޮށްފަ އެވެ.

މި މަސައްކަތުގެ ދަށުން، ރާއްޖޭގެ ދެކުނުގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށްޓަކައި އެމްއެންޑީއެފް ކޯސްޓްގާޑް އުޅަނދުތަކާއި އެއާ ކޯގެ ޑްރޯންތައް ބޭނުންކޮށްގެން ހާއްސަ ސަވައިލަންސް އޮޕަރޭޝަނެއް މިހާރު ވަނީ ފަށާފަ އެވެ. ފާއިތުވި ދެ އަހަރުގެ ތެރޭގައި ސަރުކާރުން ވަނީ ކަނޑާއި ވައިގެ މަގުން ސަރަހައްދު ބެލެހެއްޓޭނެ ޒަމާނީ ވަސީލަތްތައް ގާއިމުކޮށް، އަސްކަރިއްޔާގެ ގާބިލުކަން އިތުރުކޮށްފަ އެވެ.

އެ ބަޔާނުގައި ދިވެހި އަސްކަރިއްޔާއިން ވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކުގައި އިގުތިސާދީ އަދި އިޖުތިމާއީ މަންފާ ހޯދުމަށް އަމާން ވެއްޓެއް ގާއިމުކޮށްދީ، ގައުމީ މަސްލަހަތު ހިމާޔަތްކުރުމުގައި ސާބިތުކަމާއެކު ދެމިތިބޭނެކަމުގެ ޔަގީންކަން ރައްޔިތުންނަށް ދީފައެވެ.

ފޯޅަވަހިމިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސަރވިސްއެމްއެންޑީއެފް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅުން ހުރި ޚަބަރުތައް

ކާރިސާތަކުން ރައްކާތެރިވުމަށާއި، ދުރާލާ އިންޒާރުދޭ ނިޒާމު ހަރުދަނާކުރުމަށް ހާއްސަ ބައްދަލުވުމެއް ބާއްވައިފި

ކާރިސާތަކުން ރައްކާތެރިވުމަށާއި، ދުރާލާ އިންޒާރުދޭ ނިޒާމު ހަރުދަނާކުރުމަށް ހާއްސަ ބައްދަލުވުމެއް ބާއްވައިފި

4 ދުވަސް ކުރިން - 14:27

15 ވަނަ ބުރިއަށް ފޯރާ ފަޔަރ ޓްރަކްތަކެއް ގެންނަނީ

15 ވަނަ ބުރިއަށް ފޯރާ ފަޔަރ ޓްރަކްތަކެއް ގެންނަނީ

9 ދުވަސް ކުރިން - 02:17

ދިވެހި ވަތަނީ ހިދުމަތުގެ ޕްރޮގްރާމަށް އެއް އަހަރު

ދިވެހި ވަތަނީ ހިދުމަތުގެ ޕްރޮގްރާމަށް އެއް އަހަރު

13 ދުވަސް ކުރިން - 10:49

ބްރިޖަށް އުރުނީ ދައުލަތަށް ނަގަން ވާހަކަދެކެވޭ ދެއުޅަނދު

ބްރިޖަށް އުރުނީ ދައުލަތަށް ނަގަން ވާހަކަދެކެވޭ ދެއުޅަނދު

32 ދުވަސް ކުރިން - 15:11

ޗާގޯސް މައްސަލައިގައި ރަސްމީ މަޝްވަރާތަކަށް އިނގިރޭސިވިލާތުގެ ބޮޑުވަޒީރަށް ރައީސް ދައުވަތު އަރުވައިފި

ޗާގޯސް މައްސަލައިގައި ރަސްމީ މަޝްވަރާތަކަށް އިނގިރޭސިވިލާތުގެ ބޮޑުވަޒީރަށް ރައީސް ދައުވަތު އަރުވައިފި

36 ދުވަސް ކުރިން - 11:58

ނިމިދިޔަ ހަފްތާ ކުއްލި ނުރައްކަލުގެ 29 ހާދިސާއެއް ރިޕޯޓުކުރި: އެމްއެންޑީއެފް

ނިމިދިޔަ ހަފްތާ ކުއްލި ނުރައްކަލުގެ 29 ހާދިސާއެއް ރިޕޯޓުކުރި: އެމްއެންޑީއެފް

38 ދުވަސް ކުރިން - 13:15